އިސްލާމް މިނިސްޓްރީން ހުއްދަ ހޯދުމެއް ނެތި މިސްކިތްތައް ބަންދު ނުކުރުމަށް އެ މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން ސިޓީ ކައުންސިލްގެ އިދާރާ، އަތޮޅު ކައުންސިލްގެ އިދާރާ، ރަށު ކައުންސިލްގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ، މިސްކިތެއް ބަންދުކުރަންޖެހޭ ޙާލަތަކަށް ހިނގައްޖެނަމަ އެ މިސްކިތެއް ބަންދު ކުރައްވާނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމުގައި މީގެ ކުރިންވެސް އަންގާފައިވާނެ ކަމަށެވެ.
އަދި މިސްކިތާއި މިސްކިތުގެ ގޯތިތެރެ ބޭނުންކުރުމާއި މިސްކިތުގެ ގޯތިތެރޭގައި ތަނެއް ބިނާކުރުން، މަރާމާތު ކުރުން، ނުވަތަ މިސްކިތަށް ބައެއް އިތުރުކުރުން ނުވަތަ ބަދަލުގެނައުން ފަދަ އެއްވެސް ކަމެއް ކުރާނަމަ މިނިސްޓްރީގެ ހުއްދަ ހޯދުމަށްވެސް އެ ސާކިއުލާގައި ވެއވެެ.
މީގެ އިތުރުން، މިސްކިތުގައި ބޭނުންކުރުމަށް ބަހައްޓާ ލިޔުންތައް (ލީފުލެޓް، ދުޢާފޮތް، އަދި މިނޫންވެސް އެކިކަހަލަ ފޮތްތަކާ ތަކެތި)
މިސްކިތުގައި ބަހައްޓަން ވާނީ އެ މިނިސްޓްރީން ބަލައި ޗެކްކޮށް އަދި މިނިސްޓްރީން ފާސްކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތައް ކަމަށްވެސް އެ ސާކިއުލާގައި ވެއެވެ.
"މިދެންނެވި ފަދަ ލިޔުންތައް ނޫން އެހެން އެއްވެސް ލިޔުމެއް މިނިސްޓްރީގެ ހުއްދަ ލިބިގެންނޫނީ މިސްކިތުގައި ނުބެހެއްޓެވުމަށް މި މިނިސްޓްރީގެ ސަރކިއުލަރ އިން ވާނީ ދަންނަވާފައި". އެ މިނިސްޓްރީން ފޮނުވި ސާކިއުލާގައި ވެއެވެ.
އެ މިނިސްޓްރީން ވަނީ މިސްކިތުގައި ހުންނަ ސައުންޑްސިސްޓަމް ބަންގި ގޮވުމަށް ނޫނީ އެ މިނިސްޓްރީން ހުއްދަ ދިގެން އަންގާ އެންގުންތައް ކިޔުމަށް ނޫނީ ބޭނުން ނުކުރުމަށް އެދިފައެވެ.
ކޮވިޑް-19 ފެތުރެމުންދާތީ ޖަމާއަތުގައި ނަމާދު ނުކުރަން ނިންމާފައި ވަނީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައެވެ.
އެހެންވީމައި މިހާރު ބަނދު ކޮށްފައި ހުރި މިސްކިތްތައް ބަންދުކޮށްފައި އެހުރީ ތިޔަބުނާ މިނިސްޓްރީގެ ހުއްދަ ނުހޯދާތޯ! ނުވަތަ ކޮންމެވެސް ބަޔަކު މިސްކިތްތައް ބަންދުކުރަނީތޯ! ކާފިރު ޤައުމުތައްފަދައިން މުސްލިމުންނަށް މިޤައުމުގައިވެސް ދުއްތުރާ ކުރަންފެށީތޯ! އެހެންކަމަށްވާނަމަ އަންގާލަދެއްވާ ނުކުންނަން މިތިބީ ތައްޔާރަށް.
ސިޓީ ކައުންސިލް އިން އިބްރާހިމް މިސްކިތް ވަނީ ބަންދު ކޮށްފަ އެވެ. ނަކަމަށް މަރާމާތަށެވެ.
ހުކުރުކުރަން އި މާމްވެސް ހުއްޓާ ހުކުރުމިސްކިތް ބަންދުކޮއްލީ، އޭރަކު އަދި 'ކޮވިޑް 19" މި ޓާ މް ދުނިޔޭގަެި ބޭނުމެއްނުވެސް ކުރޭ. ހުތުބާ އަށް ލިޔުން އަޅާފައި އެކަމަށް އިގްރާރުވީ ފަރާތްތަކުން ކުރިސްޓިއަން ދީނުގެ ލިޔުންތައް މިސްކިތްތަކުގައި ބެހެއްްޓުމަށް ރާވާ ކަ މަށްވަނީ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވިއްްްްްޖެނަމަ،
އެއްްްްޖިންސު ކަންތަކާއި، ފައްޅި އެޅޭނީ ހަމައެކަނި މެޖޯރިޓީ ލިބޭ ދާއިރާތަކުގައި، އަދި މާތް ރަސޫލަށް ފުރައްސާރަ ކުރުން އިންތިހާއަށް އޮންނާނެ.
ކޮބަައިތަ އެބުނާ ހާލަތަކީ...މާލެ އޭރިޔާގެ މިސްކިތްތައް ބަންދު ބާޒާރުތައް ހުޅުވިފަ...ބޭންކު ދޮށް ތޮއްޖެހިފަ...އެކަމަކު އެއީ މައްސަލައަކަށްނުވޭ...
ބަލަ އިސްލާމިކް މިނިސްޓަަރ ނޫނަސް އަހަރެމެންގެ ލޮލާ ބޮލާވެސް ހުރީ އަދި ސަލާމަތުން ﷲ ގެ ރަހުމަތާއި އެކު...
މި މާލެ އޭރިޔާގަ އަދި މިސްކިތްތައް ބަންދު ކުރަންޖެހޭ ހާލަތެއް ނާދޭ...އެކަމުގެ ކަންބޮޑުވުމުގެ ހާލަތެއްވެސް ފެންނާކަށްނެތް...އެހެން ނަމަ އެއްވެ އުޅޭ އެއްވެސް ތަނެއް ނުފެންނާނެތާ....ހިކުމަތްތެރިކަން ވެސް ބޮއްސުލުމުން ކަންނޭގެ ބޭޒާރުވަނީ
މިސްކިތްތައް އެންމެ ފުރަތަމަވެސް ބަންދުކުރަން ގޮވާލައި އެކަން ކުރަމުންދަނީ މި ލާދީނީ ސަރުކާރުން. މިސްކިތަށް ބަންދުކުރާއިރުވެސް ޕާޓީ ޖަގަހައިގާ ފުރެންދެން ޕާޓީ ކުދިން އެއްވެ މަޖާނެގުމުގައި. މިއީ އިޖުތިމާޢީ ގައިދުރުކަންތޯ. މިހާރުވެސް ޕާޓީގެ ނުފޫޒު ހިނގާ މިސްކިތްތައް ހުރީ ބަންދުކޮށްފައި. ބޭނުމަކީ މި ޙާލަތުގައިވެސް އިސްލާމް ދީން ފުހެލުމުގެ އެމްޑީއެން އެޖެންޑާ ކުރިއަށް ގެންދިއުން
ކޮޅުފުށި ހަމައެކަނި އޭސީ ކޮށްލާފަ ހުރި މިސްކިތް ބަންދު ކޮށްލާފައި ހުރީ .. ކ.ރައީސް ގެ ދޮންބޭބެ އަޅާދީފައިވާ މިސްކިތެއް އެއީ .. ކާޕެޓް ނަގަންޖެހޭތީވެޔޯ އަޑުއިވޭ
ރާއްޖޭގެ ހުރިހާރިސޯޓެއްގެ މިސްކިތްތައްވެސް ޖަމާއަތުގަ ނަމާދުކުރުންމަނާކުރީ އެވެ. މިސްކިތައްޖަމާއަތައް އަރާ 20 ކައްމީހުންވެސް ނޫޅޭ އިރު ހާއްސަކޮއް ދިވެހިޒުވާނޔން އަމްދުން ނުވެސް އަރާނެ މިސްކިތައް ދެން ކޮން މަގުސަދެއްހާސިލްކުރަންތޯ...އެގިލައްވާތޯ ކައިގަޑިތަކުގަ ތޮއްޖެހި އެއްފަހަރާ 150 ކައް މުއައްޒިފުން ވަދެ ކައިގޭގަ ތިބުމައްވުރެ 20 މުސްލިމުން މިސްކިތުގަ ޖަމާއަތުގަ ނަމާދުކޮއް ﷲ އައް ދުއާކުރުން ހަމަނުރައްކަލީތޯ އެވެ....
އިސްލާމިކު މިނިސްޓްރީއައްނޭންގި މިސްކިއްތައްބަންދުކުަރަނީ ސިޓީކައުންސިލުން އެއީހުރިހާމިސްކިއްތައް ބެލެހެއްޓުމާ މަރާމާތުކުރުން އެއީ ސިޓީކައުންސިލުންކުރާކަމެއް ތީމިސަރުކާރުގަ ނަމެއްގަހުންނަ މިނިސްޓްރީއެއް ކަލޭމެންގެބާރެއް މިސަރުކާރުގަ މިސްކަތަކައް ނުހިނގާނެ