އިންސާނެއްގެ ފުރާނައަށް ވުރެ ކަރެކްޝަނަލް ސާވިސް އަށް އަށް މުހިއްމީ ސިޓީއެއްގައި "އަލްފާޟިލް" އޭ އިނުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ މާމަގެ ހިތް އެއްކޮށް ބްލޮކުވެގެން އެމެޖެންސީގައި ހަދާ ލައިފް ސޭވިން ޕްރޮސީޖާއެއްގެ ކުރިން މާމަ އާއި ބައްދަލުކުރުމަށް ހޮސްޕިޓަލަށް ދިޔުމުގެ ހުއްދަ އަށް އެދި ކަރެކްޝަންސް އަށް ހުށަހެޅި ސިޓީގައި "އަލްފާޟިލް" އޭ އިނުމުން ސިޓީ ބަލައިނުގަތް ކަމަށެވެ.

"މީދެން ބޮޑުވަރު ދެއްތޯ. އިންސާނެއްގެ ފުރާނަ އަށް ވުރެ ކަރެކްޝަންސް އަށް މުހިއްމީ އަލްފާޟިލް" މަހުލޫފް ވިދާޅުވިއެވެ.

އިދިކޮޅުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަހުލޫފު މިހާރު ހުންނެވީ ގޭބަންދުގައެވެ. މަހުލޫފްގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު އެ މައްސަލަތައް ބަލައި ނިމެންދެން އޭނާ ހުންނަން ޖެހޭނީ ގޭ ބަންދުގައެވެ.

އެގޮތުން މަހުލޫފްގެ މައްޗަށް ވަނީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ނިރުބަވެރި (ޓެރަރިޒަމް) ކަމުގެ ދައުވާ އުފުލާފައެވެ.

މީގެއިތުރުން ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ވެސް މަހުލޫފްގެ މައްޗަށް އުފުލާފައިވެއެވެ. އެ ދައުވާ މަހުލޫފްގެ މައްޗަށް ކުރަނީ މާފުށީ ޖަލުގައި މީހުން މަރުވަނީ ނޫން ކަމަށާއި މީހުން ގަސްދުުގައި މަރަމުން ދަނީ ކަމަށް ބުނެ މަހުލޫފު ކުރި ޓްވީޓަކާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ާސ

    ކަލޭ މޮޔަ ގޮވަން ފެށީ ތަ!

  2. ނިކަމެތި އަހާ

    ބަލަ މަހުލޫފޫ ކަލޭ އިސްވެހުރެ ކިތައްރޭ މުޒާހަރާ ކުރީ މާލޭ.މަގުމަތީ. ޢެހެން މީހުންގެ ހައްގުތަކައް އަރައިގަނެ އާމުންނައް ދުއްޕާން ކުރީ. ކަލޭ އެއްޗެކެ ހިތައް އެރިތަ
    ދެން އެހެން މީހުންގެ ވާހަކަ ދައްކަން ނޫޅޭ ބަލައެް ނުގަނެވޭނެ. ޙުދު އަހަރެންވެސް ކަލޭގެ ވާހަކަ އަޑު އަހާކައް ސައުގެއް ނެތް.

  3. ޢިނާ

    ސިޓީ އެއްވެސް ލިޔަން ކަލެ އައް ނޭގޭތަ.ލަދުން ބޯހަލާކް. ނިކަން ކަލޯ ސުކޫލައް ދާން ފަށާބަލަ

  4. ހަކީމް

    ކަރެކްޝަންގަ ތިއިންސޮރައް ތިކަމުގެ ހިތިވެސް ފެންނާނެ

    • ާލިނަލިު

      ޢިރާދުކުރެއްވިއްޔާ

  5. ޣާދިރު

    ބޮޑު މޮޔައެއް.. މިސްޓަރ ރީލޯރޑް

  6. ރަނގަބީލު

    ކަލޭ އުޅުނީ މާމަގެ ފުރާނަ ސަލާމަތް ކުރަން ދާންތަ.އަޅުފަހެ.ކަލޭ ކިޔަންމެ މޮޅަސް އެކަމެއް ނުވާނެ.

    • ރެޓޭ

      މަހުލޫފު މިހާރު ކަލެއްކަމަށް ދައުވާ ކުރަނީ ތޯއްޗެ.

  7. ފަރީ

    މިހާރު އެންޑީޕީ އައްސަޕޯޓު ކުރާކޮއްމެމީހަކީި ޓެރަރިސްޓަކައްވާން އެބަޖެހޭ އެކަމު ސަޕޯޓަރުން ފަހަތަކައް ނުޖެހޭނެ ނުވެސްޖެއްސޭނެ

  8. ފިލި ނަސީދު

    ސިޔާސީ ކަންކަމުގަ އޯވާ ވުމުގެ ލާމަސީލު މިސާލެއް......