މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ބަންދުކުރެވޭ ޙާލަތްތަކުގައި ތަކެތި ފޮނުވައިދޭނެ ފިހާރަތަކުގެ މަޢުލޫމާތު މާލޭ ސިޓީ ކައުންސިލުން އެއްކޮށްފިއެވެ.

އެކަން ހާމަކޮށް މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން މާލެއާއި ވިލި މާލެ ސަރވޭކޮށް އެއްކުރި މައުލޫމާތުގެ ދަށުން އެއްވެސް ސަރަޙައްދެއް ބަންދުކޮށްފި ހާލަތެއްގައި އެ ސަރަޙައްދެއްގައި ހިމެނޭ ގޭގެއަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވޭނެ ފިހާރަތަކުގެ މައުލޫތު އެއްކޮށްފައިވާނެ ކަމަށެވެ.

އެ ކައުންސިލުން ވިދާޅުވީ، މި މަސައްކަތުގެ ދަށުން މާލޭގެ 334 ފިހާރައަކާއި އަދި ވިލިމާލޭގެ 30 ފިހާރައެއްގެ މައުލޫމާތު ސިޓީ ކައުންސިލަށް ހޯދިފައިވާ ކަމަށެވެ.

މިގެތެރޭގައި މާލޭގެ 269 ފިހާރައަކުން މިފަދަ ޙަލަތެއްގައި މުދާ ފޮނުވޭނެކަމަމަށް ބުނެފައިވާކަމަށާއި، އަދި ވީލިމާލޭގެ 20 ފިހާރައަކުން އެއްބަސްވެފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މާލޭގެ 334 ފިހާރައަކީ 168 ކޮށީގައި ހިމެނޭ ފިހާރަތަކެވެ. އަދި ވިލިމާލޭގެ 30 ފިހާރައަކީ 20 ކޮށީގައި ހިމެނޭ ފިހާރަތަކެވެ.މާލޭގައި މުދާ ފޮނުވައިދޭނެކަމަށް ބުނާ ފިހާރަތަކުގެ ތެރެއިން 202 ފިހާރައަކީ އޮންލައިންކޮށް ފައިސާ ދެއްކޭނެކަމަށްބުނާ ފިހާރަތަކެވެ. އަދި ވިލި މާލޭގެ ފިހާރަތަކުގެތެރެއިން 17 ފިހާރައަކީ އޮންލައިން ޕޭމެންޓް ހެދޭނެކަމަށް ބުނާ ފިހާރަތަކެވެ.

ހުޅުމާލެއަށް ބަލާއިރު، ސަރވޭކުރި ފިހާރަތަކުގެތެރެއިން 73 ފިހާރައަކުން ޑެލިވަރީ ހިދުމަތް ދެވޭނެ ކަަަމަށް ބުނި ކަަމަށާއި، އޭގެ ތެރެއިން 63 ފިހާރައަކީ އޮންލައިން ކޮށް ފައިސާ ދެއްކޭނެކަމަށް ބުނާ ފިހާރަތައް ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރުވެސް މާލެސިޓީ ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ބަންދު ކުރެއެވެ. އެއީ ހަވީރު 17:00 އިން ރޭގަނޑު 20:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަމީލް ބަކުރު

    ދުނިޔޭގެ ގައުމުތައް ފުރަބަންދުކުރަނީ އެތަނެއްގައި ވައިރަސްފެތުރި ކޮނޓްރޯލްނުކުރެވޭނެކަމައްލަފާކުރެވިއްޖިއްޔާ؟ ޢެކަމަކު މިތަނުގަ އެކަހަލަބިރުވެރިކަމެއްނެތަސް މިމީހުންމިއުޅެނީ މިތަންފުރަބަންދުކޮއް ދިވެހިނިކަމެތިރައްޔިތުންނައް ޖެއްސުންކޮއް އަނގަޔާއަތާދިމާނުވާގޮތްހަދަން! ދުނިޔޭގެ ގައުމުތަކުގަ މިހާރުއެދަނީ މިސްކިއްތައްހުޅުވާލާ އެންމެންގޮސްދުއާކުރުމުގަ މިބަލިމަޑުކަމުން އަރައިގަނެވޭތޯ؟ މިތަނުގަ މިބަލަނީ ކިހިނެއްބާ؟ ޙިތައްއަރާ މިއީކޮންކަހަލަސަރުކުކާރެއްހޭ ހަމަގައިމުވެސް މަށާ މަގޭއާއިލާގެ ވޯޓް ދެންނުދޭނަން

    12
    26
    • ޭއިންސާނާ

      ބޭރުގައުމުތަކުގަ ބޭސް ފަރުވާދޭ ތަންތަނަކީ އެތައް ލައްކަ ބަޔަކަށް ހިދުމަތް ދެވޭ ފެންވަރުގެ ތަންތަން. އެކަމަކު ކިތައް ގައުމުތަކުންތޯ މިކަމަށް ބޭނުންވާ އެއްޗެހި ހުސްވެގެން އުޅެނީ. މިފަދަ ކުޑަކުޑަ ގައުމެއްގަ މިބަލި ފެތުރެން ދޫކޮށްލައިފިއްޔާ އެގައުމުތަކަށްވުރެ މަރުވާ މީހުންގެ އަދަދު ގިނަވެ ބަލިއަށް ޕޮސިޓިވްވާ މީހުންވެސް ގިނަވާނެ. އެންޑް ވީ ޑޫނޮޓް ހޭވް އިނަފް ރިސޯސަސްޓް ޓް ޓްރީޓް އވާ ޕޭށަންޓްސް. ހުންއަންނާނެ ކަަމަށް ބަލާ ރަޖާލުން ރަނގަޅީ

  2. ެެެއެސޮރު

    ޖަމީލު ބަކުރު ކޮންމެ ކަމެއް ސިޔާސީކުރަނީ މީކިހާ
    ވަރެއްގެ ކަމެއް ކަން ނުވިސްނޭތީ

  3. ޑިކްޓޭޓަރ

    ރައްޔިތުންނޭ މިއޮށް ފުރަބަންދަށް ރެޑީވެ ނިމުނީ. ކުރިޔަށްއޮތީ މިކަން. މިކަންކުރާނެކަން ހަމަ ޔަގީންވޭ.

    6
    1