ނިހާން ހުސެއިން މަނިކު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިހާރު ބޭނުމީ ދެދައުރަށް ފަހު ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަން ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ހއ.އިހަވަންދޫގައި ބާއްވަމުންދާ ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިހާން ވިދާޅުވީ ޤާނޫނު އަސާސީ އޮތް ގޮތުން ވެރިކަން ކުރެވޭނީ ދެދައުރުގައި ކަމަށާއި ނަމަވެސް އޭނާގެ ވިސްނުމުގައި މިހާރު އަބަދުވެސް ހުންނަނީ ދެދައުރަށް ފަހު ދެން ރައީސް ޔާމީނަށް ވެރިކަމުގައި ހުންނެވޭނެ ގޮތެއް ހޯދާނީ ކިހިނެއްތޯ ކަމަށެވެ.

"އަޅުގަނޑު ކޮންމެ ދުވަހަކު ވެސް ވިސްނަން މިކަމާއި މެދު. އިރާދަ ކުރެއްވިއްޔާ އެކަން ވާނެ މަގެއް ފެންނާނެ." ނިހާން ވިދާޅުވިއެވެ.

ނިހާން މިރޭ ވެސް ވިދާޅުވީ ދެން ރާއްޖޭގެ ތަރައްޤީ މިނާނެ މިންގަނޑަކަށް ވެގެން ދާނީ "ޔާނު ސްޕީޑް" ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރާއި ރައީސް ނަޝީދުގެ ސަރުކާރުގެ ތަފާތު ބަޔާން ކޮށްދެއްވަމުން ނިހާން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އިހަވަންދޫގައި އެކަނި ވެސް 14 މަޝްރޫޢު ހިންގަވައިފި ކަމަށާއި ނަމަވެސް އޭގެ ކުރީ ސަރުކާރަށް އިހަވަންދޫގައި ހިންގުނީ އެންމެ ތިން މަޝްރޫޢު ކަމަށެވެ.

ނިހާން ވިދާޅުވީ މިރޭ އިހަވަންދޫގައި ޕީޕީއެމްގެ ޖަލްސާއެއް ކުރިއަށް ދާއިރު މެޑަމް ފާތުން ކޮޅުމަޑުލަށް ވަޑައިގެން ކެމްޕޭން ކުރައްވާއިރު ރައީސް ޔާމީން ގެންދަވަނީ ހިކުމަތްތެރިކަމާއި އެކު ގައުމު ހިންގަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ރަނގަަޅު ޙިޔާލެތް ތާއިދް

  2. އެހެންވީޔާ ހާލަތުލް ޟަރޫރާދޯ

  3. ތިޔަކަހަލަ މީހަކު ވެރިކަމުގަ ބެހެއްޓުމުގެ ބޭނުމެެއްނެތް

  4. ނިހާނު ތިޔައޭ ދައްކާ ވައްތަރުގެ ވަަހަކަ އެއް ނޫނެއްނުން؟

  5. އަހާ...! އަދިކިރިޔާ ޕޮއިންޓަށް ތިއާދެވުނީ. !!!!

  6. ރައްޔިތުމީހާ

    މިހާރު ތިއުޅެނީ ގޯސްހަދަން!
    ނިހާނު ކުރިމަތިލާން ވީ އޭ

  7. ތިކަމަށް އަހަރެންވެސް ތާއީދު

  8. ޤާނޫނު އަސާސީ އާއި ހިލާފު ވާހަކަ މިހާރު ތި ދައްކަނީ.. މިގައިމުގައި އެބަތިބި ރައީސް ކަން ކުރޭވެނެ ގާބިލްކަން ހުރި އެ އުއްމީދުގައި ތިބި މީހުން. އެފަދަ މީހުންގެ އުއްމީދުގައި ކޮޅުފައިން ނުޖަހާ. ނިހާނު މެންނަށް ވަރަށް ކަމުދާނެ އަަބަދުވެސް ގިނަ ދުވަހު އެކަކު ވެރިކަމުގައި ހުރުން. ނިހާނުގެ ދަރިފުޅުގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ޔާމީނުް ފަހަތުން އެލި ގަނެގެން އުޅެން މޮޅު ވާހަކަ ދައްކަނީ.. ނިހާނު އާއި އަދުރޭ 2019 މާރޗްގެ ފަހުން މަޖިލިހުން ނުފެންނާނެ އިރާދަކުރެއްވިއްޔާ. ދެން ކޮންމެވެސް މިނިސްޓްރީ އެއްގެ ކޯޑިނޭޓަރަކަށް ފެނިދާނެ.

  9. ސާބަހޭ ނިހާނޫ، ކަލެއަށް ތިކަން ވާނެ ، ތިގޮތަށް ވާހަކަދައްކައިގެން މިހާރު އުޅެވޭނީ

  10. ޙޫ ހޫ ފަޅާ އަރަނީ.. މުޅި އުމުރަށް ވެރިކަމުގާ ބެހެއްޓޭ ގޮތެއް އޮތްތޯ ބަލަންވީނުން??

  11. ފަޅާއަރާނެ ވެރިކަން ބަދަލުވެއްޖެޔާ ދޯ ނިހާނު އެހެންވެގެން އެހެން އެކިޔަނީ

  12. މުޅިއުމުރައް މަރުވަންދެންވެސް ބަހައްޓާ.. ވެރިކަމާހެދި ބޫތުކައިފަ ތިތިބީ

  13. ކަލޭ ބަނޑައްޖެހިދާނެ ވިއްޔާ އޭނަ ވެރިކަމުގަ ނެތީމަ އެހެންވީމަ ކޮންމެހެންވެސް ބަހައްޓަން ޖެހޭނެ..

  14. ބޯގޯސް

  15. ރައީސް ޔާމީން އަށް 2023 ގެ ފަހުން ޖާގަ ދޭން ޖެހޭނެއެވެ. އެކަން ކުރެވޭނެ ގާނޫނު އަސާސީ އަށް ބަދަލު ކޮށްގެން ނަމަވެސް. ރާއްޖޭގެ އިގްތިސާދު އިންޑިއާގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދަން ބޭނުން ނަމަ ރައީސް ޔާމީން އަށް އަދި އިތުރަށް 25 އަހަރުގެ އެއް ދައުރު ދޭން ޖެހެއެވެ. ރާއްޖޭގެ ގާނޫނު އަސާސީ އަށް ގެންނަންވީ ބަދަލަކީ އެއީ ރާއްޖޭގައި ވެރިކަން ކުރެވޭނީ ރައީސް އަކަށް އެންމެ ދައުރަކު ކަމަށާއި އެގޮތުން 30 އަހަރުގެ އެންމެ ދައުރެއް ކަމަށް ރާއްޖޭގައި އޮންނާނީ. ކޮން ދެ ދައުރެއްތޭ 30 އަހަރުގެ އެއް ދައުރު ވެރިކަން ކުރީމާ ދެން އެނިމުނީ އެވެ. ދެން އެެހެން ކެންޑިޑޭޓަކަށް އަނެއް 30 އަހަރުގެ ފުރުސަތު ދޭންވީއޭ. ގައުމެއް ބިނާ ކުރެވޭނީ 30 އަހަރު ދުވަހު ބުރަ ކޮށް މަސައްކަތް ކޮށްގެންނޭ ބިކޮޒް އިންސާނަކަށް ވެސް އޭނާ އުމުުރުގައި ކިރިޔާ ޕީއެޗްޑީ ހަދާ ނިމި އަދި ރަނގަޅު ދިރިއުޅުމެއް ފަށަން އެބަނަގައޭ 35 އަހަރު. އެހެން ކަަމަށް ވާނަމަ މިކަން ވެސް އޮންނަން ޖެހޭނީ މިހެންނެވެ.

  16. ނިހާނޫ ތިހެން ބުނާއިރު ނިހާނުއަށްވެސް އެގޭނެ ތިޔަ ޔާމީނެއް ދެން މިޤައުމުގެ ރައްޔިތުން ބަލައެއް ނުގަންނާނެ ކަން

  17. ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ހަދަން ބޭނުން ނަމަ ރައީސް ޔާމީން އަށް 2023 ގެ ފަހުން ވެސް ފުރުސަތު ދޭން ޖެހޭނެއެވެ. މިއަންނަ ދައުރުގައި ރައީސް ޔާމީން އަށް ވެރިކަން ލިބިެއްޖެނަމަ މާލެ ސަރަހައްދުގައި އިންޑަސްޓްރިއަލް ޕާރކްސް ތައް ހެދޭނެ ގުޅިފަޅު ހިއްކާ އަދި ތިލަފުށި ފަޅު އެއްކޮށް ހިއްކާލާ މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ އަމިއްލަ ހުރިހާ ކުންފުނި ތަކަށާއި އަދި ސަރުކާރުގެ ހުރިހާ މިނިސްޓްރީ ތަކަށާއި އަދި ކުންފުނި ތަކަށް ގުޅިފަޅުންނާއި ތިލަފުށިން ކޮންމެ ތަނަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކޮންމެ ކުންފުންނަކަށް 10 ހާސް އަކަފޫޓްގެ ބިން 100 އަހަރަށް ކުއްޔަށް ދޭނީއެވެ. އެއިރުން ދެން އެފަދަ ބިމެއްގައި ކޮންމެ ކުންފުންނަަކަށް ވަރުގަދަ އިންޑަސްޓްރިއަލް ވިޔަފާރި އެއް ފެށޭނެ އަދި އެގޮތުން ކުއްޔަށް ދޭ ބިން ތަކުގެ އަދަދު މަތިކުރާނީ ސަރުކާރުން 1000 ބިލިއަން އަކަފޫޓް ކުއްތަށް ދޭން. އެއިރުން މަހަކު 1 ޓްރިލިއަން ރުފިޔާ ބިމުކުލީގެ ގޮތުގައި ސަރުކާރަށް ލިބޭނެ. ދެން ޖީއެސްޓީ އުވާލާނީ.

  18. ރައީސް ޔާމީން އަށް ދެ ދައުރަށް ވުރެން ގިނަ ދައުރު ވެރިކަމުގައި ހުރެވޭ ގޮތަށް ޕީޕީއެމް އިން ފިކުރު ގެންގުޅޭނަމަ ފުރަތަމަ ވެސް އެބަޖެހޭ މަޖްލީހަށް މެމްބަރުން އިންތިޚާބު ކުރެވޭނެ ގޮތުގެ ގައިޑްލައިނެއް އެކުލެވޭ ގާނޫނެއް މަޖްލީހުގެ ތެރޭން ފާސް ކުރަން. އެގޮތުން ފާސް ކުރާ ގާނޫނުގައި ހިމަނަންވީ މަޖްލީހަށް ކުރިމަތި ލެވޭނީ ސިޔާސީ ޕާރޓީ ތަކުގެ ޕްރައިމަރީން ހޮވޭ ކެންޑިޑޭޓުން ކަމަށާއި އެގޮތުން ޕްރައިމަރީ ބާއްވަން ޖެހޭނީ އިލެކްޝަންސް ކަމިޝަން ގެ ބެލުމުގެ ދަށުން ކަމަށް. އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓަކު ނަމަ ދާއިރާގައި ތިބި ނޮން ޕާރޓީ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެން ގިނަ މީހުންގެ ސޮޔާއި ފިންގަރ ޕްރިންޓް އާއި އައި ޑީ ކޮޕީ ހުށައަޅަން ޖެހޭނެ ކަމަށް. މިގޮތުން ޕާރޓީ ތަކުގައި ނުހިމެނޭ މެމްބަރުންގެ އަދަދު ވާން ޖެހޭނީ ދާއިރާ ތަކުގައި ތިބި ވޯޓް ލާ ސިޔާސީ ޕާރޓީ ތަކުގެ މެމްބަރުންގެ ޖުމްލަ އަދަަދުގެ ދެބައި ކުޅަ އެއްބަޔަށް ވުރެން މަދު ނޫން އަދަދަކަށް. އެއިރުން މިކަން ކާމިޔާބު ވާނެ. ޖަސްޓް ޕްލޭންވެލް. ދީސް އާރ ދަ ތިންގްސް އައި ގޮޓް އިން މައި މައިންޑް. ވިޝް އިޓް ކުޑް ހެލްޕް އޭޒް އަ ހިންޓް..

  19. ތިކަންއޮންނާނީ ނިހާންމަލަކަލްމަވްތު ބޭނުންފުޅުވާގޮތަކަށް؟!

  20. ތީ ވަރަށްފައްކާ ނިންމުމެއް ފުރިހަމައަށް ތާއީދު.