ވެލައްސަރު އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރަމުން އަންނަ މީހެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އޭނާގެ ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަޒީޒް ވިދާޅުވީ އަލާމާތްތައް ފެނިފައި ވަނީ ބިދޭސީ މުވައްޒަފެއްގެ ގައިންކަމަށެވެ.
މިހާރު ވެލައްސަރު އައިލެންޑް ވަނީ މޮނިޓަރިންގެ ހާލަތަައް ބަދަލު ކޮށްފައެވެ. އެހެންކަމުން އެރަށަށް މީހުން އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.
ރާއްޖެ އިން މިހާތަނަށް 19 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. މިހާރު ރާއްޖޭގައި ފަރުވާ ދެމުން ގެންދަނީ ހަތަރު ދިވެހުންނަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އިން މިހާރު ވެސް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއްވެސް ރިސޯޓަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 14 ދުވަސް ނުވަނީސް ރިސޯޓްތަކުން އެއްވެސް މުވައްޒަފަކު ފޭބުން ވަނީ މަނާކޮށްފައެވެ.
ހާދަ ދެރަޔޭ
?????
މީ ވަރުގަދަ ބައްޔެއް. މުޅި ދުނިޔެ މި ވަބާއިން ސަލާމަތް ކޮއްދެއްވާށި.
މިހާވަރު ވަންޏާ ރާއްޖޭގެ އެންމެން ޓެސްޓުކުކ ކުރަންވީ އެންނު. އެއިރުންނެއްނު ހަމަޖެހެވޭނީ
ކުރަން ޖެހުނިއްޔާ ކުރާނެ. މަޑުމަޑުން ގޭގަ ތިބެބަލަ.
މުރުޝީ މަރާފަ ވެރިކަމައް އަރައިން އުޅޭ އެމެރިކާ ޕަޕެޓެއް މުސްލިމުންނަކައް ހެވަކައް ނޭދޭނެ
އައިނ... މަޢުލޫން ބޭރުގަ ތިޔައުޅެނީ އަދި.. ތިހެން އުޅެނިކޮށް އާޓިކަލް ލޮކްޑައުން ކުރާއިރު މަޢުލޫއިން ބޭރުގަ ހުރިއްޔާ ޖޫރިމަނާ ކުރާނެ... އަވަހަށް އެނބުރި މަޢުލޫއަށް ވަދެވޭތޯ ބަލައްޗޭ!
އަދިވެސް ގޭބަންދުގައި ތިބޭ ވަގުތު އިތުރު ކުރާކަށް ނުވޭތަ
މަބްރޫކް ނުނެގި ފޯން