ސާކް ޑިވޮލޮޕްމަންޓް ފަންޑުން ކޮވިޑް 19 އާއި ގުޅިގެން އެހީވުމަށް 5 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

ސާކް ޑިވެލޮޕްމެންތް ފަންޑުން ބުދަ ދުވަހު 5 މިލިއަން ޑިލަރު ދިނުމަށް ނިންމީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑް ފެތުރުން ހުއްޓުމަށް ހިންގާ ޕްރޮޖެކްޓްތަކަށް އަމާޒުކޮށްގެންނެވެ. މީގެ އިތުރުން ގައުމުތަކުގެ ފަގީރުކަން ނައްތާލައި ތައުލީމާއި ސިއްހީ ދާއިރާގައި އިންސާނީ ވަސީލަތްތައް އިތުރުކޮށް ކުދި ވިޔަފާރިތައްް ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ސާކުން ވަނީ ނިންމާފައެވެ. އެސްޑީއެފްއިން މިހާރުވެސް ވަނީ 198 މިލިއަން ޑޮލަރުގެ 90 ޕްރޮޖެކްޓްތައް ހިންގަމުންނެވެ.

އެކަމުގެ މައިގަނޑު މަގްސަދަކީ މާލީ ގޮތުން ޤައުމުތަކަށް ލިބޭ ގެއްލުމާއި، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ކުރާ ނޭދެވޭ އަސަރު ކުރާ މިންވަރު މަދު ކުރުުން ކަމަށް އެސްޑީއެފް ޗީފް އެގްޒެކެޓިވް ޑރ.ސުނިލް މޯޓިވަލް ވަނީ ވިދާޅުވެފައެވެ.

"ސާކް ޤައުމުތައް ރައްކާތެރިކޮށް، މާލީ ދަތިތަކުން އަރައިގަތުމަށް އެހީވުން މިކަމުގެ ބޭނުމަކީ." ޑރ.މޯޓިވަލް ވިދާޅުވިއެވެ.

ސާކްގެ 8 ގައުމުން މިހާތަނަށް 8200 އަށް ވުރެ ގިނަ ކޮވިޑް19އިގެ ކޭސްތައް ވަނީ ފެނިފައެވެ އެސްޑީއެފްއިން ބުނާ ގޮތުން ފަގީރުކަން ކުޑަ ކުރުމާއި، ތައުލީމާއި ސިއްހަތު އަދި އިންސާނީ ވަސީލަތްތައް އިތުރުކުރުމަށާއި، ހައްސާސް ހާލަތުގައިވާ މީހުންނަށް އެ ފަންޑުގެ ފައިދާ ކުރާނެއެވެ. ސާކުގެ މެމްބަރު ހުރިހާ ޤައުމަކަށް ވެސް އެ ފަންޑަށް ކުރިމަތިލެވޭނެއެވެ.

ފަންޑިން ކްރައިޓީރިއާގައި ހިމެނޭ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ތިނެއް ނުވަތަ އެއަށް ވުރެ ގިނަ ގައުމުތަކުން ޕްރޮޖެކްޓްގައި ބައިވެރިވުން
  • ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން މަދުވެގެން 50 ޕަސެންޓު ކޯފަންޑުކުރުން. އެހެންނަމަވެސް 100 ޕަސެންޓު އެހީ ލިބޭނެ ޕްރޮޖެކްޓްތައް ހިމެނޭ. އޭގެ ތެރޭގައި ސާކުގެ ގުނަވަންތަކާއި، ސަރުކާރުތައް އަދި ސަރުކާރުގެ މިނިވަން މުއައްސަސާތަކުން އެކުލަވާލާ ކަންކަން ހިމެނޭ
  • ޕްރައިވެޓް ސެކްޓާ އާއި ޖަމިއްޔާތަކަށް ކުރިމަތިލެވޭނީ 5 އަހަރު އެ ދާއިރާއެއްގައި މަސައްކަތް ކުރުމާއި 50 ޕަސެންޓު ފައިސާ ކޯފަންޑްކޮށްގެން

ސާކް ޑިވެލޮޕްމަންޓު ފަންޑުން ކޮވިޑް-19 އަށް އެހީވުމަށް ނިންމިއިރު ދާދިފަހުން ސާކް ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވި ޓެެލެކޮންފަރެންސް ބައްދަލުވުމެއްގައި ވަނީ ސާކުގެ ގައުމުތަކުން ބައިވެރިވެގެން ކޮވިޑް-19 އިމަޖެންސީ ފަންޑެއް އެކުލަވާލައިފައެވެ. އެ ފަންޑަށް ރާއްޖެއިން ދެ ލައްކަ ޑޮލަރު ދީފައިވާއިރު އިންޑިއާ އިން ވަނީ 10 މިލިއަން ޑޮލަރު ދީފައެވެ. ބޫޓާނުން އެއްލައްކަ ޑޮލަރު ދީފައިވާއިރު އަފްގާނިސްތާނުން ވަނީ އެއް މިލިއަން ޑޮލަރު ދީފައެވެ. އަދި ނޭޕާލުން ވަނީ 83،000 ޑޮލަރު އެ ފަންޑަށް ދީފައެވެ. މިއީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމާއެކު ހުޅުވި ފަންޑެކެވެ.