ޗެނަލް13 ގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑަށް ފެއްތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ޗެނަލްއަށް އަންގައިފިއެވެ.

ޗެނަލް13 އަށް ބްރޯޑްކޮމް އިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ޚާއްސަކޮށް ޗެނަލް13 އިން ގެނެސްދޭ "ހަޖަމު" ޕްރޮގުރާމުގައި މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ބައްޓަން ކުރުމަށާއި، އެޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތީން ބެހެއްޓުމަށް ބްރޯޑްކޮމް އިން ވަނީ ޗެނަލް13 އަށް ނަސޭހަތްތެރިވެފައެވެ.

މީގެއިތުރުން ބްރޯޑްކާސްޓްކުރާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް އެ ކޮމިޝަނުން ޗެނަލް13 އަށް ވަނީ އަންގާފައެވެ. އަދި އެ މިންގަނޑާއި ޚިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓްކުރަމުންދާ ކަމަށް ވާނަމަ، އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބްރޯޑްކޮމް އިން ވަނީ ޗެނަލް13 އަށް އަންގާފައެވެ.

ބްރޯޑްކޮމް އިން އެ ސިޓީގައި ފާހަގަކޮށްފައިވާ "ހަޖަމް" ޕްރޮގްރާމަކީ ބްރޯޑްކޮމްގެ އެންގުމަކަށް ކުރިން އެ ޗެނަލް އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލުމަށްފަހު އަލުން ފެށި ޕްރޮގްރާމެކެވެ. "މަޑިސީލަ" ޕްރޮގްރާމް ހުއްޓުވާލީ އެ ޕްރޮގްރާމް އިން ދޮގު ހަބަރު ހަބަރު ފަތުރަމުން އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ބްރޯޑްކޮމް އިން ނިންމީ "ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް" ގެ ދަށުން، "މަޑިސީލަ" ޕްރޮގްރާމް، މިދިޔަ މަހުގެ 19ވަނަ ދުވަހުން ފެށިގެން އާންމު ސިއްޙަތުގެ ކުއްލި ނުރުއްކަލުގެ ހާލަތުގެ މުއްދަތަށް އުނިކުރަންށެވެ.

މި މުއްދަތުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް ވެސް، ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގަން މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ަިއައިސާ

    ރާއްޖެ ޓީވީ އިން އިނގިލީގެ އިސާރާތުން ކުރާ ކަންތައް ނުވޭ ދޯ ހަޑި ކަމަ ކަށް.

    75
    4
    • ކކކކ

      ނުވާނެ. މިތާނގަ މިހާރު މިހިނގަނީ ހިޓިލަރުގެ ވެރިކަމަށްވުރެވެސް އަނިޔާވެރި ވެރިކަމެއް. ހިޓްލަރުވެސް ގައުމަށްޓަކައި ކުރިކަންކަން ގިނަ. މިގައުމުގެ ވެރިންގެ މިދުވަސްވަަރުގެވެސް މަސައްކަތަކީ އިންޑިޔާގެ އަޅުވެތިކަމަށް މިގައުމު ގެންދެވޭނެ ގޮތެއް ހެދުން. މިގައުމާ ރައްޔިތުންގެ ދުޝްމަނުންތަކެއް ވެރިކަމުގައި މިތިބީ. ދެން މިއުޅޭ ބްރޯޑް ކޮމްގަ ތިބީ މިވެރިންގެ ގުނބޯތަކެއް. ﷲ ގެ ހެޔޮރަހުމަތުން މިނުބައިވެރިކަން ނިކަން ހިތިގޮތަކަށް ނިމިގެންދާނެ. އަހަރެމެންގެ ހަތިޔާރަކީ ދުޢާ.

  2. ސިއްދީ ގު

    ވަކަރު ގޭ ދަރިން ގެ ބަސްމަގު ހުންނަނީ ދޯ

    9
    58
  3. ޑެރަ

    އަސުލުވެސްބަސްމަގުހުތުރުއަދިހުށަހެޅުންވެސްރަނގަޅުކުރަނޖެހޭ

    11
    52
  4. މަސީހު

    ހަމަރަންގަޅައްވެސް ސަރުލާރައް ހަޖަމެއްނުވި

    72
    8
  5. ޏދނ

    ބަސްމަގު ހަމަ އެހަ ހަޑި ތަ؟

    60
    8
  6. Anonymous

    ހަމަ ރަނގަޅަށްވެސް ހަޖަމް ނު ކުރެވިގެން ތިއުޅެނީ،

    74
    7
  7. ރައްދު

    މަޑިސީލަ އާއި ހަޖަމް ޕްރޮގްރާމަށްވުރެ އަދަބީގޮތުން މާހުތުރު ބަސްމަގުރ ޓީވީންބޭނުންކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު އެއިން ކަމެއް މަނާނުކޮށް، ޗެނަލް 13 އިން ގެނެސްދޭ ކޮންޓެންޓް ހަޑިކަމަށް ހުތުރު ކަމަށްބުނެ އެތަން ބަންދުކުރަން ފައިނެގުމަކީ މާހަޑި ހުތުރުކަމެކެވެ.

    65
    3
  8. ނަޖީ

    ހަމަ ހަޖަމް ނުވެގެން މި ސަރުކާރައް މިއުޅެނީ ހަޖަމް ނުވިޔަސް މި ސަރުކާރައް ތާއިދުކުރާނެ ބަޔަކުނުވާނެ

    44
    3
    • ބަކުރުބެ

      ގަމާރާ ތާއީދު ނުކުރާތިދޯ ވެރިކަމާ މަޖިލިސް އެއޮތީ ލިބިފަ!

      12
      • މަގޭ

        އެއީ ކަލޭ ގޮތަށް ގިނަ ބަޔަކު ގަމާރު ކަމުން ކުރި ކަމެއްގެ ނަތީޖާ...މިހާރު ޙާލަތު ބަދަލު ވެއްޖޭ ގަމާރާ... މީހުން ވިސްނުން ވެސް ބަދާުލު ވެއްޖޭ ގަމާރާ...ގިނަ ބަޔެއްގެ ގަމާރުކަން ވެސް ފިލައިފި ޔޭ ގަމާރާ....ދެން ހަޖަމް ކޮށްލާ!!!..ހެހެހެ

  9. Anonymous

    ރާއްޖެ ޓީވީއިން ހާދަ ރީއްޗަށޭ ވާހަ ކަ ދައް ކަނީ ދޯ. ?

    38
    2
  10. ތާކް

    "ހަޖަމް" ހަމަ ނުވަނީ، މި ޕްރޮގުރާމްގައި އަޑަށްބާރުލާފަ ސަރުކާރގެ ވާހަކަ ދެއްކީމަވެސް ހީވަނީ ސަރުކާރ މި ވެއްޓެނީޔޭ، ތާއީދު ގެއްލެނިއްޔޭ. ޙިއްވަރު ކުރާތި، ތި ޕްރޮގްރާމް ހަމަ ސަޅި

    41
    2
  11. ލުޓޭރުންގެ ސަރުކާރު

    ޗެނަލް13އަށް ބްރޯޑު ކޮމްއިން ކިޔަންވީ ޑައެލޮގް ލިޔެފަދޭންވީނުން...ސަރު ކާރަށް ސަނާ ކިޔުމަ ކީ ހުރިހާ މީޑިއާ އަ ކަށް ކުރަންޖެހޭ ކަމެނޫން...މަރިޔަމްވަހީދާގެ ހުށަހެޅުންވެސް އަހަރެމެންނަ ކަށް އެހާރީއްޗެނޫން..ބަސްމަގު ރީއްޗަސް...ހަޖަމުގަ ދައް ކަނީ ރައްޔިތުންގެ އިހުސާސުން ވާހަ ކަ...ރައްޔިތުންގެ ޝަ ކުވާ އުދާސްތައް...ސަރު ކާރުން ބޭނުންވަނީ ސަރު ކާރުގެ ވައް ކަމާ ގައުމު އަޅުވެތި ކުރަން ކުރާ މަސައް ކަތް ފޮރުވުން...އެ ކަމަ ކު އެހެނެނުވާނެ ރައްޔިތުންގެ އަނގައިގަ މަލަމެނޭޅޭނެ..މޑޕގެ ގުންޑާއިން ނޫން އެހެން މީހުން ދައް ކާނެ ސަރު ކާރުގެ ވަގުވާހަ ކަ...މަޑިސީލަ ހުއްޓުވިޔަސް ހަޖަމް ހުއްޓުވިޔަސް ޗެނަލް13ހުއްޓުވިޔަސް މިސަރު ކާރާ އިންޑިޔާ ކުޅެމުންދާ ކަބައްޑީ ދިވެހިންދަނޭ..

    6
    1
  12. ޖާހު

    އަޅުގަޑަކީވެސް މިސަރުކާރަށް ފާޑުކިޔާ މީހެއް، އެކަމަކު ޗެނަލް13 ގެ އެ ދެޕޮރޮގުރާމަކީވެސް އެއްވެސް ޙާލެއްގައި ބަލަން ކަމުދާ ޕޮރޮގުރާމެއްނޫން އިދި ކޮޅުގައި ތިބޭ ބަޔަކު ހިންގާ ޗެނަކުން ފެންނަން ޖެހޭ ޒިންމާދާރު ކަމެއްނެތް ދެބައޮޑުވުމާއި ފިތުނަ ފަސާދަ އުފެއްދުމާއި ދޮގު ޚަބަރު ފެތުރުމާއި ނެތިމޮށުމުގެ ވާހަކަ ނޫންކަމެއް ކުރާތަން ނުފެނޭ

    • Anonymous

      ދޮގު ހަދާނުލާވެސް ތިހުރިހާ ފަތިވަރެއް އެމުނޭނެނު!! ޗެނަލް 13 އަކީ މިގައުމުގެ މިނިވަން ކަމުގެ ޖިހާދު ކުރާ ބައެއް. ހުތުރު ބަހުުރުވަ ބޭނުން ކުރާހާ ބަޔަކަށް ފިޔަވަޅު އަޅަންޏާ ފުރަތަމަ ރ.ޓީވީއަށް ފިޔަވަޅުއަޅާ.. އެއީ ހުތުރު ބަހުގެ އިތުރަށް ފިތުނަ ފަސާދައިގެ އަންމަ.

  13. ހުއްޓުވާބަލަ

    ހަޖަމުނުވެގެން ޕްރޮގްރާމް ހުއްޓުވާލަބަލަ އިރާދަކުރެއްވިއްޔާ އޭރުންހަޖަމްޕްރޮގްރާމް ހުށަހަޅާނީ މަގުމަތީގަ އެވެސް ތިން ބަދަވިންނާއެކު

  14. އައްމަޑޭސަމީރު

    ފުރަތަމަ ކުރަންވީކަމަކީ ރައްޔިތުންގެ މަޖުލީހުގެ ބަސްމަގު އިސްލާހުކޮށް މެމްބަރުންނަށް ވާހަކަދެއްކުމުގެ އަޙުލާގީ މިންގަނޑެއް ކަނޑައެޅުން. ސަބަބަކީ ކުޑަކުދިންނަށް ގޭގަހުންނަ ޓީވީ ތަކުން މަޖުލިސް ދައްކަމުންދާއިރު އެއަޑުއަހާ އެކަމުގެ ނޭދެވޭއަސަރުކޮށް އެކުދިންވެސް އެގޮތަށް ގޭގައާ ބޭރުގަ އެ ބަހުރުވައިން ވާހަކަދައްކާހަދައެވެ
    މިކަމަކީ މުޖުތަމައުގައި ބޮޑުވަމުންއަން ކުދިންގެ އަޙުލާގަށް
    ވަރަށްބޮޑަށް ނޭދެވޭ އަސަރު ކޮފާއްފާނެ ކަމަކަށްވާތީއެވެ.