ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމާއި މެދު މިއަދު އެއްވެސް ޝައްކެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ހއ.އިހަވަންދޫގައި ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ "މިހާރު އުފެދޭ ހަމައެކަނި ސުވާލަކީ ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ 60 އިންސައްތައިންތޯ؟ 70 އިންސައްތައިންތޯ؟ 80 އިންސައްތައިންތޯ؟ ކުރެވޭ ސުވާލު." ކަމަށެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ މިގައުމުގައި އިސްލާމްދީން ނޯންނާނެ ކަމަށް ބުނުމަށް ފަހު ތަރައްޤީ ގެނެސްދެއްވާ ވާހަކަ ބުނާއިރު އެކަން އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ ކަމަށެވެ.

މިނިސްޓަރު ނާޒިމް ވަނީ އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރާއި ގުޅުމަށް ދައުވަތު ދެއްވާފައެވެ.

"ތަރައްޤީ އާއި ގުޅިވަޑައިގަންނަވާ. އިދިކޮޅު ހިޔާލާއި އެކު ވެސް ތަރައްޤީ ގެނެވޭނެ. ބްރިޖެއް އެޅީމާ އެއަށް ވުރެ މޮޅު ބްރިޖެއް އަޅައިދޭނެ ގޮތެއް ވިދާޅުވެދެއްވާ. 25 ބުރީގެ ހޮސްޕިޓަލެއް އެޅީމާ އެއަށް ވުރެ މޮޅަށް ހޮސްޕިޓަލެއް އަޅާނެ ގޮތް ވިދާޅުވެދެއްވާ." މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ "އަންހެން ވެރިންނާއި ޒުވާނުން ނެރެ އަތް ޖަހާފައި ނެށުމަކުން ތަރައްޤީ އެއް ނުގެނެވޭނެ." ކަމަށެވެ.

"އެތައް ހާސް ބަޔަކު މަގުމައްޗަށް ނެރުނުތަން ވެސް ދުށިން. ނަމަވެސް މިއަދު މީހަކު ނުނިކުމޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާއްވާ ކޮންމެ ޖަލްސާއަކުން ވެސް ފެންނަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޣައިރު ޤާނޫނީ ގޮތުން ވައްޓާލުމުގެ ވާހަކަ ދައްކާތަން އެކަނި ކަމަށެވެ.

"އަޅުގަނޑު އެންމެ ލަދު ގަންނަނީ އެންމެ ދެރަވަނީ ކުރީގެ ދެރައީސުން ހާއްސަކޮށް ގިނަ ދުވަހު ރައީސްކަން ކުރެއްވި ބޭފުޅަކު ޣައިރު ޤާނޫނީ ގޮތުން ސަރުކާރު ވައްޓާލަން އުޅުމުން. އަމިއްލަ އެދުން ބޮޑުވިޔަސް މިއީ ބޮޑުވަރު." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ އެމްޑީޕީ އަށް 2008 ގައި ވެރިކަން ލިބުނީ 30 އަހަރުގެ ނާއުއްމީދު ވެރިކަމެއްގެ ދަށުގައި ތިބުމުން ކަމަށާއި ނަމަވެސް ދެން ވެރިކަން ނުލިބޭނެ ކަމަށެވެ.

"ވެރިކަން ލިބުމުން ގަރުދިޔަ ފެކްޓްރީއެއް ވެސް، މަސް ފެކްޓްރީއެއް ވެސް ނޭޅުނު." އެމްޑީޕީއަށް އިޝާރާތް ކޮށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވެއްޖެނަމަ އެއީ އިންތިޅާބު ކާމިޔާބު ވާނެ ކަމުގެ ހެއްކެއް ކަމަށެވެ. އެއީ އިދިކޮޅު ފަރާތްތަކުން ނުކުރެވޭނެ އޭ ބުނި ހުރިހާ ކަމެއް ރައީސް ޔާމީން ކުރައްވާފައި ވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމާއި މެދު ޝައްކެއް ނެތް ކަމަށް ނާޒިމް ވިދާޅުވި ނަމަވެސް އެކަން އެގޮތަށް އަދި ވާން އޮތް ކަމަށް މަމެން ނަށް ޕްރެޑިކްޓް ނުކުރެވެއޭ. އެންމެ ގިނަ އަދަދެއްގެ ވޯޓަރސް އިން ތިބީ މާލެ ސަރަަހައްދުގައި ކަމަށްވާއިރު މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ނުކޮށް އަދި 2 ކޮޓަރީގެ އެޕާރޓްމެންޓް އެއްގެ މަހު ކުއްޔަކީ އެއީ 2 ހާސް ރުފިޔާ ކަމުގައި ސަރުކާރުން ހައްދަވާ އިއުލާން ކޮށް 15 ހާސް މީހުންގެ ވޯޓް ހޯދައިގެން ނޫން ގޮތަށް މިސަރުކާރަށް ފުރަތަމަ ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެއޭ. ކަން މިހެން ހުރުމުން ވަގުތު އޮތްވާ މިކަން ކުރަން އުޅުން އެއީ ބުއްދި ވެރިކަމެކޭ މަމެން ވެރިކަމުގައި ތިބި އިރު މަމެންނަށް މިކަން ނުކުރެވޭންވީ ސަބަބެއް އެެއްގޮތަަކަށް ވެސް މަމެންނަށް ނޭގެއޭ.

  2. މިއަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ކާމިޔާބު ކުރެވޭނެ ކަމަށް މިނިސްޓަރުން ބުނާނެ މައުމޫނު ވެރިކަމުގައި އޭރު މިނިސްޓަރުން ކާމިޔާބު ވާނެއޭ ބުނި ގޮތަށް. ނުވާނެ އެކަމެއް އެގޮތަށް އަދި ރާއްޖޭގައި ތިބި ވޯޓް ލާމީހުންގެ މައިންޑް ސެޓިންގް އަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ކަން މިހެން ހުރުމުން ވޯޓް ލާއެންމެ ގިނަ މީހުން ތިބި މާލެ ސަރަހައްދުގަައި ތިބި މީހުންގެ މައިންޑް ސެޓިންގް ބަދަލު ކުރުުމަށް ޓަކައި މާލެ ސަރަހަައްދުގައި ތިބި ވިޔަފާރި ކުރާ އަމިއްލަ ފަރާތް ތަކުގެ ހިތް ތަކުން ވިން ވާން އެބަޖެހޭ ސަރުކާރުން. އެގޮތުން އެމްޓީސީސީ އަށް ދީގެން ހިއްކާލަންވީ މަހާޖައްރާފް މެދުވެރިކޮށް ތިލަފުށި އަދި ގުޅިފަޅު ސަރުކާރުން ދެ އަހަރު ދުވަސް ތެރޭގައި އެމްޓީސީސީ އަށް ފައިސާ ކޮންމެ މަހަކު ދައްކަމުން ގޮސް ދައްކާ ގޮތަށް. އަދި އެހިއްކާ ބިން ތައް ކުއްޔަށް ދޭނީ މާލެ ސަރަހައްދުގައި ހުރި ކޮންމެ އަމިއްލަ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ބިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް 100 އަހަރު ދުވަސް ވަން ދެން ދައްކާ ގޮތަށް. މިކަން އިއުލާން ކޮށް މިމަގުން މިކަން ކުރަންވީ. މަމެންނަށް ޔަގީން އެއިރުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ކޮމިއުނިޓީގެ %90 މީހުން ގެ ހިތް ތަކުން ސަރުކާރު ވިންވާނެއެވެ. މިކަން ކުރަންވީ ހަމަ މިހާރު.

  3. ރައްޔިތުންގެ ސައްހަ ވޯޓެއްލައިގެނެއް ޔާމީނަކަށް ކުރިއެއް ނުލިބޭނެ ! އެހެނެއް ނޫން ، މިހާރުވެސް އީ.ސީ ގައި ތިޔަގެންގުޅޭ ބައިގަޑު ބޭނުންކޮށްގެން ވޯޓު އޮޅުވާލާ މަކަރު ހަދައިގެން ނުވަތަ ސްޕްރީމް ކޯޓުގެ ބާރުގައި ތިޔަކަން ވުމަކީ ވެދާނެ ކަމެއް ! އެކަމަކުވެސް ތަޤްދީރުގެ ނިޔާއަކީ އެއްވެސް މީހަކަށް ބަދަލުކުރެވޭނެ ކަމެއް ނޫން !

  4. އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމާއި މެދު ޝައްކެއް ނެތް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވުން އެއީ ކެމްޕެއިން ކުރަން ހިތްވަރެއް ލިބިގެން ދާނެ ކަމެއް އެކަމަކު މަމެން ކުދި ދިރާސާ އިން ނުދައްކާ ބޮޑެތި ބްލޮކްސް އޮފް ވޯޓްސް ހުރި ލޮކޭޝަންސް ތައް ބަދަލު ވެގެން ދާ ތަން މަމެން ޕިންކީންގެ ކޮޅަށް. އެގޮތުން މާލެ ސަރަަހައްދުގައި ހުރި ވޯޓްސް ތަކުގެ ލޭންޑްސްކޭޕް އަށް މާ ބޮޑު ބަދަލެއް ނާދެއޭ 2013 އާއި އަޅާ ބަލާއިރު. މި ކަން ކަން ގުޅިފައިވަނީ މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް އެދި ހައުސިންގް މިނިސްޓްރީ އަށް ފޯރމް ލާފައިވާ މީހުންނަށް ފްލެޓްސް ތައް ނުދިނުމާއި އޭ ކަން މިހެން ހުރުުމުން ސަރުކާރުން ހައުސިންގް މިނިސްޓްރީ އަށް ފޯރމް ލާފައިވާ 15 ހާސް މީހުންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކުރުމަށް ފަހު އެ އެންމެންނާއި އެފަދަ ލިޔުން ހަވާލު ކޮށްލާ ދެވަނަ ބުރެއް އިއުލާން ކޮށް އަދި ދެވަނަ ބުރަށް ފޯރމް ލާގޮތް ހަދަންވީ އަދި 50 ހާސް މީހުން. އަދި ދެވަނަ ބުރުގަިއ ފޯމް ލާން ވެސް މާ ބޮޑަށް ފަސޭހަ ގޮތއް ހަމަޖައްސާ އަދި ދެވަނަ ބުރުގައި ފޯމް ލާ ހުރިހާ މީހުންނަށް ވެސް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކޮށް ޔަގީން 75 ހާސް މީހުންގެ ވޯޓާއި އެކު މާލެ ސަރަހައްދުން ފަށައިފިނަމަ މަމެންނަށް ޔަގީން 180 ހާސް ގަނޑު ވޯޓް މަމެން ޕިންކީން ނަށް ފުރަތަމަ ބުރުން ލިބޭނެ ކަން. މިހެން ވެއްޖެނަމަ ފުރަތަމަ ބުރުން ވިންވާނެއެވެ. މަމެން ވެރިކަމުގައި ތިބެމެ މިކަން ނުވާންވީ ނުކުރަންވީ ސަބަބެއް ނެތޭ. މިހާރު ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭ ކަމަށް ނުފެނޭ އެއްވެސް ނޫހަކުން ވެސް. ކޮބާތޭ ތިލަފުށި ފަޅު ހިއްކުން ގުޅިފަޅު ހިއްކުން. ކިއެއްކުރަން ބޮޑު އަގު ދީފައި ގަތް މަހާ ޖައްރާފެއްތޭ. ދަ ރާއްޖެތެރޭ ފަޅު ތައް ހިއްކައިގެން ލިބޭނެ މޮކޮސް ވެސް ނޯންނާނެެއޭ. އައި އޭމް ވޮންޑަރިންގް މިނިސްޓަރުންނަށް މިކަން އިނގޭބާ ނޭގޭ ދޯ.