ޖޯލި މޯލްޑިވްސް އާއި ރ.ބޮޑުފުށި ރިސޯޓަށް ޒިޔާރަތް ކުރި މީހަކު އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، އެ މީހާ ފައްސިވިކަން އެނގުމާއެކު މިހާރު އެ ދެ ރިސޯޓު އޮތީ މޮނީޓަރިންގގެ ހާލަތުގައި ކަމަށެވެ. އަދި މިހާރު އެ މީހާގެ ކޮންޓްކްޓް ޓްރޭަސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަން އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ދެ ރިސޯޓުގައި އެ މީހާ މަޑު ކުރީ ކޮން ދުވަހަކުން ފެށިގެން ކޮން ދުވަހަކަށް ކަންވެސް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ރާއްޖެއިން ބޭރަށް ދިޔަ ފަހުންނެވެ. އަދި މީގެން ބާކީ ތިބި ހަތަރު މީހުންނަކީވެސް ދިވެހިންނެވެ.

މި ހަތަރު ދިވެހިންނަށްވެސް ދަނީ ފަރުވާދެމުންނެވެ. ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެޗްޕީއޭ އިން ކުރިން މައުލޫމާތު ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޟމ

  ފައްސި ނުވިޔަސް ތި ކޮންޓެކްޓްސް މަދުކުރަން އެބަޖެހޭ ދޯ މިހާރު، ބޭންކް ތައް ހުޅުވާފަ ހުންނަ ދުވަހާއި ގަޑި ކުޑަކުރި ވަރަކަށް އެތަންތަނަށް ތޮއްޖެހުން ގިނަ ނޫންތޯ ވާނީ؟ އެމް.އެމް.އޭ އިން މިކަމަށް އެބަޖެހޭ އަވަސް ހައްލެއް ހޯދަން

  35
 2. ކަމަނަ

  ޝިޔާމް ގެ ރިސޯޓް ތަކަށް ލާރި ދޭކަށް ނުޖެހޭ މުވައްޒަފުންނަށް ހާދަ ނިކަމެތި ކޮށްނޭ ކަންތައް އެކުރަނީ ކާކުތޯ އެކަންތައް ބެލީ މިނިސްޓަރު ބުނާނެ ބެލީމޭ އޭގެ މާނަ އަކީ އާއިލާ އެކުގައި ޗުއްޓީ އަށް އޮޅުވެލި ބީޗް އަށް ދިއުން އެންމެ 50 ޑޮލަރު އެދެނީ މިހާލަތުގައި މިހެންތޯ ކަންތައް ކުރަންވީ ކީއްކުރަން ޝިޔާމަށް 7.7 ދެނީ އިބޫ އަކީ ވ ވ ރަގަޅު ވެރިއެއް އާދޭސް ކުރަން

 3. އެކްޓަރ

  155 ރިސޯޓަށް 1.2 ބިލިއަން ދިނީމަ ދެން ލޯނު ނިމުނީތާ.. ރާއްޖޭގައި ހިންގާ ބޭރުގެ އިންވެސްޓަރުންގެ ރިސޯޓް ބެއިލް އައުޓްކުރަން ރައްޔިތުންގެ ބެންކުން ރެސްކިއު ޕެކެޖް ދޭންޖެހޭތޯ... ރިސޯޓްތަކުގައި ތިބި ބޭރު މުވައްޒަފުންގެ މުސާރަ ދެވޭނެ ފައިސާ ރިސޯޓް ތަކުގައި ހުންނާނެ.... ރާއްޖޭގައި ރިސޯޓަކަށް 4 ވަރަކަށް ލައްކަ ޑޮލަރ ލޯނުގޮތުގައި ބެންކުތަކުން ލިބޭނެ..ވީމާ މިފައިސާއިން ރާއްޖޭގެ މެދުގިންތީގެ ވިޔަފާރި ތަކަށާއި، ރަށްރަށުގައި ތިއްބެވި ކުދި ވިޔަފާރިތަކަށް ދެއްވުން މުހިންމު،، މަސްވެރިކަމާއި ދަނޑުވެރިކަން އާލާކުރުމަށް، ހުރިހާ ސަޕްލައި ދޯނިތަކާއި ގެސްޓް ހައުސްތައް ހުއްޓިފަ.... އެތައްސަތޭކަ ބަޔެއްގެ ވަޒީފާ ގެއްލި ބިކަވެއްޖެ...
  ބެންކްއޮފް މޯލްޑޮވްސް އިން ލޯނު ދޭނީ އެމީހުންނަށް ރަގަޅު ރިޓަންލިބޭ ފަރާއްތަކަށް... ހެޔޮ ނުވާނެ ރައްޔިތުންނަށް އެހީވެލައްވާ... ރާއްޖޭގެ ތާރީޚްގައި މިފަދަގޮތަކަށް ޤައުމުގެ އިގުތިސާދު ލޮކް ޑައުން ނުވޭ...162 މިލިއަން ޑޮލަރގެ ލުއި ލޯނު ދިނުމުގެ ޤާބިލްކަން ސަރުކާރުގައި ހުންނާނެ....ފަސޭހަ ގޮތަކަށް މިކަންކޮށްދެއްވާ.....

 4. ޑ.ރ. މައިމޫނާ

  އަހަންނަށް ފެންނަނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު އިތުރު ކޮށްދިނުމަށް....1 މަހަށް..ސަރުކާރަށް ގޮވާލާން މިއަދު ލަންކާ އިންވެސް ކަރަންޓީން ގައި ހުރިމީހަކު14ދުވަސް ވުމުން ދޫކޮށްލި ފަހުން އަނެއްކާ ކޮވިޑް19 ޕޮޒޮޓިވްވި ވެއްޖެ...

 5. އުސައިދު

  ފަތުރުވެރިންނަށް ނާދެވޭނެޔޭ ކިޔާފައި ކޯއްޗެއް ތިހަދަނީ.

  41
  2
 6. ހޭއަރާ

  މިމީހުން މިއުޅެނީ މާލެތެރެއައް އެއެތި އެތެރެނުވެގެންތަ ތޮއްޖެހިފައޮތް މާލެއައް ތިއެތެރެވެއްޖެއްޔާ ހޯދާނުފެންނާނެ

 7. ޢަދުރޭ

  އެންމެ ގިނައިނަ ވައިރަސް އަރަނީ އެއާޕޯޓްތަކުން އެވެދާނެ އެނބުރި ދިއަ މަގުމަތީގައި އެއާޕޯޓަކުން ވައިރަސް އެރީ ކަމަށްވެސް