މިވަގުތަކީ ރާއްޖޭގެ ރައްޔިތުންނަށް ދަތި ދުވަސްތަކެއް ކަމަށާއި މި ހާލަތުގައި އަދި އަމުދުން ރައްޔިތުން ދޫކުރައްވާ ދުރަށް ވަޑައި ނުގަންނަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖެއަށް މިއަދު ވެއްޓިފައި ވަނީ އިގްތިސޯދީ ބޮޑު އަނދަވަޅަކަށް ކަމަށެވެ. އަދި ކުރިޔަށް އޮތީވެސް މިކަމުގެ ސަބަބުން ދަތި ދުވަސްތަކެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެހެންކަންވި ނަމަވެސް އެމަނިކުފާނު ރައްޔިތުންނާއި ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ވީ ހާލެއްގައިވާން ހަމަގައިމުވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑަށް ތިބޭފުޅުންނަކާއި ދުރަކަށްވެސް ނުޖެހޭނަން. ތިބޭފުޅުންނަށް ނުފެންނަ ތަނަކަށް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ނުދާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު މިދިޔަ މަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ސޯލިހު ވެސް ވަނީ މިފަދަ މޭރުކަމުން ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނާ އެކު ވީހާލެއްގައި ވާން އެމަނިކުފާނު ހިދުމަތުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތަކަށް ބުރޫ އެރިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުންނަށް ވާގޮތެއް ވާނެ. އަޅުގަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު،" ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ހާއްސަކޮށް ރާއްޖެއަށް ބޭރު ފައިސާ އެންމެ ބޮޑަށް ވަންނަ ފަތުރުވެރިކަމަށް ހީނަރުކަން ލިބުމުގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ ވަންނަމުންދާ މިންވަރު ވެސް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ސަރުކާރުން އަންނަނީ މިކަން ކަމުން އަރައިގަތުމުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް ސަރުކާރުން އަންނަނީ މި ދަނޑިވަޅުގައި ވިޔަފާރިތަކަށް ލިބެމުން އަންނަ ގެއްލުންތައް ކުޑަކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ބްރޯ

    ރައްޔިތުން ތިބޭނީ ތިޔަ ކަލޭގެ މިގައުމު ދުކޮށް ރައްކާވޭ . ނޫނީ ކަލޭގެ މައްޗަށް ދައުވާ އުފުލަންޖެހޭ ގިނަ މައްސަލަތަކެއް އެބަހުރި 2023 ގެ އިންތިހާބު ކާމިޔާބު ކޮށް ކަލޭގެ ޖަލަށްލެވޭނެ ،ހިޔާނާތާއި މަރުގެ މައްސަލަތަކެއްގާ ކަލޭ ހައްޔަރުކޮށް ތަހުގީގު ހިންގޭނެ ނުނީ އަވަހަށް މަިގައުމުދޫކޮށްރައްކާވޭ، ކަލެއަކަށް މިގައުމު ބޭނުމެއްނުވޭ.

    57
    4
  2. ހުސެން

    ކަލޭ ބުނީ ރާއްޖޭތެރޭ މީހުން ރަށަށް ދާށޭ. ދެން ކޮންމެހެން ވީހާލެއްގަޔޭ ހިތާހިތޭ ފަޅޮލޭ ގެރިޔޭ ކިޔާނެކަމެއް ނެތް.މައްކާރު

    64
  3. އަަބުލޯ

    ރައްޔިތުން އެދެނީ ކަލޭ ވީހާވެސް ދުރަކަށް ދާން

    63
    1
  4. ޥަސީމު

    ޙެޔޮނުވާނެ މިހާރު ފުދިއްޖެ ކަލޭގެފަރާތުން ދެން އިތުރުކަ މެއް ބޭނު މެއްނޫން ކަލޭގެސުންޕާކަ މުން މުޅިޤައު މު ސުންނާފަތި ވެއްޖެ ދެންވެސް އަހަރު މެން ދޫކޮށްލާފަދޭ.

    52
  5. ނަސީރާ

    ރައްޔިތުން ވިހާލޭ. ކޮބާ ލަދު ހަޔާތް. ބޮޑެތި އުސް އިމާރާތް އަޅާގެން އެގޮތް މިގޮތުން ފައިސާ އެކައުންޓުތައްކައއ ފުރާލައިގެން މަސައްކަތެއް ނުކޮއް ކަލެޔައް 4 އަހަރުވެސް އުޅެވިދާނެ ގޭގަ ނިދަން. ރައްޔިތުން އުޅެނީ ކައިބޮއެ ހަދަންވެސް ލޯބޯ ފިއްސާގެން މަގުމައްޗައް ނިކުމެ ހޭކެނޑޭވަރައް މަސައްކަތްކޮއްގެން މިތާ އުޅޭ ގެދޮރުވެރީންނައް ކުލީގެ ގޮތުގަ ހުރިހާ ފައިސާއެއް ދީފަ އެހެންމީހުން އަދުން ދަރަނިއައް ކައިބޮއެގެން. ދެން ކަލެޔައް ކިހިނެތްތައް ރައްޔިތުން ވީހާލެއްގަ އުޅެވޭނީ. ކަލެޔަކީ ހުސްއަނގަތަޅަން ދުވާލު ހަތަރުދަމު ހުންނަމީހެއް.

    50
    1
  6. އިބިލީސް

    އަހަންނަށް މައްސަލަ އަކީ މިކަލޭގެ ކިޔާ ކޮންމެ އެއްޗަކަށް ރައްޔިތު މީހާ އަތްޖަހާތީ. ވޯޓް ދޭތީ. މީހަމަ ހުރިގިތަށް ހުރި ރައްޔިތުންގެ އަދުއްވެއް. ވެރިކަން ލިބުނީމަ މީނައާއި މީނަގެ އައުވާނުންގެ މުނާފިޤްކަން ފެނޭ ވެރިކަން ލިބޭ ކޮންމެ ފަހަރަކު

    49
    1
  7. ހަލަކު

    ރައްޔިތުންގެ ތެރެއިން މިގައުމާއި އިސްލާމްދީންދެކެ ލޯބިވާ ކޮންމެ މީހަކުވެސް ބޭނުންވަނީ މަނިކުފާނު މިގައުމު ދޫކޮށް މަނިކުފާނު ބޭނުމްވާ އެޖެންޑާ 19 ތަންފީޒްކުރުމަށް ސެކިއުލާ ދިނީ މިނިވަންކަން ބޭނުންވެގެން އުޅޭ ކުދިން ކޮޅުގޮވައިގެން ކޮންމެވެސް އެހެން ގައުމަކަށް ގޮސް ތި ގޮވާ ކޮސް ގޮވުމަށް މިތާކު ތިގޮވެލި ފަތިގޮވަން ފުރުސަތެއްނެއް މިއީ >%100 މުސްލިމުގައުމެއް މިގައުމަށް ދުއްތުރާ ނުކޮށް ފެއްސިގެން ދިއުމަށް ވަރަށް ވެދުން ދަންނަވަން

    47
    1
  8. ޑަބިޔާ

    ކަލޭ ދައްކާވާހަކަ ގަބޫލު ކުރަަނެ މީހަކުނެއް. ވީހާވެސް އަވަހަކަށް ކަލޭގެ ކިބައިން ސަލާމަތް ވާ ބޭނުންވަނީ. ތީ މިދިވެހި ރާއްޖޭގެ ހަލާކު.

    28
  9. އައްޑޫ ލެއި

    ކޮސްވާހަކަ......ރައްޔިތުން ވީހާލެއްގަވާން ރައްޔިތުންނާ އެކީގަޔޭ ހައްހައްހައް. ހުވާކޮށްފަ ބުނަންކެރޭ އިތުރު އެއްވެސް ޗޮއިސް އެއް މިވަގުތު ނެތީ. ރައްޔިތުން ދެކެ ތިހާވަރައް ލޯބިވާ މީހެއް ނޫން ތީ އަމިއްލަ އެދުމާއިގެން ރެޔާދުވާލި ތެޅި ބާލަނީ. މިކަލޭގެޔައް އިނގޭ މިވަގުތު ރާއްޖޭގަ ހުރުންކަން އެންމެ ބުއްދިވެރީ. ކޮންތާކައްތަ ކަލޭ ދަނީ ވިލާތުގެ ގައުމުތައް އޮތީ ފުރަބަންދު ކޮށްފައޭ. ދެން އޮތީ ގެރިމޯދީ އުޅެނީ އަމިއްލަ ގައިމަތި ތާހިރު ނުކުރެވިގެން. ބަލަ މިހާރު ދާނެ ތަނެއް ހަމަ ނެތީޔޭ. ދޮންކުދީން އުޅޭގޮތައް އުޅެން ޖެހޭނީ މިހާރު.........

    26
  10. ލަދު

    އެހެންވެތަރައްުިތުންގެހަޒާނާހުސްވާގޮތަށްގާނޫނުތައްތިޔަމޮޑެނީހިތުންއިބޫހެދުނީދުވަހަކުމީހަކަށްއެހީވާމީހެއްނޫން

    19
  11. ޣޯސް

    ޢަހަރެމެންދޫކޮށްކަލޭދޭ

    26
  12. ސަލްމާާން

    އެންބަސީއަށް ވަނަކަށް ވައިރަހަކުން ސަލާމަތެއް ނުވާނެ.

    27
  13. ޢާދޭސް

    ޙެޔޮނުވާނެ މަނިކުފާނުގެ މުސާރަފުޅުގައި ރައްޔިތުންލައްވާ ހިފުވަން ދެން ނުހައްދަވާތި!

    23
  14. Anonymous

    ކޮސް ނުގޮވާ

    23
  15. އަލީ

    ރައްޔިތުންނަށް ތިހާ ހެޔޮ ފުޅިއްޔާ މަޖިލިހުން ލިބޭ އެންމެ މަހެއްގެ މުސާރަ ވެސް ނިކަމެތި ރައްޔިތަކަށް ދޭންވިނުން.

  16. ޢަދުރޭ

    ރައީސް ސޯލިޙު ވިދާޅުވީ އެމަނިކުފާނުގެ އެތެރެ ހިތުގައި އޮތް ގޮތް . މިކަލޭގެ މިހާރު އެޅެނީ މީނާ ކޮންމެ ދުވަހަކު ޑްރާމާ ކުޅެމުން އައި ދަރުބާރު ނުބޭއްވިގެން ރައްޔިތުން ބެބޫ ހައްދާނެ އެހެން ގޮތެއް ހޯދަން ، މީނަ ދައްކާ ވާހަކަ ހަތަކުން ގެއްލަން ޖެހޭނީ

    12
  17. ައަލި

    މިގައުމަށް ފާވެފަހުރި މުސީބާތެއްމިއީ މިމުސީބާތުން ގައުމު ސަލާމަތް ކުރައްށި އާމީން

    10
  18. ައަލި

    ގަރުދިޔަ މަޖިލިސް ދާތަ

    10
  19. ފައިރޫޒު

    ކަލޭގެ އެކައުންޓުން އަހަރެމެންގެ ގޭ ކުލި ދައްކަން ތައްޔާރުތަ؟
    ނޫނީ ތިގެއިން ދެކޮޓަރިއެއްވަރު އަހަރެމެން އާއިލާ ތިބެން ލިބިދާނެތަ؟؟

  20. މުނާފިގު ސޮނި

    ދެން އެހެންވިއްޔާ އަހަރުމެން ރައްޔަތުން މިތިބީ ﷲ ގެ ކިބަފުޅަށް ދުއާދަންނަވާ ހާލު ބިރުވެރިކަމުގައި ދެންކަލޭ ކީއްވެތަ ﷲ ތައާލާގެ ކިބަފުޅަށް ދުއާނުދަންނަވަނީ އެކަމަކު ލާދީނުލް ސޮނި މިބުނަނީ ރަށްޔަތުންވާހާލެއްގައި ވާނަމޯ ؟؟!!!!

  21. އިނބިންކަލޯ

    ތިޔަކަން ތިޔަހެން ދިމާވީ ދާންއޮއްރާޖޭގަ މިބަލި އެއްމެ ވަރުގަދަޔަައް އޮތީ މިކޮޅައް އަނބުރާ އައީވެދް އެހެންކަމައް ލަފާކުރެވެނީ މިމީހުންނައް ވަސްވާސް ދޭ އަކަކުކަމައް ވަނީ މިހާރު އެރާއްޖޭގެ އައިސީޔޫގަ އޮއްކަމައް ޙަބަރުތައް އުޅެނީ ވީމާ އެހެން ގޮތެއް ނެތީމަ ހުންނައްތާޖެހޭނީ ވިސްނާކައް ނުޖެހޭނެނު މުސާރަޔާ އިނާޔަތަ ހިމާޔަތަ ބޭސްފަރުވާ ކަށަރުވާމީހުން

  22. އިނބިންކަލޯ

    ރައްޔިތުންނަށް ތިހާ ހެޔޮ ފުޅިއްޔާ މަޖިލިހުން ލިބޭ އެންމެ މަހެއްގެ މުސާރަ ވެސް ނިކަމެތި ރައްޔިތަކަށް ދޭންވިނުން ހޮޔޮފުޅުކަމުން ވެރިކަމައްއަރާ ރައްޔަތުން އަޅުވެތިކޮއް ޖީއެސްޓީގެ ނަމުގައި ޖިޒީނަގަންފެށީ އެއީ މިކަހަލަ ހާލަތެއް އަޔަސް މިގައުމުގަ ރައްޔަތުން އުޅެންޏާ މިމީހުންގެ މުސާރަލިބޭނެނު ފިރުއައުނުވެސް ރައްޔަތުން އަޅުވެތިކޮއް މަސައްކައް ކުރުވާފައި އެމަސައްކަތު ފޮނިމީރުކަން ބޯލަބޯލަތިބީ މިހާރު އެއޮތީ އަނެއް ޓެކުހެކޭ ކިޔާފަ އަނެއް ޖިޒީނަގަން ރައްޔަތުން ރުފިޔާ ނުލިބުނަސް މުސްސަދިން އަތުން ލިބޭނެނު ވިވެރިންގެ މުސާރަ ވީމާ ކިހާ ރައްޔަތުންދެކެ މިލޯބިވެވެނީ

  23. ރައްޔިތުމީހާ

    ރައްޔިތުން ވީ ހާލެއްގައިވާން ރާއްޖެތެރެއަށް ދާން ތައްޔާރު ތޯ؟ މާލެ ލުއިކުރަން ރާއްޖެތެރޭމީހުން ރާއްޖެތެރެއަށް ދާއިރު މަނިކުފާނު އެމީހުންނާއެކު ދާންވީ ނޫންތޯ!