ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖަށް ކުރިމަތިލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ އެ ސްކީމް އަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެގުމާއެކު ތައާރަފްކުރެވުނު ލޯން ސްކީމެއް ކަމަށެވެ.
ބީއެމްއެލް އިން ބުނީ އެ ސްކީމްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާ އުސޫލްތަކުގެ މައްޗަށް ބިނާކޮށް ލޯން ދޫކުރަންޖެހޭ ރިސޯޓްތަކާއި ވިޔަފާރިތަކުގެ ލިސްޓެއް އެ މިނިސްޓްރީން ބޭންކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ސްކީމަށް ކަނޑައެޅިފައިވާ އުސޫލްތަކާ ބެހޭ މައުލޫމާތު އެ މިނިސްޓްރީން ލިބޭނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ އެ ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހަޅާނީ ބޭންކުން ކަނޑައަޅާފައިވާ [email protected] އީމެއިލް މެދުވެރިކޮށް ކަމަށެވެ. އެޕްލިކޭޝަން ލިބުމުން ބޭންކުން ކްރެޓިޑް އިވެލުއޭޝަން ހެދުމަށްފަހު ލޯނު ލިބޭ ފަރާތްތަކަށް ގުޅާ އެކަން އަންގާނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ. އަދި ލޯނު ލިބޭ ފަރާތްތަކުން ލޯނު އެގްރީމަންޓް ފުރިހަމަ ކުރުމަށްޓަކައި އެންމެ ކައިރި ބްރާންޗަކަށް ދާންޖެހޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.
މި ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު އެ ލޯނަކީ ހަމަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއި އެކުގައި ދޫކުރާ ލޯނެއް ކަމަށެވެ. މީގެއިތުރުން ފިނޭންސް މިނިސްޓްރީން ބުނީ އެ ލޯނު އަނބުރާ ދެއްކުން ތިން އަހަރަށް ބަހާލާފައިވާއިރު އެ ލޯނަށް ނަގާ އިންޓްރެސްޓަކީ ހަ ޕަސެންޓު ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ޖުމްލަ 2.5 ބިލިން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފް ކުރަން ނިންމިކަން އިއުލާނު ކުރީ މާރިޗް މަހުގެ 19 ވަނަ ދުވަހުއެވެ.
މިއަދު ސަރުކާރުން އާއްމު ކުރި ތަފްސީލުތަކަށް ބަލާއިރު، ޓޫރިސްޓް ރިސޯޓްތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ. އަދި މި ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ރިސޯޓަކަށް 7.71 މިލިއަން ރުފިޔާ ކަމަށް ބުނެފައި ވެއެވެ.
އެ ޕޭކޭޖްތަކުގެ ތަފްސީލުތަކުގައި ބުނެފައިވާގޮތުން ރިސޯޓުތަކަށް ލޯނު ދޫކުރުމުގައި ދިވެހި އޯނާޝިޕުގެ ނިސްބަތަށާއި، ރިސޯޓުގައި ދިވެހި މުވައްޒަފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް 45 އިންސައްތަ ނުވަތަ އެ އެއަށްވުރެ މަތިތޯ ބަލައި އިސްކަންދެވޭނެ ކަމަށެވެ.
ސަރުކާރުން މީގެކުރިން ބުނެފައިވަނީ މި ލޯން ސްކީމުގެ ދަށުން ވިޔަފާރިތަކަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ކޮންމެވެސް ވަރެއްގެ އެހީއަކަށް އެ ރިލީފް ޕެކޭޖު ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ޤާރޫނުގެ ހަރާމް ވިޔަފާރި
ހަރާމްރިބާ އާ ބެހޭގޮތުން ވާހަކަ ދައްކާލާނެ ތާކިހާ ޝޭކެއް ނެއްތަ...؟
ތިޔަ މަގުމަތީ ސޭހުގެ ފެންވަރު ކޮމެންޓުންވެސް ދޭހަވޭ
ޝޭހުންނަށް މަލާމާތަށް ތާކިހާ ޝޭހުންނޭ ގޮވުމީ މިއުޅޭ އާމުމީހުންގެ އުސޫލު.
ރިސޯޓުގެ ވެރިން އެތައް އަހަރުތަ ކެއް ވަންދެން ކުރި ގެއްލުން ނުވާ ވިޔަފާރި މިދިޔަ ދުވަސްތަ ކަށް ފައިދާ ނުލިބި ދިޔުމުން ބަނގުރޫޓު ނުވާނެ. ގެއްލުން ވާނީ މުވައްޒަފުންނަށް. މިފައިސާ ސްޓިމިއުލަސްއެއްގެ ގޮތުގައި ދިނުމުގެ ބޭނުމަކަށް ވާންވާނީ މި މުއްދަތުގައި މުވައްޒަފުން ނު ކަނޑައި އެމީހުންގެ މުސާރަ ފަންޑުގެ ގޮތުގައި ބޭނުންކުރުމަށް. މި މުއްދަތުގައި ބަލަންވީ މަތީ ގިންތީގެ ބިދޭސީންނާއި ދިވެހިންގެ މެދުގައި ގެންގުޅޭ މުސާރައިގެ އަދި އެނޫން ތަފާތު ކުރުންތައް ހުއްޓުވުން. އަދި ވިސްނަންވީ މީގެ ކޮންމެ ރިސޯޓެއްގެ ބިދޭސީ އިންވެސްޓަރުން މިހާދުވަހު ފައިދާ ނަގައިގެން މި ގައުމަށް ދިން މާބޮޑު އެއްޗެއް ނެތްއިރު ޢޭނާގެ ފައިދާ އިތުރު ކުރަން ސްޓިމިއުލަސް އެއް ދޭންޖެހޭތޯ!