އެއްވެސް ކަމަކާއި އެއްވެސް ރައްޔިތަކު ކަންބޮޑުވެ ވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށާއި ރައީސް ޔާމީން ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމް އިން ހއ.އިހަވަންދޫގައި ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ މިއަދު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ ގައުމިއްޔަތު ދިރުވުމުގެ މަސައްކަތް ކަމަށެވެ.

"އެންމެން އެބަޖެހޭ ގައުމިއްޔަތު ދިރުވާ އާލާ ކުރަން. ގައުމިއްޔަތު ދިރުވާ އާލާ ނުކޮށް ތަރައްޤީގައި ކުރިއަކަށް ނުދެވޭނެ. ގައުމިއްޔަތު ދިރުވާއިރު އެންމެ ބޮޑު ސަމާލުކަން ދޭންވީ އިސްލާމްދީނަށް." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އަކަ އިންޗިއެއް ވެސް ބާތިލް ދީންތަކަކަށް ރައީސް ޔާމީން ނުދެއްވާނެ ކަމަށާއި ރައީސް ޔާމީނަށް ހުޅަނގުގެ ފިއްތުންތައް ކުރިމަތިވަނީ އިސްލާމްދީނުގެ ދިފާޢުގައި މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.

"ހުރިހާ ރޮނގަކުން ރައީސް ޔާމީން ކުރިއެރުން ހޯއްދަވައި ދެއްވައިފި. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ދިވެއްސެއްގެ ބޮލަކަށް ޖެހޭ ނިސްބަތަކީ 4500 ޑޮލަރު. ނަމަވެސް މިހާރު 9700 ޑޮލަރު ޖެހޭ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ކުުރިމަތިވާ ގޮންޖެހުންތައް ކުރިމަތިވަނީ އެމަނިކުފާނު ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ކަމަށެވެ.

"މިއީ ފަސޭހަކަމާއި އެކު ހޭދަކުރެއްވި ހަތަރު އަހަރާއި ބައެއް ނޫން. މޭ ޑޭ އެއް އަތުވެއްޖެ. ފުރާނަ އަށް ނުރައްކާ ކޮށްފި. މަޖިލީހުގެ ތެރެއިން ގަޑުބަޑެއް ގެނެސް ވެރިކަން ބަދަލުކުރަން އުޅެފި. ދުނިޔޭގެ ތާރީޚްގައި ވެރިކަން ބަދަލު ކުރުމަށް އާގޮތްތަކެއް ތަޢާރަފް ކޮށް ޝަރުޢީ ދާއިރާގެ ތެރެއިން ވެރިކަން ބަދަލު ކުރަން އުޅެފި." އަދުރޭ ވިދާޅުވިއެވެ.

ނަމަވެސް ﷲ ރައީސް ޔާމީނަށް ނަސްރު ދެއްވަނީ ރައީސް ޔާމީން ތެދުވެރި ނިޔަތެއް އޮތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކޮންމެ މީހަކު ވެސް ވާންވީ ރައީސް ޔާމީން ފަދަ ގައުމު ދެކެ ލޯބިވާ މީހަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޔާނު

  ޢާއިލާގެ އެންމެނަށް ފުލެޓް ގަތަސް ޔާމީނަކަށް ވޯޓެއް ނުލިބޭނެ ލ. އެަތޮޅުން.....

 2. އަދުރޭ

  ކޮންމެ މީހަކު ވެސް ބަލަން ވީ ޔާމީން ފަދަ ދައުލަތުގެ ލާރި ކާލާ މީހަކައް

 3. ގަން މުކުރިމަގު

  ލ އަތޮޅު ހުރިގޮތައް މިތިބީ ރައީސް ޔާމީނާ އެއްކޮއް...އަދުރޭ ވަރު މީހެއް އަހަރުމެން އަތޮޅަކައް ނުލިބޭޅަ..

 4. ހަހާ

  ދީނަށްޓަކައޭ ކިޔާފަ ވާހަކަދައްކާ މީހުން މިބުނަނީ ހުރިހާކަމެއްގެ ހައްލުވަނީ ތިމަންމެން އަތުގައެވެ. އަހަންނަށް އެނގިކަށަވަރުވާ ގޮތުގައި އެއްވެސްކަމެއްގެ ހައްލު އެއްވެސް މަޚްލޫޤަކަށް ލިބިގެނެއްނުވެއެވެ. ހުރިހާކަމެއްގެ ހައްލު މިލްކުވެ ވޮޑިގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. މިމީހުން މިބުނަނީ ހުރިހާކަމެއްގެ ހައްލު މިލްކުވެގެންވަނީ ތިމަންމެނަށެވެ. ކޮބާ އީމާން؟

 5. ްއައިންތު

  ތިޔަ ބުނެވެނީ ކީކޭތަ....ގައުމު ގޮވާގޮވުން އަދުރޭ މެންނަށް އަޑުނީވޭތީ ހައިރާންވޭ....

 6. ގައުމު

  ތިޔަ 9700 ޑޮލަރު ޖެހެނީ ތިބޭފުޅުންނަށް. އެހެންވެތާ ޢާއްމު ރައްޔިތުމީހާ އަށް ލިބޭ ގޯތީގައި ދިހަ ބާރަ އަހަރުން ޖިފުޓިގަނޑެއް ޖަހާލެވޭ ވަރު ނުވާއިރު ޖެނެރަލްމެން 2 ފްލެޓުން 3 ފްލެޓުން ގަނެލަނީ.

  ޖެނަރަލޫ..... ކޮބައިތަ އައިހެވަން؟

 7. ދޮންސޮރު

  ބަލަގަ އަދުރޭ! ދޮގު ހެދުން ހުއްޓާކަށް ނުވޭތަ؟

 8. ރަނގަޅު

  ކޮންމެމީހަކު ޔާމީންފަދަ މިސްކިތްތަކަށްފިލައިގެންއުޅޭ އިންސާނިއްޔަތަށް އަނިޔާވެރި މީހަކަށް ނުވަމާތޯ؟

 9. ރަނގަޅު

  އެސްޓީއޯ ގައި ހުރިނަމަހުރިޓިނެއް ރައްކާކުރަމާތޯ.

 10. ބުރަފަތި

  ޗައިނާއް ދަރާފަ އޮތް ދަރަނިން ސަލާމަތް ވާނެ ކޮތެއްވެސް ވިސްނަން ތިބީ ދިވެހިން ދެން ސައުދީން ދިން ލާރިޔާ އެމް އެމް ޕީ އާރުސީން އެހާ ލާރި ވީނުވީ އެއްވެސް ނެއިންގި ގެއްލިއްޖެ ބޮންޑު ވިއްކާ އިތުރައް ދަރަނި ވެރި ކުރުވައިފި ވިސްނާނެ ކަމެއް ހަމަ އެކަކުވެސް ނެތް އަބުދުއްރަހީމް މެން ދެން މި ގައުމައް އުފަން ވާން ދިބި ދަރިން ގެ ވެސް ދިޔަ ކޮޅު ބޯލާނެ ނުވިސްނާތި އެކަމާ!!!