ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ މަސައްކަތް ނިންމައިފިއެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. އެއީ 25 ބުރީގެ ހައުސިން ޔުނިޓުތަކެކެވެ. އެއީ ހުޅުމާލޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތްތަކެވެ. މާލޭގައި ހުރި އިމާރާތްތަކުގެ ތެރެއިން 25 ބުރީގެ ހަމައެކަނި އިމާރާތުގެ ގޮތުގައި މިވަގުތު ހުރީ ދަރުމަވަންތަ ހޮސްޕިޓަލް އެކަންޏެވެ.

ޗައިނާގެ ބައެއް ނޫސްތަކުގައި ސީއެސްސީއާ ހަވާލާދީ ބުނެފައި ވަނީ 468,000 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތް ކުރި ހައުސިން ޔުނިޓަކީ ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއަކަށް ދިރިއުޅެވޭނެ ގޮތަށް ހެދި ތަންތަން ކަމަށެވެ. އެއީ، 7،000 ފްލެޓް ހިމެނޭ ގޮތަށް 16 ޓަވަރެވެ.

ޗައިނާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ހިޔާ މަޝްރޫއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އެތައް ރިކޯޑުތަކެއް މުގުރާލި މަޝްރޫއެކެވެ. އެގޮތުން ބައެއް ދުވަސްތަކުގައި ކޮންމެ ތިން ދުވަހަކުން އިމާރާތުގެ ފްލޯއެއް ނިންމާފައިވާނެ ކަމަށް ވެސް އެ ނޫސްތަކުގައިވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓުތައް

އެ ނޫސްތަކުން ވަނީ ހިޔާ މަޝްރޫއުގެ ފްލެޓުތައް އެހާ ހަލުވިކަމާ އެކު، ކުރިއަށް ގެންދިއުމާ ގުޅިގެން ސީއެސްއީސީ އަށް ތައުރީފްކޮށްފައެވެ.

ޗައިނާގެ ނޫހެއްގައި ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން 1،600 ވަޒީފާ އުފެދިގެން ދިޔައެވެ. އަދި ޓްރެއިނިންތަކުގެ ސަބަބުން މޮޅެތި ޓެކްނިޝަނުންނާއި ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅޭ މީހުން އުފެއްދިފައިވާ ކަމަށްވެސް އޭގައި ބުނެފައިވެއެވެ.

"އަހަރެންނަށް ޗައިނާގެ މަސައްކަތު މީހުންގެ ފަރާތުން ވަރަށް ގިނަ އެއްޗެއްހި ދަސްވި،" ބަންގްލަދޭޝްގެ މަސައްކަތު މީހެއް އެ ނޫހަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

"އަހަރެންނަށް ލިބުނު ހުނަރުތަކާއި ތަޖުރިބާގެ ސަބަބުން އާމްދަނީ ލިބޭނެ މަގުތައް ވަނީ ހުޅުވިފައި. އެކަމުގެ ސަބަބުން އިތުރު ވަޒީފާގެ ފުރުސަތު ވަނީ ލިބިފައި،"

ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓްތައް ހައްގުވާ މީހުންގެ ލިސްޓެއް ރައީސް ޔާމީންގެ ސަރުކާރުގައި ނެރުނެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމެން އުޅެނިކޮށް، ފްލެޓު ލިބުނު މީހުންނަށް، ލިޔުން ވެސް ހަވާލު ކުރިއެވެ. އެކަމަކު، ހުޅުމާލޭގައި އިމާރާތްކުރަން ފެށި އެ ފްލެޓްތައް ދިނީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ މައްސަލަތައް ބެލުމަށް ފްލެޓު ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދަވައިފައެވެ. އެކަމަކު، އެ ތުހުމަތުތައް ކުރީގެ ސަރުކާރުން ދޮގުކުރެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓުތައް

އެކަމަކު ފްލެޓް ކޮމިޓީން ބުނެފައިވާ ގޮތުގައި ޝަރުތު ހަމަވި ކަމަށް ބަލައި މާކްސް ދީފައި ވަނީ ހައުސިން މިނިސްޓްރީން އާއްމުކުރި ކްރައިޓީރިއާއަކަށް ނޫނެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ބޭނުންވެގެން 22،000 އަށް ވުރެ ގިނަ މީހުން ވަނީ ފޯމް ހުށަހަޅައިފައެވެ.

ފްލެޓް ކޮމިޓީން ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރިން ކުރި ނަމަވެސް، މިހާރު އެ މަސައްކަތް އޮތީ މަޑުޖެހިފައެވެ. އެ މަސައްކަތް މަޑު ޖެހިފައިވަނީ ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެންނާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ 17،189 ފޯމު މިހާތަނަށް ސްކްރީންކޮށްފައިވާ ކަމަށެވެ. ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓްތައް ހައްގުވާ ލިސްޓު އިއުލާންކުރަން ފްލެޓް ކޮމިޓީ އޮތީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހިޔާ މަޝްރޫއުގެ 7000 ފްލެޓް މި އަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓުގެ ޑިޒައިނަށް ބަދަލު ގެންނަން މި ސަރުކާރުން ވިސްނިއެވެ. ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ކުރިން ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބޮޑުކުރުމުން ފްލެޓްތަކުގެ އަދަދު 3،588 އަަށް މަދުވާނެއެވެ. އެކަމަކު، ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ފަހު ނިންމީ އަދަދު މަދު ނުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. މަންދީ

    ކޮތަރު ކޮށި ނިމުނީ ދޯ؟

    33
    116
    • ހހހހ

      ޔާ. އެކަމަކު އެތަންވެސް ބޭނުން މީހުން އެބަތިބި. މިސަރުކާރަށް ނުކެރުނު އެތަންތަން ރައްޔިތުންނަށް ދޭކަށްވެއް. ހީވަނީ ސަރުކާރުގެ ދޮގުބޮނޑި ހާމަވާނެތީހެން.

      109
      2
    • ވެމްޕަޔަރ ސްލޭޔަރ

      ގެދޮރުނެތް ނިކަމެތި ރައްޔިތުންގެ ބުރަމަސައްކަތުން ހޯދާ ފައިސާ (ކުލީގެ ގޮތުގަޔާއި އެއްޗެހި އަގުބޮޑޫކޮށްގެން) ކައި ބޮޑެތި އެޕާޓްްމަންޓްގައި މުއްސަދިކޮށް ދިރިއުޅެފައި، ހެޔޮލަފާ ރައީސަކު އެގެދޮރުނެތް ނިކަމެތިންނަށްޓަކައި ފްލެޓްއެޅުމުން ވަގުތުން ހަސަދަވެރިވީ.

      38
      8
    • އެމްޑީޕީ ބުރޯ

      ފުލެޓްލިބޭމީހުންގެ ލިސްޓް މިހާރުންމިހާރަށް އުވާލާ! އަދި އަލުން ފޮލެޓްތަކަށް އިއުލާނުކުރޭ! ޔގނޑ ފްލެޓްތަށް ދީފަހުރީ ސަރުތު ހަމަނުވާމީހުނަށް! އޭގެ ތެރޭގަ ގިނައީ ތާއްޖެތެރޭމީހުން! އެމީހުނަށް މާލޭސަރަހަށްދުން ފްލެޓް ލިބެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ! މާލޭސަރަހައްދުގެ ހުރިހާރަށެއްގެ މީހުނަށް އެކަނި ކުރިމަތިލެވޭގޮތަށް އަލުން ތިފްލެޓްތަކަާް ހުޅުވާލާ!

      8
      44
      • ރާއްޖެތެރޭ މީހާ

        ޢާނ. ވޯޓް ދިނީ މާލޭ މީހުން އްކަނި ދޯ??

  2. ލަދުގަނޭ

    މީ ހާދަ ވަގުވަގު ސަރުކާރެކޭ. ދަރުމަވަންތަ ބިލްޑިންގ ރަސްމީކޮށް ހުޅުވަން ނުކެރުނު. އެތަން އެޅި މީހުންގެ ޚަރަދުގައި އެމީހުން ރަސްމިއްޔާތެއް ބާއްވަން އެދުނީމަވެސް. ފްލެޓްތައް ހަވާލުކުރި ވާހަކަވެސް ސިއްރުކޮށްގެން އުޅެނީ. އެކަމަކު އެސްޓީއޯއިން ގަނެފައި ހުރި ބޭސްކޮޅެއް އަސްކަރީ ބޯޓެއް ގެނެސްދިނީމަ މީހުންނަށް ހަގީގަތް އޮޅޭނެ ހެން ރަންވޭ މަތީ ދިދަ ޖަހާފައި ބޮޑު ރަސްމިއްޔާތެއް ބާއްވާފައި ޑްރާމާ ކުޅުނު. އައްޑޫ ހޮސްޕިޓަލްވެސް ހުޅުވަން ރަސްމިއްޔާތެއް ބާއްވަން ނުކެރުނު.

    197
    9
    • ގެރި ބޯ

      ހަމަ އެއަސްކަރީ ފްލައިޓުން އިންޑިޔާގަ ތިބި ދިވެހިންނަށް އެހީ ފޮނުވަން މިސަރުކާރުން ވާހަކަ ދައްކާ ހަމަޖެހިބޯޓަށް އެއްޗެހިލީފަހުން އަނެއްކާ އެއެއްޗެހި ބާލާފަ ދިޔައީ! އެއްލައްކަޑޮލަރު ދައްކަންޖެހޭނެކަމަށް އިންޑިޔާއިން އެނގިއޯ.

      63
      2
    • ޣާލް

      ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް މި ސަރުކާރުން ނުހުޅުވާނެ. މި ބައިގަނޑު ބުނަނީ އެއީ އިންޑިޔގެ ތައްޕާހުގައި އޮންނަ އައިޖީއެޗްގެ ބަޔެކޯ. އެއިމާރާތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެނަންބޯޑް އިނަސް، އިމާރާތުގެ މަތީ ހަރުކުރެވިފައިވާ ބިލްބޯޑަށް އިނގިރޭސިން އަރުވާފައި އިންނާނީ ދަރުމަވަންތަ ކޮމްޕްލެކްސް. މީ މިމީހުން ސައިޒުވެފަ ތިބިވަރު

      72
      1
    • ما شاء الله

      ما شاء الله. މި އަދު ފެންނަން އެހެރީ 25(ފަންސަވީސް) ބުރީގެ 16(ސޯޅަ) ޓަވަރު. ما شاء الله ما شاء الله. އެއީކީ އާދައިގެ ކަމެއްނޫން. ރައީސް ޔާމީނު ވެރިކަމާއި ހަވާލުވިއިރު އެސަރަހައްދަކީ އަހަރެމެން މަސްބާނަންދާ ފުން ވިލެއް.

      59
      1
  3. އަހުމަދު

    ދެން އަވަހަށް ތިތަނަށް މީހުން ވެއްދޭތޯ ބަލަންވީނޫ ސޯލިހޫ.

    158
    • ޙައުލާ

      ސޯލިހު ނުދޭނެ އެތަނެއް. އޭނަ ކެބުނެޓަށް ލަފާދިނީ އެތަން ތަޅާލަން. އަނެއްކަމަކީ މޑޕ ގެ ސަޕޯޓަރަކު އެތަނަށް ނުވެސް ވަންނާނެ. ރ.ޔާމީންގެ ދައުރުގައި ހެދި އެމީހުން ރުޅިއަރާ ޗައިނާގެ ފަންޑުގައި ހެދި ތަނަކަށްވާތީ.

      77
      2
  4. ާަާަަައަސްލު

    ﷲ ހަމްދުކުރަން
    ﷲ ރ.ޔާމީންގެފާފަފުއްސަވާށި...އަދި މިނިވަނެއްކަމުގައި އަވަހައްލައްވާށި...
    ސުކުރިއްޔާ ރ.ޔާމީން

    215
    7
  5. ފިޔާޒާ

    މިވަގުތު ފްލެޓްތައް ލިބުނު ފަރާތްތަކާއި އަވަހަށް ހަވާލު ކޮށްލާ އޭރުން ރައްޔިތުމީހާގެ ޖީބަން ލުއިވާނެ ތައްކޮޅެއް.. ޔަގީނުންވެސް އަމިއްލަ މީހުންގެ ގޭގެ ކުއްޔަށްވުރެ ކުލި ކުޑަވާނެތާ..

    178
  6. ޙަން

    ސުކު ރިއްޔާ ލޯބިވަ ރައީސް ޔާމީން. ޥީ މިސް ޔޫ އް ލޮޓް .މަނިކްފާން ނެތުމުން މިގައުމުގެ ތަ ރައްގީގެ ހުޅުކޮޅު ނިވިއްޖެ

    182
    9
  7. އަލީ މަުސާ

    މިކަމާ ގުޅޭގޮތުން ސަރުކާރާއި ސުވާލު ކޮށްބަލަ.. ވަރަށް ބޭނުން އަވަހަށް ވަދެވޭނެގޮތްވުން.. މިފަދަ ވަގުތުގައި ރައްޔިތުންނަން ލުއި ފަސޭހަކޮށްދީބަލަ ހެޔޮނުވާނެ..

    149
  8. ޒައިދު

    ތޮއްޖެހިފައިވާ ބިދޭސިން މިފްލެޓްތަކަން ބަދަލުކުރަން އުޅޭވާހަކަ އަޑުއެބައިވޭ.. ކޯވިޑް19 އިން ސަލާމަތްކުރަން. މިހެން މިކަންކުރާނަމަ މިއީ ވަރަށް ހިތްދަތި ކަމެއް. ދިވެހިން ކުލިނުދެއްކިގެން ހާލުގައި އުޅޭއިރު ފްލެޓް ލިބިފައި ތިބި ފަރާތްތަކަން ފްލެޓް ހަވާލުކުރަންވީ ވީހާވެސް އަވަހަކަން.

    123
    4
  9. ޏ

    އެއްވެސް ފުލެޓެއްގެ ޑިޒައިނަށް ނުވަތަ ހައްގުވެރިއަކު ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލަމެވެވެ މިސަރުކާރުން
    އަޅާފުލެޓްތަކަށް ބަދަލުގެނައުމަކުން މައްސައެއް ނެތެވެވެ

    127
    6
  10. ކަޅުބެ ކިނބޫ

    އަލްހަމްދުލިﷲ ރައީސްޔާމީން ޖަލުގައިހުންނެވިޔަސް އެބޭފުޅާގެ ހި ކުމަތްތެރި ތަރަށްގީ ފެނިފަ ހަމަ އާޝޯހުވެއްޖެ ދުއާއަ ކީ ރައީސްޔާމީން ޖަލުން އަވަހަށް މިންޖުވުން ﷲ އީ ހުރިހާޒާލިމުން ބަލި ކުރަށްވާ އިލާހުއެވެ.

    142
    2
  11. ފާދިގު މަކުނު

    ކޮންމެ ކޮޑަރިއެއްގަ ފާހާނާ ހުރޭތަ ހުރިއްޔާ ބަރާބަރު އެކަމަކު ނަސީދު ހެދި ފުލެޓުތަކުގާ ހުރިހާއެންމެން ސީލާންވީ އެއްފާހަނަޔަށް އިންޑިޔާގޮތަށް މީދިވެހިންނޭ ބިއްލޫރި ތައްފާބަނީ ބޮލަށް އަދި ލިފްޓު އެހާލަސް ހުކުރު ދުވަހެއް ވިއްޔާ ލިފްޓު ތެރޭގާ ބަޔަކުތާށިވޭ!!!! މިފުލެޓުތައް ފެނުނީމާ ހަޖަމެއްނުވޭ އެހެންވީމާ ކިބޫގޮވީ ތަޅާލަންވިއޭ ފުލެޓުތައް!!!!!!!ހަޖަމު ކޮއްލާ މިފަހަރު

    106
  12. ދަންބެރު

    އަޑުއެރުވީ ބަދަލެއް ނުގެނޭ އެއް ކަމެއްވެސް ނު ކުރޭ ރައީސްޔާމީން ކުރިކ ކަމެއްވީމަ ބަދަލުގެނައިއްޔޭ ބުނީ ދޮގުހެދުމާއި ވައް ކަން ކުރުންނޫން ކަމެއް ކިނބުލަ ކަށް ނުވާނެ ވަގުތުން ރައީސްޔާމީން ޖަލުން މިނިވަން ކުރޭ.

    108
    9
  13. Anonymous

    މިސަރުކާރު ސްޕީޓް ހުރީ ޕެނެޓިއަމް 1 ގަ. އެހެން ނޫންނަމަ މިހާރު ތިތަންތަނުގައި ދިރިއުޅެން ފެށުނީހެއްނު. މިފަދަ ދަތި ދުވަސް ކޮޅެއްގައި ކުލި ދައްކަން ނުޖެހުމަކީވެސް ބޮޑު ނިއުމަތެއް

    58
    1
  14. ޙުސައިން

    ތީގެން އެއްވެސް ފުލެޓެއް އަދި ނުނިމެ ތިތަނައް ވަދެ ބަލާލަބަ ހަމަ ބޭރުން ނިމިފަ

    7
    37
    • Anonymous

      ކޯންޗެއް ހޯދަން ތި ދޮގުހަދަނީ. މިފަދަ ބަލިމަޑުކަމެއްގައި މަރުވެދާނެތީ މީހުން ހެޔޮއަމަލުކޮށް މީހުންގެ އަބުރައް އަރައިގަނެވިފައިވާނަމަ މައާފަށްއެދި ދޮގުހެދުމާ ފިތުނަ ފަސާދަވއުފެއްދުމުން ދުރުވެވޭތޯ ބަލަނީ!

      30
  15. ސުޢޫދު

    ޜާއްޖޭގެ އެކިރައްތަކުގަ ރައްޔިތުންގެ ބޯހިޔާވެހި ކަމުގެނަމުގަ ހިންގާ ޕުރޮޖެކްޓް ތަކުގެ ތަފްސީލުތައް ރައްޔިތުންނައްއެއްމެ މުހިއްމު ހަބަރަކައްވާނީ ވީމަ ވަގުތުން ހަފްތާއެއްގެ އެއްދުވަހު ރައްޔިތުންނައް ތަފްސީލްގެނަސްދީ މިކަންކުރާ ބަޔަކުޖަވާބުދާރީކުރުވަދޭންޖެހޭ ތިވެސްބާރެއްވީމަރައްޔިތުންގެ މިހާރުވެސް އެބަހުރި 10 12 އަހަރުވީ ތަންތަން ނުނިއްމާ ސަރުކާރުތަކުން ދޫކުރިބިންތަކުގަވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ސިޔާސީވެރިންގެ ބާރުން ދުރުކުރަންޖެހޭ ކޮއްމެބަޔަކުވެސް ވޯޓްހޯދުމައް ކުޅޭކުޅިވަރަކައްވެފަމިއޮއްނަނީ ނަމަވެސް މީރައްޔިތުންގެ ލޯނުތަކުގަ ހިންގާޕުރޮޖެކްޓުތަކެއް ވަގުތު ކުރިއް

    21
    1
  16. ލާދީނީ ގަންޖާ

    ކިނބޫ ތިތަން ރައީސް ޔާމީން ދިން މީހުންނައް ހަވާލުކުރޭ
    ތި ފުލެޓެއް އަޅަންވެސް އެނގޭ ބާގަނޑެއްނޫން

    55
    2
  17. ުއުނދުޅި

    ސާބަހޭ އިބޫ ތަރައްގީގެ ބާނީ

    5
    77
    • Anonymous

      ކޮސް ތިގޮވަނީ

      18
      1
  18. ޢަލީކޮއި

    ތަން ނިމުނީމަވެސް ސަރު ކާރުން ސިއްރު ކުރަނީ. ނިމުނު ވާހަ ކަބެސް މިބުނެދިނީ އެހެން ގައުމަ ކުން. މަ ކަރާ ހީލަތް ބޮޑުވެގެން ވާނީ މިވަރު.

    57
    1
  19. ހާމަ

    ޔާމީން ވަގުފައިސާއިން ޔާމީންގެ ގަނޑުވަރު އަޅާފަ ރައްޔިތުން ގުނބޯ ހައްދަން ރައްޔިތުންނަށް ކޮތަރުކޮށި. ރައްޔިތުންނަށް ހެޔޮއެދޭ ރަނގަޅުނެތް އެކަކުވެސް، ޔާމީން ޗައިނާގެ އަޅުވެތިކަމަށް، އިބޫ އިންޑިޔާގެ އަޅުވެތިކަމަށް،

    4
    73
  20. ދަފްތަރުބެ

    ތިޔަފްލެޓްތަށްވެސް ކުރިން ދިންފްލެޓްތަށްވެސް ދީފާހުރީ ހިތަށްއެރިގޮތަކަށް! މާލޭގާއުޅޭތާ 55 އަހަރުވެ ކޮންމެ ތިކަހަލަ ބުރެއްގާ އެދެމުން ދިޔަމީހުން ތިބީ ތިބި ގޮތަށް! ތިވެސް އިންސާފު!ފްލެޓް ދޭންވީމާ މާލޭ ރައްޔިތުންނަށް ހަދާ ޕޮއިންޓް ގިނަކޮށް ލިސްޓްގެ ކުރިޔަށް ކިތަންމެ ބަޔަކު އެތިބީ ލާފަ! ޙައްތާ އެއްފަގުޑި އައްޔޭ!

    11
    27
  21. އެމްޑީޕީ ބުރޯ

    ފުލެޓްލިބޭމީހުންގެ ލިސްޓް މިހާރުންމިހާރަށް އުވާލާ! އަދި އަލުން ފޮލެޓްތަކަށް އިއުލާނުކުރޭ! ޔގނޑ ފްލެޓްތަށް ދީފަހުރީ ސަރުތު ހަމަނުވާމީހުނަށް! އޭގެ ތެރޭގަ ގިނައީ ތާއްޖެތެރޭމީހުން! އެމީހުނަށް މާލޭސަރަހަށްދުން ފްލެޓް ލިބެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ! މާލޭސަރަހައްދުގެ ހުރިހާރަށެއްގެ މީހުނަށް އެކަނި ކުރިމަތިލެވޭގޮތަށް އަލުން ތިފްލެޓްތަކަާް ހުޅުވާލާ!

    2
    63
    • Anonymous

      ވަކަރުގޭ ގޮތަ ކުޑަ

      20
    • ހަހަ

      ކ ކލ ލިސްޓެއް ނެރެންވީނުން ދޭންޖެހޭމީހުންގެ..މާ އިނގޭ ތިބުނާ ރަނގަޅަށް ފުލެޓް ދިން ސަރުކާރެއް ދައްކަބަލަ.

      16
      1
  22. ޙުސޭން

    މިހާރު ވެރިކަމަށް އައިގޮތަށް ސޯލހ ބައިކުދިންކޮޅު އެއްކޮށް ދެއްކި ވާހަކައިގާ ހަސަދައާއި ޖަޒުބާތުގައި ބުނި އެތަންޖެހޭނީ ތަޅާލާށޭ، މިވީ ކިހެނެއް. ދެއުޅިއެއް ނުވާ ކޮސްތަޅާ ބައެއް. ޥެރިއެއް

    35
  23. ޑީ

    ސިވިލް ސަރވިސް މީހުންގެ ފްލެޓަށް ކިހިނެއްތަވީ ؟؟

    34
  24. ހޫދު

    މިވަގުތަކީ ފުލެޓުތަ ދޫކުރަންޖެހޭ ވަގުތު އެއީރައްޔަތުން ލާރިޔަޖެހުނުވަގުތު ކަމަވާތީވެ...

    48
    1
  25. ޝާހް ރ.ވާދޫ

    ޝުކުރިއްޔާ ރައީސް ޔާމީން. ކޮބާ އަވަހަށް ރީންދޫ ގުންޑާއިންނަށް ތި ބަހާލަންއުޅޭ!! މީހަކު އެއޮތީ ކަލޭމެނަށް 7000 ފުލެޓް އަޅާނިންމަދީފަ!!

    40
    1
  26. މިހިރީއެހާލަކީ

    ޏގެ ނަމުގަ ކީއްވެގެންތަ ލިޔަނީ ހެޔޮނުވާނެ މަށަށް ތިހެެން ހަދަން ނަސީބަކުން މަގޭހިޔާލާދެކޮޅެއްވެސްނޫން . ދެން މިޖެހުނީއަނެއްކާބަދަލު ކުރަން ތިހެންނަހަދަބަލް. ކޮއްމެ ފަހަރަކު ލިޔާން ބޭނުން ކުރާއަކުރެއް ނޫނީ ނަމެއްވެސް އަމިއްލަކޮއްލާ ސޯސޭޑް .އައިވޮރީ ވެއްޖެ . ބައްތަމީޒު .

  27. ނ

    ފްލެޓް ކޮމެޓީގެ މެންބަރަކު އަޅުގަނޑު ކައިރީ ބުނި ކުރިން އޮތް ލިސްޓް މިހާރު ހަދަމުންދާ ލިސްޓަށް ވުރެ މާރަގަޅު ކަމުގައި .. މިއީ ހަގީގަތެއް... ....
    މިހާރު އިސްކަން ދެނީ ... ޥަކި ބަޔަކަށޭ
    ޢެ ކޮމެޓީން ދެމެންބަރުން އިސްތިއުފާ ދިނީވެސް އެހެންވެ
    މިއީ ވަރަށް ވާހަކަ ަ

    27
    • ރ

      އެހެންދެއްތޯ؟އަޅުގަނޑައްވެސް ކަމެއް އޮޅުން ފިލުވާލަ ދެއްވަބަލަ ތިބޭފުޅާ!!
      ތިބޭފުޅާއައް މިކަން ވާނެހެން ހީވަނީ..
      ބައްލަވާލަދެއްވާ 1 ރޫމްގެ ފްލެޓްތައް ގޮއްސައި އޮތްހިސާބެއް..އެއީ އަޅުއްވައިފައި އޮތް ތަނެއްތޯ؟

  28. ޙިޔާލް

    ޢެންމެ އިންސާފްވެރި ގޮތަކީ ކުރީ ސަރުކާރުގެ ލިސްޓަށް ތި ހަވާލް ކުރުން

    22
    3
  29. ސެން

    އެބޫ މަގޭ ފްލެޓް މަށްށް ދީބަލަ ތިވަރަށް ނުތަޅުވާ އެއީ މަގޭ ހައްގޭ

  30. އޭޕްރީލް

    ތަން ނިމުނީމަވެސް ސަރު ކާރުން ސިއްރު ކުރަނީ. ނިމުނު ވާހަ ކަބެސް މިބުނެދިނީ އެހެން ގައުމަ ކުން. މަ ކަރާ ހީލަތް ބޮޑުވެގެން ވާނީ މިވަރު.

  31. Hmmm I am not interested

    ވަރަށް ރީތި ތި ބިލްޑިންގްތައް

    11
  32. ޔަގޫބު

    މީހުންްގެ މައްޗައް ރަހުމެއްހަމަނެތީތޯ ވަޒީފާގެއްލި ގެއައްކުލިނުދެއްކި ތިބިކިތައްއާއިލާތޯ މިމާލޭގަ ދިރިއުޅެނީ ހަމަގައިމު ވޯޓުހޯދަން މީހުންގާތައްހިނގިއި ބުނިނިކަމެތިކަމުންކުލިނުދެއްކޭވަރުމީހުންތިބިވާހަކަ ކޮބާނައިބުރައީސް

  33. ޕީޕީއެމް ބްރޯ

    އެމްޑީޕީ ބްރޯ..
    އަށް ވަރަށް ސަލާމް...
    ހަނދާން ނައްތާލާ.....

  34. ރަންބުއްދި

    ކޮރޯނާ ވައިރަހުގެ ނުރައްކާ ރާޢްޖެއަށް ބޮޑުވެ އާއްމުންތެރޭފެތުރުމުގެ ނުރައްކާއޮތްއިރު ތިކަމުން ރަޢްޖޭގެ ރައްޔިތުން ސަލާމތްކުރުމަށް އެންމެ މުހިންމީ މާލޭގަ 100 އަކަ ފޯުޓް ހަމަނުވާތަންތަންކޮޅުގަ ތޮއްޖެހިގެން އުޅޭއާއިލާތަށް އަވަހަށް އެފްލތްތަކަށް ބަދަލުކުރުން.މާލެސަރަހައްދުގަ ކޮވިޑް 19 ކޮމިއުނިޓީ ސްޕެޑެއް ފެށިއްޖެނަމަ މާލެއޮތީ ތޮއްޖެހި އެތަކެއްބައެއް އެބަލީގެ ނުރައްކަލަށް ހުށަހެޅޭ ހާލަތުގަ.ވީމާ މާލޭ ސަރަހައްދުގެ ރައްޔިތުންނަށް އެންމެމުހިއްމީ ތިއަ ފްލެޓްތަށް ފުރަތަމަ އަހަރު ހިލޭވާގޮތަށް އެތަންތަނަށް ވަދެވުން.

  35. މަތަ

    އެމް.ޑީ ޕީ މީހުން ތިޔަ ކިޔާ ކޮތަރުކޮށި ތައް ދެން ޔާމީން ދިން ބަޔަކަށް ޔާމީންގެ ޕާރޓީ މީހުންނަށް ދޭން ނުކެރިގެން ދަހިވެތިވަނީއޯ. ދޭންވީނު އިންސާފުން ނޫނޭ ދިނީ ކިޔާއިގެން ތިއުޅެނީ ތި ފްލެޓް ތަކަށް ދަހިވެތިވެގެން ހަމަ. ރީނދުލަށް ބަހާލާ ކޮތަރު ކޮށި ނުކިޔާނެ އޭރަށް

  36. ރ

    އެހެންދެއްތޯ؟އަޅުގަނޑައްވެސް ކަމެއް އޮޅުން ފިލުވާލަ ދެއްވަބަލަ ތިބޭފުޅާ!!
    ތިބޭފުޅާއައް މިކަން ވާނެހެން ހީވަނީ..
    ބައްލަވާލަދެއްވާ 1 ރޫމްގެ ފްލެޓްތައް ގޮއްސައި އޮތްހިސާބެއް..އެއީ އަޅުއްވައިފައި އޮތް ތަނެއްތޯ؟