މާލެ އަތޮޅުގައި ހިންގާ ޕެރެޑައިސް އައިލޭންޑް ރިސޯޓުން ބަލި މީހަކު، ފަރުވާއަށް މާލެ ނުގެނެވި ގިނައިރުތަކެއް ވެފައިވާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ރިސޯޓުން ހާލު ދެރަވެގެން ފަރުވާއަށް މާލެ ނުގެނެވި ވަނީ، ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެހި މުވައްޒަފެކެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ފައިގެ ހުޅު ވަނީ ނެއްޓިފައެވެ. ނަމަވެސް އެކަމަށް ރިސޯޓުގެ ކްލިނިކުން ފަރުވާ ދެވެން ނެތްއިރު، ފަރުވާއަށް މާލެ ނުގެނެވި ދޮޅުގަޑިއިރު ވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ ރިސޯޓުން މަޢުލޫމާތު ދިން ފަރާތަކުން ބުނެފައިވާގޮތުގައި އޭނާ މާލެ ފޮނުވުމަށް، ކަމާއި ބެހޭ އިދާރާތަކާއި މަޝްވަރާ ކުރާތާ ގިނައިރުތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އޭނާ މާލެ ގެނެވޭނެ ގޮތުގެ އިންތިޒާމެއް ހަމަޖެހިފައި ނުވާކަމަށް އޭނާ ބުނެފައި ވެއެވެ. މަޢުލޫމާތުދިން ފަރާތުން ބުނެފައިވަނީ، "އެއްވެސް މިނިސްޓްރީއެއްގެ ޚަބަރެއް ފަހުން ނުވާ" ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޕެރެޑައިސް ރިސޯޓުން މަޢުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި، އެންމެ ފުރަތަމަ ކަމާއި ބެހޭ ފަރާތްތަކަށް ގުޅުމުން، "ރިސޯޓުތަކުން މާލެއަށް މީހުން ގެންދިއުން މަނާ ކަމަށް" އަންގާފައިވާ ކަމަށެވެ.

އެޗްޕީއޭ އިން "ވަގުތު" އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ހާލު ސީރިޔަސް ނަމަ މާލެ ގެނައުމަށް ހުއްދަދޭނެ ކަމަށާއި، ހުއްދަ ނުހިފަހައްޓާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭ ހުރިހާ ރިސޯޓެއް ވަނީ ފުރަބަންދުކޮށްފައެވެ. މި އެންގުމާއެކު ރިސޯޓްތަކަށް އަރައި ފޭބުން މަނާކޮށްފައި ވާއިރު، ގިނަ އަދަދެއްގެ މުވައްޒަފުން އަނބުރާ ރަށަށް ނުދެވި ރިސޯޓުތަކުގައި ތާށިވެފައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝަިނީ

    ކޮވިޑު ޖެހިފަ އޮތް މީހެއްތަ.؟

    2
    15
    • ސަރުކާރު

      ސަރުކާރު މިހާރު އޮތީ ބޮލުން ކަޓުވާ މޫސުމީގަ އެޗްޕީއޭ ބޮލައްޖެހުން

  2. އަހްމަދު

    ޝަިނީ... ފައިގެ ހުޅު ނެއްޓޭތަ ކޮވިޑު ޖެހުނީމަ..؟

    28
    1
    • ޝައިނީ

      އަހުމަދާ..ފައިގެ ހުޅުނެއްޓުމަކީ ބަލިވުމެއް ނޫން.. އެއީ ޒަހަމްވުން ނުވަތަ އަނިޔާއެއްވުން.. ދިވެހި ބަސް ދަސްކޮއްބަލަ.

      9
      1
  3. ކާފަބޭ2020

    ކޮވިޑުޖެހުނުވާހަ ކަ ލިއުމުގެއެއްވެސްހިސާބަ ކުން ނުފެނުނު ހުޅުންނެއްޓިގެންއުޅޭވާހަ ކަދޯއޮތީ އެޗްޕީއޭ އަށްގުޅަނީ ހަމައެ ކަނި ކޮވިޑުޖެހިގެނެއްނޫން