ގާނޫނުއަސާސީ އަށް ބަދަލު ނުގެނެސް، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާ ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް މުޅިން އާ ބިލެއް ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ގެ ނަމުގައި އެ ބިލު މަޖިލީހަށް ފޮނުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. މިއަދުގެ ޖަލްސާގައި އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.

ހަސަން ލަތީފް ހުށަހެޅުއްވި ބިލްގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމި ސަބަބެއްގެ ގޮތުގައި ވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެ ނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމެއް ކުރިމަތިވެދާނެތީއެވެ.

އޭގައިވާ ގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބުކޮށްފައިވާ ކައުންސިލްތަކަށްވާ އިރު، ގާނޫނީ ހުސްކަމެއް ކުރިމަތިނުވެ، ގާނޫނުއަސާސީން ލާޒިމް ކުރާ ގޮތުގެ މަތިން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވި، އާ ކައުންސިލްތައް އިންތިހާބުވުމާ ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްތައް ދެމިއޮވެގެން ކަމަށް ވެސް އެ ބިލްގައި ވަނީ ބުނެފައެވެ.

ބިލްގައި ވަނީ ކައުންސިލްތައް ދެމިއޮންނަ މުއްދަތުގައި ގާނޫނުއަސާސީ އާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދޭ އެންމެހައި ބާރުތައް އެއްވެސް އިސްތިސްނާއެއް ނެތި، އެ ކައުންސިލްތަކަށް ލިބިގެންވާ ކަމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަ ބާރުވެރިކަން ލިބިގެންވާ އަދި އެ ނިންމުންތަކަށް ކައުންސިލްތަކުން ޒިންމާވާން ޖެހޭނެ ނިންމުންތަކެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ބިލްގައި ވަނީ ބުނެފައެވެ.

އެ ބިލަށް އަމަލު ކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ ދަށުން އިންތިހާބު ބާއްވައި އަލަށް އިންތިހާބު ކުރެވޭ ކައުންސިލަރުން، އެމީހުންގެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން މި ބިލް އުވޭނެ ކަމަށް ވެސް ހަސަން ލަތީފް މަޖިލިހަށް ފޮނުއްވި ބިލްގައިވެއެވެ.

ރާއްޖޭގެ ހާލަތު އާއްމު ހާލަތަކަށް ރުޖޫއުވެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމާ ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްގެ ދައުރު ދަންމާލުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ގާނޫނުއަސާސީ އަށް ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ.

އެކަމަކު، ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީގައި އަތްލުމަކީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. އެކަމަކު، އެހެން މެމްބަރުން ވިދާޅުވެފައި ވަނީ މިހާރު އިއުލާންކޮށްފައި ވަނީ ގާނޫނުއަސާސީގައި ބުނާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށެވެ. އެހެންވެ، ގާނޫނުއަސަަސީގައި އަތްލުމަށް އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާމިގިލި މީހާ

    ހަސަން ލަތީފު އަނެ ކާ މިޔަދު ހަމަބާ

  2. ސަރިފާ

    މީއަނެއް ޖާހިލުކަލޭގެ މިއަދު ހީވަނީ ހަމައެއްނޫންހެއް

  3. އައްޑޫ މީހާ

    ކީއްކުރަން ތިބޭ ކައުންސިލަރުންތަކެއް؟ ކުރު މަރުމޯލު ހަސަނާ ކޮންތާކުން ފައިސާތަކެއް ލިބިގެންބާ ތިހާވަރަށް ބޭކާރު ކައުންސިލަރުން މަގާމުގައި ބައިތިއްބަން ތިޔަ އުޅެނީ ؟ ތިޔަބުނާ ކައުންސިލަރުންނަކީ ބޭކާރު ބައެއްކަން މުޅި މިގައުމަށް ރައްޔިތުން ގަބޫލުކުރާނެ ، ތިހާވަރުން މަގާމު ދިފާއު ކުރަންޖެހޭ ވަރުގެ ބައެއްކަމެއް ނުދެކެން ފޮރުވިފައިވާ އެޖެންޑާއެއް ކެރަފާ އަންނި އަޑީގައި ހުރެގެން ގިންގާ ބޮޑު ޖަރީމާއެއް ރައްރަށުގައި އޮފީސްތަކުގައި މިހާރުވެސް އެބަތިބި ޒިންމާދާރު ވެރިޔާގެ ލަގަބު ދީފައިތިބޭ ބައެއް އެމީހުންނާ ތިޔަކަން ވަގުތީ ގޮތުން ހަވާލުކޮށްބަލަ އޭރުން ބަޖެޓުންވެސް ކަލޭމެން ޖީބައްލާން އެތިކޮޅެއް ބާކީވާނެ!

  4. ބްރޯ

    ވަކިގޮތަކަށް ކަނޑައެޅިފާ އޮތް ގާނޫނެއް އޮއްވާ ތިޔަ ގާނޫނު ހެދިޔަސް އެއީ ބާތިލް ކަމެއް ގާނޫނުއަސާސީގަ އޮތްގޮތުން އަދި ގާނޫނުއަސާސީގެ 80 ވަނަ މާއްދާގަ ބުނާގޮތުންވެސް އެއަށް ހައްލު ގެނެވޭނީ ސްޕްރީމްކޯޓުން.

  5. ދޮން ހަސަނު

    ހަސަން ލަތީފުމެން ހީކުރަނީ މި ޤައުމުގެ ެންމެނަކީ މޮޔައިން ކަމަށްތަ ނޫނީ ޤަމާރުން ކަމަށްތަ؟ ޤާނޫނީ ޢިލްމުވެރިއެކޭ ކިޔައިގެން މިޤައުމުގެ ޤާނޫނީ ނިޒާމު ހަލާޚުކުރުމަށް މަސައްކަތްކުރަނީ ކާކަށް ކޮންކަމެއް އޮޅުވާލުމަށްތަ؟ ބަލަ ތިޔަ ގަންނަ ހުރިހާ ސަކަރާތެެއް އެބަ އެނގޭ ކޮން ވަގުތީ ޤާނޫނެއްތަ؟ ހާއްސަ ހާލަތްތަކުގަ ކަންކުރާނެ ގޮތުގެ އުސޫލެއް ނުވަތަ ރޫލިންގ އެއް މީގެ ކުރިން ޝަރުޢީ ދާއިރާއިން އޮންނާނީ ކަނޑައަޅާފަ އަދި ޤާނޫނު އަސާސީންނާ ޤާނޫނުން ވެސް މިކަމުގެ ހައްލު ލިބޭނެ މަގު އެއޮތީ ފެންނަން ކަލޭމެން ބޭނުންވާހާ ގޮތަކަށް މޮޑެން އޮންނަ ފުށްގަނޑެއްނޫން ޤާނޫނުތަކާ ޤާނޫނު އަސާސީއަކީ ކަލޭމެންގެ މަޤުޞަދަކީ ޝަރުޢީ ނިޒާމުގެ ބާރު ކަނޑާލައި ހުރިހާ ބާރެއް މަޖިލީހުގެ ރައީސްގެ ބަނޑުދަށަށް ލުންކަން އެންމެނަް އެބަ އެނގޭ ކޮންކަމެއް ކާކަށް އޮޅުވާލަންތަ ތިޔަ އުޅެނީ

  6. ޢަބްދުއްލަޠީފު

    ނުހޮވޭނެކަން ޔަގީންވީމަ ފޯއްބިލެތް މީރުކޮއްލަނީދޯ ހަތަރުކަށިމަތި