ކޮވިޑް 19 އާއި ގުޅިގެން، އިންސާފުލިބުން ލަސްވުމަކީ ވިސްނުމެއް ނޫންކަމަށް ކޮވިޑް19އިގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަބްރޫކް އަޒީޒް ވިދާޅުވެެއްޖެއެވެ.

ކޮވިޑް19 އާއި ގުޅިގެން ކޯޓުތަކުގެ މަސައްކަތް ހުއްޓިފައިވާތީ ތަހުގީގު މަރުހަލާގައި ތިބި އެތައް ބައެއްގެ ހައްގުތައް ގެއްްލޭކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ ކޮވިޑް-19އިގެ ސަބަބުން ކޯޓުތައް މުޅިން ހުއްޓުމަކަށް ނާންނަ ކަމަށެވެ.

"މި ސުވާލަށް އަޅުގަނޑަށް ޖަވާބުދޭން އުނދަނގުވާ ދެ ސަބަބެއް އޮތީ. ފުރަތަމަ ކަމަކީ އެންއީއޯސީ އާއި ސީދާ ނުގުޅޭ. މި މަސައްކަތަށް ދެވަނަ ކަމަކީ އެގްޒެކެޓިވް ބާރަކާ މިކަމަކާ ސީދާއެއް ނުގުޅޭ. އެހެންނަމަވެސް ކޮވިޑް 19 އާއި ގުޅިގެން، އިންސާފުލިބުން ލަސްވުމަކީ އެއީކީ އަޅުގަނޑުމެންގެ ވިސްނުމަކަށް ނުވާނެ." މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޯޓުތަކުގެ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި ކޯޓުތަކުގެ މަސައްކަތްތައް ހުއްޓިފައި ނުވާކަން ޔަޤީންވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

"ކޯޓްތަކާއި ބެހޭގޮތުން ދެއްކެވި ވާހަކައިގައި މުޅިއަކުން މުޅި ޖުޑީޝަރީ ހުއްޓިގެން ހަމަގައިމުވެސް ނޫޅޭ. ބައެއް ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް އެބަދޭ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ބައެއް ކޯޓުތަައް މިހާރު އޮންލައިންކޮށް ބައެއް ޚިދުމަތްތައް ދޭން ފައްޓަވައިފި. އަދި ފެމިލީކޯޓު ކަހަލަ ތަންތަން މަސައްކަތް ފައްޓަމުން އެދަނީ." އޭނާ ވިދާޅުވިއެވެ.

މަބްރޫކް މިހެން ވިދާޅުވި އިރު، ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 17ވަނަ ދުވަހު، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދުގެ ނަމުގައި ނެރުނު އެ ސަރކިއުލާގައި ވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން 2020 މާރިޗު 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހެލްތުން، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާތީ ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުގެ ޚިދުމަތްހޯއްދަވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރުން އިޢުލާންކުރައްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، އަޅަންޖެހޭ ފިޔަވަޅުތައް ރާއްޖޭގެ ހުރިހާ ކޯޓުތަކަށް އަންގާފައެވެ.

ސުޕްރީމްކޯޓުން އެ ނިންމުން ނިންމީ ރަނގަޅަށް ކަމާއި މެދު މަޖިލީހުން ވަނީ ސުވާލު އުފައްދާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ބުނީ ސުޕްރީމްކޯޓަށް އެހެން ކޯޓުތަކުން އަމަލުކުރަންވީ ގޮތް ނޭންގޭނެކަމަށެވެ.

އެހެންނަމަވެސް އޭގެ ފަހުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ސުޕްރީމް ކޯޓުން އެހެން ކޯޓުން ނެރުނު ސަރކިއުލާއެއްގައި އެހެން ކޯޓުތައް މި ދަނޑިވަޅުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވުމަކީ ޝަރުއީ ދާއިރާގެ މުސްތަގިއްލު ކަމަށް އެކަމުގެ ސަބަބުން އަސަރުތަކެއް ފޯރާނެ ކަމެއް ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އީސާ މަސީހު

    މިދަނޑީވަޅުގަ ކާކައް އިންސާފެއް ނުލިބިގެން ތެޅެނީ މުޅިދުނިޔެ މިއޮތީ ފުރަބަންދުގަ ކަލޭމެން ތެޅެނީ ކާކައް އިންސާފު ނުލިބިގެންތޯ

    15
    3
  2. މަބުރޫކުބޭގެ ދޮންއައިސާ

    އަދުރޭ ނަންވާނީ މިމީހުންގެ ހިސާބު ޖެހުމުގެވާހަކަ ނުދައްކާ ގުނަންވެސް ނޭގެނީކަމެއް ފެސިލިޓީ ބޭނުންވާވަރައް ނެތީހެން މިހާރުއެބަހީވޭ ބުނޭ ދެމީހުން ތިބޭނީ ފަސްރޫމޭ އެރޫމްތައް ތިންގުނަ ހެދީމަ ރަގަލު އަދަދު މިއަންނަނީ މިހާރު ސޯޅިދުވަސް ވެއްޖެ އަދިޓެސްޓް ނުކުރެވޭ ތަންކޮޅެއް ހަރުދަނާމީހުން ނެއްތަ ؟

    10
    1
  3. ކަމަނަ

    ކޮންމެ ވަގުތަކުވެސް ލިބެމް ޖެހޭ އަސާސި ކަންކަން ލިބެން ޖެހޭ ވަރި ވެފަ ތިބި މީހުން ވަރި ސާބިތުނުވެ ދެމަސް ވެފައި މީދެރަ ކަންކަން ހަމަ

  4. ފާތުމަ

    ކޮންމެ ވަގުތަކުވެސް ލިބެމް ޖެހޭ އަސާސި ކަންކަން ލިބެން ޖެހޭ ވަރި ވެފަ ތިބި މީހުން ވަރި ސާބިތުނުވެ ދެމަސް ވެފައި މީދެރަ ކަންކަން ހަމަ

  5. އައްޑޫ މީހާ

    ދުނިޔެ ފުރަބަންދު ކުރިޔަސް ނުކުރިޔަސް މިގައުމުގައި ހިންގާ ލާއިންސާނީ ޖަރީމާތައް ކުރިޔަަށް ބާރަށް ގެންދާތަން އަދި ގެންދަން އުޅޭތަން ފެންނަނީ ، ދުވަހަކުވެސް އިންސާފަށް އެޖެންޑާ19 އަކަށް އަމަލެއް ނުކުރެވޭނެ ރައްޔިތުން ހަނާވެ ހުންގާނު ބިންދައިގެންގޮސް ފަރަށް އެރީމަ އެގޭނެ ރައްޔިތުންގެ ގިނަބަޔަކު މިހަގީގަތް ގަބޫލު ކުރާނެ ރޯމާ ދުވާލު އެތަކެއް ރައްޔިތުން ކުރިމަތީގަ ހިންގާފަހުރި ޖަރީމާތަކަަށް ނިމުން އަންނާނެ އަދި މިހާރު މިހާލަތުގަ އެޖެންޑާ19ގެ ދަށުން ހިންގާފައިހުރި ޖަރީމާތަކަށް ތައުބާވުމަށް އެކަމުގެ އަޑީގައިތިބި ބައިގަނޑަށް ގޮވާލަން މިއީ ހަގީގަތް އެނގިގެން ދައްކާ ވާހަކަ މިއީ ތެދެއްކަން އެގޭނެ ޖަރީމާ ހިންގި މީހުންނަށް!

  6. Anonymous

    މުޅިދުނިޔެ ގޮތްހުސްވެ ކުޑަކަކޫ ޖެހިފައިވާ އިރުވެސް ދިވެހީން ތިބީ ހައްޤު ނުލިބިގެން
    ޜާޢްޖެއިން ބޭޜުގަތިބި މީހުން ނުގެނެވިގެން އެމީހުންގެ ހައްގުތައް ގެއްލޭތީ އަދި ކަރަންޓީ ކުރާ ފަރާތުގެ ހައްގުތައް ގެއްލޭތީ މިތިބަ ޖާޙިލުންނޭ މާތްﷲ އަށް ބިރުވެތިވާކަށް ނުވޭތަ؟ މިގައުމުގަތިބި ބިދޭސީން ގެންދަން އެގައުމުތަކުން މަސައްކަތް ކުރޭބާ. ދުނިޔޭގެ އެހެން ގައުމުތަކުގެ ރައްޔިތުން އުޅޭހާލު ފެނޭބާ.މިގައުމުގަ މިއުޅޭފަދަ ބޯހަރު ބައެއް މިދުނިޔޭގަ މިހާރަކު ނޫޅޭނެ.މިދެތިން ފުވަހު އެންމެ 3 ގަޑީ އިރަށް ކާފިއު ހިންގުމުން ކަންތައް ވާގޮތް ނިކަންދެކިބަލަ 8 ޖެހުމާއިއެކު ޝޯބަލަން ދާން މީހުންތައް ނިކުންނަން ފަށައެވެ.މިއީ ވަރަށް ބޮޑު މަޖަލަކަށް ވަނީ ވެފައެވެ.

  7. ޢިބޫު

    މުޅިދުނިޔެ ގޮތްހުސްވެ ކުޑަކަކޫ ޖެހިފައިވާ އިރުވެސް ދިވެހީން ތިބީ ހައްޤު ނުލިބިގެން
    ޜާޢްޖެއިން ބޭޜުގަތިބި މީހުން ނުގެނެވިގެން އެމީހުންގެ ހައްގުތައް ގެއްލޭތީ އަދި ކަރަންޓީ ކުރާ ފަރާތުގެ ހައްގުތައް ގެއްލޭތީ މިތިބަ ޖާޙިލުންނޭ މާތްﷲ އަށް ބިރުވެތިވާކަށް ނުވޭތަ؟ މިގައުމުގަތިބި ބިދޭސީން ގެންދަން އެގައުމުތަކުން މަސައްކަތް ކުރޭބާ. ދުނިޔޭގެ އެހެން ގައުމުތަކުގެ ރައްޔިތުން އުޅޭހާލު ފެނޭބާ.މިގައުމުގަ މިއުޅޭފަދަ ބޯހަރު ބައެއް މިދުނިޔޭގަ މިހާރަކު ނޫޅޭނެ.މިދެތިން ފުވަހު އެންމެ 3 ގަޑީ އިރަށް ކާފިއު ހިންގުމުން ކަންތައް ވާގޮތް ނިކަންދެކިބަލަ 8 ޖެހުމާއިއެކު ޝޯބަލަން ދާން މީހުންތައް ނިކުންނަން ފަށައެވެ.މިއީ ވަރަށް ބޮޑު މަޖަލަކަށް ވަނީ ވެފައެވެ.

  8. އިއްސޭ

    މިސަރުކާރުންއިންސާފުންއެއްސްކަމެއް
    ކޮއްފައެއްނެތް