ކޮވިޑް-19 އާ ގުޅިގެން އާއްމު ރައްޔިތުންގެ މާލީ ހާލަތު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ބައެއް މީހުންގެ ވަޒީފާތަކަށް ވެސް ކޮވިޑް-19 ގެ ސަބަބުން ލޮޅުންތައް އަރާފައިވާއިރު ސަރުކާރުން އަންނަނީ މިކަމުގައި ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މީގެއިތުރުން ރަށްރަށުގެ ބައެއް ކައުންސިލްތަކުގެ އަމިއްލަ އިސްނެގުމާއި އެކުގައި އެ ރަށްތަކުގެ ރައްޔިތުންނަށް ގިނަ ކަންކަން އަންނަނީ ކޮށްދެމުންނެވެ. އެގޮތުން ރ. ކިނޮޅަސް ކައުންސިލުން މިވަނީ އެރަށުގެ ރައްޔިތުންނަށް ގިނަ ކަންކަން ކޮށްދެމުންނެވެ.

ކިނޮޅަހު ކައުންސިލުން ބުނެފައިވަނީ ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ އެރަށު ރައްޔިތުންނަށް އެހީތެރިކަމާއި ރައްކާތެރިކަމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ޤުރުއާން ކްލާހުގެ ފީ މިމަހާއި ކުރިއަށް އޮތް މަހަށް މައާފު ކޮށްދެއްވާފައިވާ ކަމަށާއި ދަނޑު ގޮވާން ކުރުމަށް 6 މަސް ދުވަހަށް ހިލޭ ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އަންނަ މަހުގެ ކުނި އުކާލުމުގެ ފީ މައާފް ކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ ރައްކާތެރިކަމަށް މިސްކިތްތަކުގައި ހޭންޑް ވޮޝް ފުޅި ބެހެއްޓިފައިވާނެ ކަމަށްވެސް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ. މީގެ އިތުރުން އެރަށުގެ ކޮޮންމެ ގެއަކަށް މިއަހަރުގެ ރަމަޟާން މަހަށް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ. އެގޮތުން ކޮންމެ ކޮންމެ ގެއަކަށް ދިނުމަށް ނިންމާފައިވަނީ:

 • 1 ބަސްތާ ހަނޑޫ
 • 1 ބަސްތާ ހަކުރު
 • 16 ކިލޯ ފުއް
 • 12 ދަޅު އަލަނާސި
 • 10 ކިލޯ ފިޔާ
 • 1 ކިލޯ ކަދުރު
 • 1/2 ކޭސް ބިސް

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކުގައި ދިރިއުޅުން އަންނަ މީހުންނަށް އެހީތެރިވުމުގެ ގޮތުން އެރަށްތަކުގެ ކައުންސިލުން ވަނީ ގިނަ ލުއިތަކެއް ހޯދަދީފައެވެ. އެގޮތުން ބައެއް ރަށްތަކުން ތަފާތު އެކި ހިދުމަތްތަކާއި ގުޅިގެން ރައްޔިތުންގެ އަތުން ނަގަމުން އަންނަ ފީތައް އަންނަނީ މައާފް ކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އައިޝާ

  ވަރަށް ރަނގަޅު ކައުންސިލެއްތީ.. މި ދަނޑިވަޅުގައި ރައްޔިތުންނަށް އޯގާތެރިކަމާ އަޅާލުން އެންމެ މުހިއްމީ.
  އަޅުގަނޑުމެންގެ ކައުންސިލުން ތިކަހަލަ އެއްވެސް ކަމެއް ނުކުރޭ ....

  15
 2. ރަސް ޖައްލ

  މި ރަށުގަ އަހަރުން ގޮހޮރަށްލާފަ ރައްޔިތުމީހާއަށް ދޭނެ އެއްޗެއް ނެށް. ނުވެސްދޭނަން.

 3. ތުއްތަ

  ތިކައުސިލަށް ހެއޮދަރުމަ އާއި ތަނަވަސްކަން ދެއްވާ ފަގަތި ކަން ދެއްވާށި.