ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމާއި އެކަމާ ގުޅިގެން ހައްލު ހޯދައި ދިނުމަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ގޮތެއް ނިންމެވުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ "ވަޅީގައި ތުނޑު ހުންނާނެ" ކަމަށާއި އެކަމަށް މެމްބަރުން ހައްލު ހޯދައި ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ފާއިތުވެދިޔަ ދެ ދުވަހު ގާނޫނުއަސާސީ އިސްލާހު ކުރުމާ މެދުގައި 57 މެމްބަރުން ބަހުސް ކުރެއްވި އިރު، އެކަމާ އެއްކޮޅަށް ވާހަކަ ދެއްކެވީ ވަރަށް މަދު މެމްބަރުން ކަމަށެވެ. އެއަށް ފަހު، އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާ ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުންނެވެ.

ނަމަވެސް ނަޝީދު ވިދާޅުވި ގޮތުގައި އިދާރީ ދާއިރާތައް ހިންގުން ކަށަވަރު ކުރުމަށް ހުށަހެޅި ހާއްސަ ބިލަކީ މަޝްވަރާތަކުގެ ނަތީޖާއެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަމަކު ހަސަން ލަތީފަކީ ވެސް ގާނޫނީ ފަންނުގެ ބޭފުޅެއް ކަމަށާއި ގާނޫނުއަސާސީ ޑްރާފްޓް ކުރުމާއި ގާނޫނުއަސާސީއާ ގުޅޭ ގިނަ މަސައްކަތްތަކެއްގައި އުޅުއްވި ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދެން އަޅުގަނޑު މި ހިތަށް އަރާ ވާހަކަ އަކީ ކޮން ވަޑިއެއް ކައިރިއަށްބާއޭ އަޅުގަނޑުމެން ދާންވީ. ތުނޑު ހުރި އެއްވެސް ވަޅިއެއް އެބަ ހުރި ބާއޭ. މެމްބަރުންގެ ވަޅީގައި ތުނޑު ހުންނާނެ. އަޅުގަނޑު ދެކެނީ ތިބޭފުޅުންގެ ބުއްދިވެރިކަމާއި ވިސްނުންތެރިކަމާއި އެކުގައި މިކަންކަމަށް ތިބޭފުޅުންގެ ހައްލު ހޯއްދަވައިދެއްވުން." ރައީސް ނަޝިދު ވިދާޅުވިއެވެ.

މި ވަގުތު ދިމާވާ މައްސަލައަކީ ކައުންސިލްތަކުގެ ދައުރު ހަމަވާ އިރު، އާ ކައުންސިލްތަކަށް މީހުން ހޮވަން އިންތިޚާބު ނުބޭއްވުން ކަމަށާއި އެ މަގާމްތަކަށް ރައީސުލްޖުމްހޫރިއްޔާ އަށް މީހުން އައްޔަން ކުރެވިދާނެ ކަމަށް ބައެއް ބޭފުޅުން ލަފާދެއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ އިންތިޚާބީ މަގާމުތަކަށް މީހުން އައްޔަން ކުރާނެ ބޭފުޅެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިންތިޚާބީ މަގާމަކަށް މީހުން އައްޔަން ކުރުމަށް، އެވެސް ދެން އަޅުގަނޑަށް ފެންނަ ތަނުގައި ވަރަށް އުދަނގޫކަމަކަށް ވާނެ ކޮންމެ ބޭފުޅަކަށް ވެސް ޚާއްސަކޮށް ޑިމޮކްރަޓިކް އެއްވެސް އުސޫލެއް ގަބޫލުކުރައްވާ ބޭފުޅަކަށް. ދެން އަޅުގަނޑު ދެކެނީ، އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކީ ޑިމޮކްރަސީގެ ލާމަސީލު ކަމަށް." ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރުކުރަން ނުވަތަ ރިޔާސީ ދައުރު އިތުރު ކުރަންވެސް މަޖިލީހުން ގާނޫނުއަސާސީ އަށް އިސްލާހު ގެނެވިދާނެ ކަމަށާއި މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީގައި އޮތުމުން އެކަން ކުރެވިދާނެ ކަމަށެވެ.

އެހެންކަމުން ކައުންސިލަރުންގެ މަސައްކަތް މަޖިލީހުން ކުރަން ޖެހޭނީ ވަރަށް ޒިންމާދާރުކަމާ އެކުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެ މަސައްކަތް ކުރަނީ ކައުންސިލްތަކުގެ މުއްދަތު އިތުރުކުރުމުގައި އެމަނިކުފާނު ބޭނުންވާ ވަކިގޮތެއް އޮވެން ނޫން ކަމަށާ މެމްބަރުން ބޭނުންފުޅުވާނަމަ، ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަ މެމްބަރުން ފިޔަވާ ގިނަ އެހެން ހުރިހާ އިއްޒަތްތެރި މެމްމަބަރުން ބުރަވެވަޑައިގަތީ މިއީ އަދި ގާނޫނު ޖާގަ ދިންކަމުގައި ވިޔަސް ވެސް މިއީ ގާނޫނުއަސާސީ އިސްލާހުކުރަންވީ ވަގުތެއް ނޫނޭ. ޚާއްސަގޮތެއްގައި ކައުންސިލްގައި ތިބި މެމްބަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނުއަސާސީ އިސްލާހުކުރަންވީ ވަގުތު ނޫން ކަމަށް މެމްބަރުންނަށް ފާހަގަކުރެވުނު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެތޯ މެމްބަރުންގެ މެދުގައި ސުވާލު އުފެދިފައި ވަނިކޮށް، މިހާރު ރާއްޖޭގައި އިއުލާންކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރައްވާ ކޮންމެ ވަގުތެއްގައި ވެސް ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ލަފާއަރުވާފައެވެ.

އެހެންނަމަވެސް ލިބޭ ހަނި ފުރުސަތެއްގެ ތެރެއިން ގާނޫނުއަސާސީ އިސްލާހުކުރުމާއި ގިނަ މެމްބަރުން ދެކޮޅެވެ.

 

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ސަރިފާ

    ހާދަހާ ދެރަކަމެކޭމީ މީ މިހާރު ފެތުރަމުންދާ ކޮވިޑް 19އަށްވުރެވެސް މި ނަސީދުގެ ނުރައްކާތެރި ބޮދު މީހެއްމި މީ ޤައުމަށް ޖެހިފައިވާ ބޮޑު ވަބާއެއް

    57
    2
  2. ކައްބެ

    ހޭހެ ހެހެ ތުނޑުހަސަނާ ޖެހުނު މީދާ 100 މީދަލަށްވުރެ މިތުނޑު ހަސަނުގެ ބަލާ ބޮޑު.

    53
  3. ނ

    ރިޔާސީ ދައުރާ ރައްޔިތުން ގެ މަޖިލީހުގެ މުއްދަތު އިތުރު ކުރެވިދާނެއޭ.... މެޖޯރެޓީއޭ... ޙާދަހާވާ ޚުދުހުތާރޭ...
    ޢެހެން މީހަކު ތިޔަ ވާހަކަ ބުނި ނަމަ މުޅި ގައުމު ކައްކާލިސް

    42
  4. ހުސޭނުބޭ

    މެންބަރުން ވަޅި ގެންގުޅޭތީ ރާއްޖޭގެ ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން މެމްބަރުންނާއި އެމީހުންގެ ވެރި ބުއްޅަބޭ ހައްޔަރުކުރުމަށް ރާއްޖޭގެ ފުލުހުންނަށް ދަންނަވަން!

    45
  5. ނައީމް

    ސަރުކާރުން ރައްޔިތުން ގޭގަ މަޑުކުރުމަށް މި ކުރައްވާ މަސައްކަތުގެ ނާޖާއިޒުފައިދާ މިހާރުވެސް ގިނަކައުންސިލަރުން ނަގަމުން އެގެންދަނީ ސަރުކާރުހުރިހާތަނެއްބަންދު ނަމަވެސް ދުވާލުދާ ހަތަރުދަމު ރައްޔިތުން ލޮލުގަ އަދުން އަޅުވާ ކެންޕެއިންކުރުމުގެ ގޮތުން ސަރުކާރުގެ ވެހިކަލްތަކުގަ ބޭނުން މަސައްކަތެއް ބޭނުންމީހަކަށް ގިނަމީހުން އޮފީހަކަށްވުރެގިނަމީހުން އެއްވެގެން ކިތަންމެ ކަމެއް ކުރަމުން މިހިރަގެން ގެންދަނީ ދެންއިތުރަށް ކުރިމަތިލާފަހުރި އެކަކުވެސް ބަހައްތާނެ ކަމެއްނެތް

    29
    1
  6. ބްރޯ

    ތިޔައީ ކޮންފަދަ ބޮޑުބަލާއެއްތަ؟ ކަލޭ ދައްކަވާހަކަ އަޑުއަހާކަށް ބޭނުމެއްނޫން

    37
  7. އައްޑޫ މީހާ

    ތުނޑު ބިންދައިގެން ނުދާނެބާ؟ ﷲގެ އިރާދަފުޅުން ނަހަމަ ފައިދާއެއް ހާސިލްކުރަން ތޫނުކޮށްފައިހުރި ހުރިހާ ވަޅިއެއްގެ ތުނޑު ބިންދައިގެން ދާކަށް ނުނަގާނެ މާކަގިނަ ވަގުތެއް އަބަދަކު ވަޅީގެ ތުނޑު އެއްގޮތަކަށް ނުހުންނާނެ މިޔަ ކޮށިވެ އެއްޗެއް ބުރިނުކުރެވޭ ހާލަތަކަށްވެސް ގޮސްދާނެ ގަދަބަސް ބުނުމުގެ ކުރިން މިސާލު ނަގާ އެއްޗަކީ ކިހާވަރެއްގެ އެއްޗެއްކަން ރަނގަޅަަށް ވިސްނާލާ އަދި އެއެއްޗަކީ ކޮންކަހަލަ ބަދަލެއް އަތުވެދާނެ އެއްޗެއްކަން ވެސް ވިސްނާލުން ބުއްދިވެރި ދިވެހިރާއްޖޭގެ ރައީސްކަމުގަ ހުރެގެން ވެސް ހަމަ ތިގޮތައް މިއޮޑި ފަރަކަށް ނާރާނޭ އަޑިއަކަށް ނުދާނޭ ބުނި

    40
  8. ސިއްތި

    ތިޔަ ކައުންސެލަރުން ތިބެގެން ރައްޔިތުން ނަށްވާކަމެއް އަޅެ ވިދާޅުވެބަލަ! ޜައްޔިތުންނަށް ނޮހުރުއްޕާން ކުރުން ނޫންކަމެއްނެތް! ކުރައްވާނެ ކަމެއްނެތިގެން އުޅުއްވާހެން ހީވަނީ!

    30
  9. Anonymous

    ފަހާފަ އޮތް އެއްޗެއް މޮހަން ތިވަރުގެ ބައެއް ނުތިބޭނެ. ފެންވަރު މިފެންނަނީ.

    29
    2
  10. ކެޔޮޅު

    ބައްލަވާ މަނިކުފާނު އެންމެ ޑިމޮކްރިޓިކް ބޭފުޅާވެސް މަނިކުފާނުގެ ޒަޢާމަތުގައި ކައުންސިލަށް ސިޔާސީ ބޭފުޅުންލެއްވީމެއްނޫންތޯ. އަދި އެވެސް ރައްރަށުގައިތިގި ގުނބޯލުން. ތި އުޅުއްވަނީ ރައީސް ޞާލިޙުގެ ބާރު ގައުމުގައި ގަދަވެދާނެތީ ބިރުން.

    30
  11. ކެޔޮޅު

    ވަޅީގައި މިޔައެއް ނެއްދެއްތޯ. ހަމައެކަނި ތުނޑު އިނީ

    25
    1
  12. އަހުމަދު

    ރިއާސީ ދައުރު ދަންމާ ލިވެދާނެއޭ މަޖިލިސްގެ މުއްދަތު ދަންމާލެވިދާނެއޭ މިއީ ވަރަށް ޚުދު މުޚުތާރު ވާހަކަ ތައް މެޖޯރިޓީ އޮތީ އެމް ޑީ ޕީ އަތުގައޭ ކުރިން ކީ ކުރީ ސަރުކާރުން ޚުދު މުހުތާރޭ މިހާރު މަޖިލީހުގެ ރައީސް ފާޅުގައި މިވާހަކަ ދައްކަނީ މިއީ ގާނޫނު އަސީސާ އަށް ފައިން އެރުން ކަހަލަ ކަމެއް ކުރީގައި މިކަހަލަ ވާހަކަ އެއް މީހަކު ބުންޔަސް މުޅި ދުނިޔެ މިކަމާ ދެކޮޅަށް ތެދުވެ ބަޔާން ތައް ނެރޭނެ އަދި ވަރަށް އަރުވާލިސް

    28
  13. Anonymous

    އޭ މެންބަރުން އުޅެނީ ވަޅިހިފައިގެންތޯ

    22
  14. ކޮރަލް

    މެމްބަރުން ތެރޭ ގާނޫނީ ވަކީލުން މަދެވެ. ފުންނާބު އުސް ގާނޫނީ ވަކީލުންގެ ބަހެއް ނޭހި އެވެ. ބަސްނާހާ މީހެކެވެ. ޓްރަމްޕް އެކޭ ތަފާތެއް ނެތެވެ.

    27
  15. މާހޮއްކޮ

    ތިޔަ ވާހަކައިން ދޭހަވަނީ ނުސީދާކޮއް ރައްޔަތުން ބިރުގަންނަވަނީކަމައް ވަޅިއޭ ކިޔައިގެން އެކަން އޮޅިފަކައެއް ނެތެއްނޫންތޯ މިގައުމުގައި ކަންކަން ކުރުވަން ވެގެން ވަޅިން ހަމަލާ ދީފައި އެހެރީ ވީމާ ތީރައްޔަތުން ބިރުގަންނަވަންދައްކާ ބިރުދެއްކުމުގެ ގާނޫނާ ޙިލާފް ވަހަކަޔެއް މީސަރީޔަތެއް ހިންގޭ ތަނެއް ނަމަ

    26
  16. ޑައެލޯގް

    ތުނޑު ހުންނާނީ ކަލޯއަށް ވެރިކަން ހޯދާދޭން، އަންނިއަކަށް %50 އިން ރާއްޖޭގެ ވެރިކަމެއް ނުލިބޭނެކަން އެގޭތީ އޭނާބޭނުންވަނީ ބަރުލަމާނީ ގެންނަން ނޫނީ އެންމެ ގިނައިން ވޯޓުލިބޭ މީހަކަށް ވެރިކަން ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކޮށްގެން ވެރިކަން

    24
  17. ޙަސަން

    ތުނޑު ހުންނާނީ ކަލޯއަށް ވެރިކަން ހޯދާދޭން، އަންނިއަކަށް %50 އިން ރާއްޖޭގެ ވެރިކަމެއް ނުލިބޭނެކަން އެގޭތީ އޭނާބޭނުންވަނީ ބަރުލަމާނީ ގެންނަން ނޫނީ އެންމެ ގިނައިން ވޯޓުލިބޭ މީހަކަށް ވެރިކަން ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކޮށްގެން ވެރިކަން

    14
    1
  18. ލާމު

    ބޭފުޅާގެ ވަޅީގަ ތުނޑު ނެތީ ތޯ އެވެ.؟ ހާދަ ވަރެއް ނެތެވެ.

    26
  19. ޏިލީ

    Membarun medhuverikoh rayyithunnan thoonikoh valheege kolhun dho

  20. ފުތާ

    އޭ ތަކުރު ހިނދުކޮޅެއްގަ އިންނަވައިގެން ވަޅީގައި ތުޑެއްނޫނޭ ހުންނަނީ މިޔަ ހުންނަނީ. އެހެންނޫނަސް މިތާ ވަޅިން ހައްލުހޯދާވާހަކަ ތިޔަދައްކަނީ މިރިގަންނަވަންތަ!

    12
  21. ދިވެހިބިން

    މިދުވަސްވަރަށް މިކަލޭގެއާ ޗެނަލް13 ބަންދުކުރަންވެއްޖެ!

    3
    6
    • Anonymous

      ކަލެޔަށް ހެޔޮ ދޯ ނުޙައްގުން މީހަކު ޖަލުގަ ބަހައްޓާފައި އޮތަސް. މީ ހަމަ ދިވެހިންގެ ވައްތަރު. ތިމާ ބޭނުން ކަމެއްވީމަ ނިމުނީ.

  22. ވަޅި

    ވަޅިއާއި ކަތިވަޅިއާއި ފުރޯ ހޯދައިގެން ކަންކަން ކުރަންވީ ވަގުތެއް ނޫން. ކަތިވަޅި ހިފައިގެން ވަޅިހިފައިން ފުރޯހިފައިގެން ނުކުމެ ކަނޑައިގެން ކޮށައިގެން ވީދައިގެން އުތުވައިގެން ކަންކުރާ ޒަމާނެއް ނޫން. ތުނޑުހުއްޓަސް، ނެތަސް މިވަގުތަށް އެންމެ ރަނގަޅީ ތިޔަ މަޖިލިސް އުވާލުން. މަޖިލީހުގެ ރައީސަކަށް މި ގައުމުގެ ބަރުލަމާނީ ހަޔާތުގައި ދުށް އެންމެ ކަމުނުދާ އެންމެ ކަނޑުކޮސް އެންމެ އަމިއްލަ އެދުންބޮޑު އެންމެ ޚުދުމުޚުތާރު މީހާ އިނދެގެން ހިންގޭނެ މަޖިލީހެއް، ކުރެވޭނެ ރަނގަޅުކަމެއް ނޯންނާނެ. ކަންކަން ކުރަން ނުދަންނަ މުރައްކަބުޖާހިލުން އިސްތިއުފާ ދީފައި ގެޔަށް ދިޔައީމާ ނިމުނީ.

  23. ރޯދަ

    ދެން ކީއްވެބާ ޑިމޮކުރަސީގެ ދޮންބައްޕަ ކަމަށްބުނާ ނަސީދުގެ ވެރިކަމުގައި ކައުންސިލަރުން ނަސީދު އައްޔަންކުރީ....

  24. ރައްޔިތުމީހާ

    ބޮޑު ނުހޮރޮއްޕާނެ މިބައިގަނޑާ ހެދި، އަބަދުވެސް ރީއްޗަށް އޮންނަކަމެއް ބަދަލުކުރުމުގަ، ގައުމުއާރާސްތު ކުރާކަށް ނުއުޅޭ ދުނިޔޭގެ މުއްސަދި ގައުމުތަކާ ގުޅިގެން، ޗައިނާ، ގަތަރު، ސައޫދީ ކަހަލަ. ދުނިޔޭގެ ދެވަނަ ދުބާއީ ސައޫދީން ފާފުއަތޮޅުގަ ބިނާކުރަން އުޅުނީމަ އުޅުނު ވައްތަރު ބަލާ، ތިއީ ވަކަރުގޭ ކުދިން . ޔޫކޭ އަށް ދެވުނޭ ކިޔާފަ ތަރައްގީގެ މަލަމަތި ނޭނގޭނޭ، ތަރައްގީ ގެނެވޭނީ ފިސާރި ކެރޭ މާސްޓަރ މައިންޑް ގެންގުޅޭ މީހުންނަށް، ދައުލަތް ކާލަފަ އިތުރަށް ކުރާނެ ކަމެއްނޭނގޭނެ. ކަހަނބު ދުވެލީގަ ތަރައްގީ ނުގެނެވޭނެ. މިހާލަތުގަ ތަރައްގީގެ ލަފްޒުވެސް ދެން ހޯދާ ނުފެންނާނެ. ދެންވެސް މިދަޑިވަޅުގަ ރައްޔިތުންނަށް ހެޔޮކޮށް ހިތާ، އެމީހުންގެ އަޑު އަހާ!

  25. ހެލާ ހަސަން ދީދީ

    ނަށީދަކީ ހާދަ ތަންދޮރު ނޭނގޭމީހެކޭ ވަޅިސެޓުގަ ގިނަވާނީ ތުނޑުނެތްވަޅި އިހުބޯދާ ޒަމާނުގަ ތިތުނޑުގެ ބޭނުންކުރަނީ މިހާރު ވަޅިސެޓުގަ ހުންނަވަޅީގަ ނުހުރޭ ތުނޑެއް ތިޔަމަޖިލީހުގަ ގިނައީ ފޮރޯ ތޫނުކުރަން ގެންގުޅޭ ދެފަރާތައް ދަމާ ހަނަ" ތިތާގިނައީ ހަނޯބެރިގެން އުޅޭމެންބަރުން

  26. Anonymous

    އަދިވެސް ދިވެހިރާއްޖޭގައި މާރާމާރީ އާއި މީހުން މަރާލެއް މަދުކަމުން ވާހަކައެއް ދެއްކިޔަސް ތުނޑުހުރި ތޫނު ވަޅި ހިފައިގެން ނުކުންނަ ވާހަކަ ދައްކާތި. މި ކަލޭގެ މީ މި ގައުމަށް ޖެހިފައި އޮތް ބޮޑު ވަބާއެއް. މީނާ މިދައްކަނީ ޤައުމީ ސަލާމަތަށްހުރި ނުރައްކާތެރި ވާހަކައެއް. ގައުމުގައި މާރާމާރި އާއި މެރުމަށް ހިތްވަރު ލިބޭފަދަ ވާހަކަތަކެއް. ކޮންއިރަކުންބާ ސަލާމަތީ ބާރުތަކުން މިކަން ބަލަނީ. މީ އެހެން މީހަކު ބުނި ވާހަކައެއްނަމަ މިހާރު އަމިއްލައަށް މާނަކޮށްގެން ނަމަވެސް އެމީހެއްގެ ބުރިން ހަންދަމާނެ.

  27. Anonymous

    ﷲ ގެ އިރާދަފުޅުން ރައްޔިތުންގެ މައްޗަށް ތިޔަ ދިއްކުރަން ބުނާ ވަޅިތަކުގެ ތުނޑުތައް ބިނދިގެންގޮސް ދިރިތިބީންނަށް އިބުރަތަކަށް ތިޔަބައިމީހުން ނިކަމެތި ކުރައްވާނެ. ކުރިންވެސް ވެއްޓުނު ގޮތަށް ހީވެސް ނުކުރާފަދައިން ވެއްޓި ބާރު ނެތިގެން ގޮސްދާނެ. އަދި ދެން ބާރު ނެތިގެން ދާދުވަހަކު ގައުމުގައި ހުޅުޖަހަންވެސް ފުރުޞަތެއް ނުލިބޭނެ.

  28. އައްލާ

    ބޯގޯސް ވާހަކަ ނުދައްކާ ...ފަށުވި ބަސްތަކެއްނޫންތީކީ.

    7
    1
  29. ޜައްޔިތު މީހާ

    ޜައްޔިތުން މެންބަރުން ނާހަވާލު ކުރީކީ ހިތާނު ކުރުމަކާ ފައިގައިން ކަށި ނެގު މަކަށެން ނޫން ވަޅީ ގެ ތުނޑު ބެނުން ކޮށް ގެން ޒިންމާ ތަކެއް ހަވާލު ކުރީ އޭގެން ކަމެއް މިހާލަތު ގަ އެބަކޮށް ދެވޭތޯ!؟ މަނިކު ފާނުމެން ކީއްތޯ ތިކުރައްވަނީ !ރަޔިތުންގެ ބޯހަލާކު މި ވަނީ !

  30. ސޯދިގު

    މީ ރާވައިގެން މީނާގެ އަޑު އިއްވަން ކުޅޭ ގޭމް! ބޮޑު މޮޔަ މީހާ. އިދިކޮޅު ބޭފުޅުން ނަމަނަމަ އަގައިން ނުބުނާތި!