ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ފަސް އަހަރަކުން ނުކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

އަލީ އާރިފް މިހެން ވިދާޅުވީ ހއ.އިހަވަންދޫގައި ޕީޕީއެމް އިން ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލީ އާރިފް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް އަދި މުޅި ރާއްޖެ އަށް ރައީސް ޔާމީން ގެނެސްދެއްވި އަދި ގެނެސްދެއްވަމުން ގެންދަވާ ތަރައްޤީއަށްޓަކައި ހުރިހާ ރައްޔިތުން ވެސް ޝުކުރު އަދާކުރަން ޖެހޭ ކަމަށެވެ.

"ތަރައްޤީ އަކީ ހަމައެކަނި އުސް އިމާރާތްތަކެއް އެޅުމެއް ނޫން. ތަރައްޤީ އަކީ އިޤުތިޞާދީ ތަރައްޤީ އާއި އުމްރާނީ ތަރައްޤީ އެކުވެގެން އަންނަ އެއްޗެއް. އެހެންކަމުން ރައީސް ޔާމީން މިގެނެސްދެއްވި އަދި ގެނެސްދެއްވާ ތަރައްޤީއަށް ޝުކުރު އަދާކުރަން ޖެހޭ." އަލީ އާރިފް ވިދާޅުވިއެވެ.

އަލީ އާރިފް ވިދާޅުވީ ރައީސް ޔާމީން އަކީ ވިސްނުންތެރި ހިކުމަތްތެރި ލީޑަރެއް ކަމަށާއި އެމަނިކުފާނު ހަމައެކަނި މެނިފެސްޓޯއެއް ހިތްޕަވައިގެން ވެރިކަމަށް ވަޑައިގެންނެވީ ނޫން ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖެ އަކީ މާބޮޑު އާމްދަނީއެއް ލިބޭ ގައުމެއް ނޫން. ނަމަވެސް ފުދެމުން ނުފުދެމުން އައިސްވެސް ވަރަށް ގިނަ ކަންކަން ރައީސް ޔާމީން ކޮށްދެއްވައިފި." އަލީ އާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޮޑުތިލަދުންމައްޗަކީ ގައުމު ގޮވާލި ކޮންމެ ވަގުތަކު ތެދުވި ރައްޔިތުންތަކެއް ތިބި އަތޮޅެއް ކަމަށާއި އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް ގައުމުގެ ކޮންމެ ގޮވާލުމަކަށް ބޮޑުތިލަދުންމަތީ މީހުން ނިކުންނަން ވާނެ ކަމަށެވެ.

އަލީ އާރިފް ވެސް ވިދާޅުވީ އަޅުގަނޑުމެންނަށް ހެޔޮ އެދޭކަށް ބޭރުން ބަޔަކު ނާންނާނެ ކަމަށާއި ގައުމުގެ އަމާންކަމާއި މިނިވަންކަން ވަނީ އިސްލާމްދީނާއި އެކުގައި ކަމަށެވެ.

ސިޔާސީ ފިކުރު ކުޑަކުޑަކޮށް ތަފާތުވި ނަމަވެސް ޒާތީ ނުވުމުން އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަރިޔަމް

    އެކަމަކު ވެސް ޤާނޫނުގައި ބުނާގޮތުން ކޮންމެ 5 އަހަރަކުން އިންތިޚާބު ބާއްވަން ޖެހޭ. އަނެއްކާ ޖެހިޖެހިގެން 2 ދައުރަށް ވުރެ އިތުރަކަށް ވެރިކަމުގައި ނުހުރެވޭނެ. އެކަން ބަދަލު ކުރަން ދައްކާ އެއްވެސް ވާހަކައެއް ބަލައެއް ނުގަނެވޭނެ.

  2. މަރިޔަމް

    ވެރިކަމަށް އަންނަން ޖެހޭނީ 5 އަހަރުން ކުރެވޭ ކަންކަން ކުރެވޭނެ ނަމަ. އެއީ ރާއްޖޭގެ ޤާނޫނު ތަންދޭ ގޮތް.

  3. މަޒް

    ދެން ފަސް އަހަރުން ކުރާނަމޭ ކިޔާފަ މުންޖަކަ ތޮޅިއޭ ނުވީދޭ

    • އާދަނު

      ކެކެކެކެ. ބޭނުން ވެދާނެދޯ ކޮންމެ ކަމެއްވެސް ކުރަން. މުޅި ރާއްޖެ ބްރިޖަކުން ގުޅުވާލަންވެސް ބޭނުންވެދާނެ. އެކަމަކު އެވާހަކައެއް ނުދައްކައެއްނު؟ ޔަގީން ތީ އެމްޑީޕީ ވާނުވާ ޅައިއެއް.

  4. މަޒް

    މާ ބޮޑު އާމްދަނީއަކަށް ވަނީ ކިހާވަރެއްވީމަތަ؟ ރައްޔިތުން އުފަލުގަ އުޅޭވަރަށް އާމްދަނީ ލިބޭ.. ކާލަނީ.. އަނެއް މިހާރު އެ ބެލޭނެގޮތެއްވެސް ނެތް.. ފުލުހުން ވިކިފަ. ސިފައިން ވިކިފަ. އެންޓި ކަރަޕްޝަން ކޮމިޝަން ވިކިފަ.. ކޯޓުތައް ގަނެފަ... ބިރުދައްކާފަ.. ގޮތް ނޭނގި މީހުން ގެއްލެނީ.. މަރުވަނީ

  5. ނިހާނު

    ތިބުނީ ބޭނުންވާވަރަށް ރުފިޔާ ނުކެވުން ވާހަކަތަ.