ކޮވިޑް-19 އާއި ގުޅިގެން ކާފިއު އިއުލާނު ކޮށްފައި ވަނިކޮށް ގަވާއިދާއި ހިލާފަށް 180 އަށްވުރެ ގިނަ މީހުން ބޭރުގައި އުޅުނު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައި ވަނީ މިއަދު ކާފިއު ވަގުތު ބޭރުގައި އުޅުނު 182 މީހަކަށް ނަސޭހަތްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި 153 ދިވެހިންނާއި 29 ބިދޭސީން ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއަދު އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާއިރު 2 މީހަކަށް ވަނީ ދެވަނަ ފަހަރަށް ނަސޭހަތް ދީފައެވެ.

މިއަދު 182 މީހަކު ކާފިއު ވަގުތު ބޭރުގައި އުޅުނުއިރު އިއްޔެ 183 މީހަކު ވަނީ އެވަގުތު ބޭރުގައި އުޅެފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ދިވެހިންނެވެ. އަދި އެކަކަށް ހަތަރު ފަހަރު ނަސޭހަތް ދީގެން ބޭރުގައި އުޅޭތީ ވަނީ ޖޫރިމަނާ ކޮށްފައެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކާފިއު އިއުލާނުކޮށްފައިވާއިރު، އެ ފިޔަވަޅަށް ބޯނުލަނބާ ނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ކަމަށެވެ.

މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 17:00އިން ފެށިގެން 20:00އާ ހަމައަށް މީހުން މަގުތަކަށް ނިކުތުމާއި ވެހިކަލްތައް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި އެ ނޫން ވަގުތުތަކުގައި ވެސް ތިން މީހުންނަށް ވުރެ ގިނަ މީހުން ނުނިކުތުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮކްޓޭލ އަލިބެ

    ތިޔަ ވާހަކަ ފަލަސުރުޙީޔައް ލީމާ ބަޔަކު ފަލީހަތް ވާކަމެއް ނޫން ކޮންކަމެއްތޯ ވަނީ ލަދުންބޯހަލާކް

    • ފޮޓޯ

      ފޮޓޯގައި ހުރީ މާޝާ

  2. ދަލާސްޓް

    ނަސޭހަތް ދެންޏާ ހައްތަހާވެސް ދޭހާ ވާނީ.

  3. ކޮކްޓޭލ އަލިބެ

    ތިޔަ ވާހަކަ ފަލަސުރުޙީޔައް ލީމާ ބަޔަކު ފަލީހަތް ވާކަމެއް ނޫން ކޮންކަމެއްތޯ ވަނީ ލަދުން