ފުވައްމުލަކު ރިންގް ރޯޑުގެ މަސައްކަތް މި އަހަރު އޮގަސްޓް މަހު ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން މިއަދު ބުނެފިއެވެ.

އެމްޓީސީސީއިން ކުރި ޓުވީޓެއްގައި ބުނީ މިހާރު ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ 87 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 20،650 އަކަ މީޓަރުގެ މަގުގައި ތާރު އަޅާ 10،325 އަކަ މީޓަރުގައި ދުވާރު ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޓީސީސީ އިން ކުރި ޓުވީޓުގައި ވަނީ ބުނެފައެވެ.

އެމްޓީސީސީ އިން މި މަސައްކަތް ފެށީ މިދިޔަ އަހަރު އޮގަސްޓް މަހު 25 ވަނަ ދުވަހުއެވެ. އެމްޓީސީސީން ބުނީ ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތް ފެށުމުގެ ކުރިން، މަޝްރޫއުގެ ޑިޒައިނަށް ބަދަލު ގެނެސް، މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގެނެވުނު ބަދަލުގެ ތެރޭގައި ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އަޅަން ރާވާފައިވާ "ބޭސް ކޯސް" ފަށަލަ، ހިލަ ބޭސް ކޯސް (އެގްރިގޭޓް ބޭސް ކޯސް) ފަށަލައަކަށް ބަދަލު ކުރުން ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީގެ މަޝްވަރާއާއެކު އެގްރިގޭޓް ބޭސް ކޯސް މެޓީރިއަލް ބޭނުންކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމީ، އެފަދަ މަޝްރޫއުތައް މީގެ ކުރިން ހިންގުމުގައި އެ ކުންފުންޏަށް ލިބުނު ތަޖުރިބާއަށް ބަލައި، މަޝްރޫއުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއު އަކީ ގާތްގަނޑަކަށް 32 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޒަމާނީ ފެންވަރަށް މަގު ތަރައްގީކޮށް ހެދުމުގެ ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ވެސް ގިނަ ރަށްރަށުގެ މަގުހެދުމުގެ މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރާއްޖޭގެ އެންމެ ދިގުމަގު ލާމު ލިންކް ރޯޑުގެ މަޝްރޫއު އަކީ ފާހަގަކޮށްލެވޭ މަޝްރޫއުއެކެވެ. މި މަގަކީ 17 ކިލޯ މީޓަރުގެ ދިގުމަގެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ުއުނދުޅި

    ރާއްޖޭގެ ކޮން މެ ދި މާލަކައް ބަލާލިޔަސް ރައީސް އިބޫ ސޯލިހުގެ ދުރުވިސްނޭ ތަރައްގީ. ޕިންކު ކުދިން ހަޖަ މްކުރަން ދަސްކުރޭ

  2. އަހްމަދް

    ވެެްްްްްްްްްްްްްްްްްްްްްްްްްް

  3. ޏ

    ކުރީގެ ސަރުކާރުން ފެށި މަސައްކަތެއް ސަރުކާރު ބަދަލު ވީއިރު މަގުހެދު މަށް ބޭނުންވާ ސާ މާނު ޖަ މާކޮއް މަސައްކަތް ވަނީފަށާފަ.