ކޮންމެ ދިވެއްސަކަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު، މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަން ނިންމަވާފައެވެ.
އެކަން ހާމަކުރައްވާ ޑީއާރްޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރޯދަ އިނާޔަތަކީ ޓެކްސް ފައިސާއިން ދައްކާ އެއްޗަކަށް ވާއިރު، އެ ފައިސާ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބެންވާނެ ކަމަށެވެ.
Ramazan mahuge inaayathakee tax faisaain dhey echchakah vaa hindhu dhivehi komme raayithakah mi inaayai liben jeheyne. Alhugandu mikamah govaalaa qaraareah majlis ah husha alhaanan - #DRP Leader adhi Kaadhidhoo Dhaairaage Member Hon @chairmanjabir
— DRP (@drpmaldives) April 8, 2020
ޖާބިރު މިފަދަ ގަރާރެއް ހުށަހަޅަން ނިންމަވާފައި މި ވަނީ ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައި ވުމާއި އެކު، އިގްތިސާދަށް އަސަރުކޮށް ރޯދަ އެލަވެންސް ނުލިބިދާނެ ކަމުގެ ބިރު ކުރިމަތިވެފައިވަނިކޮށެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަ ކުރުމަށް ވިޔަފާރިވެރިންނަށް އެކަނި ފައިސާ ދީގެން އާންމުން ދިރިއުޅޭ ގެތަކަށް ފައިސާ ނުވަންނަ ކަމަށާއި މިއީ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އެހީވާންވި ވަގުތު ކަމަށް ޖާބިރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ބޮޑެތި ކުންފުނިތަކަށް އެކަނި ލިބޭ ފައިސާގެ ސަބަބުން ހުރިހާ ގޭބިސީތަކަށް އެކަމުގެ ފައިދާ ނުކުރާނެ ކަމަށް އޭނާ ކުރިން ވިދާޅުވިއެވެ. އަދި މިވަގުތު ރާއްޖެ އަށް ބޭނުން ވަނީ ރަނގަޅު ކޮންޓިންޖެންސީ ޕްލޭނެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ މުއްސަނދިކަން އިތުރު ކުރުމަށް ގޭބިސީތަކަށް ދައުލަތުގެ ބަޖެޓުން 50 މިލިއަން ރުފިޔާ ބަހަން ޖެހޭ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަކޮށް ފަތުރުވެރިކަން ރަނގަޅު ކުރުމަށް މިވަގުތު "ރިސޯޓު ޗާޓާ ކޮންސެޕްޓަށް" ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރުވަންވެސް ޖާބިރު ވަނީ ޚިޔާލު ހުށަހަޅުއްވާފައެވެ.
އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށް ޖާބިރު ކުރިން ވަނީ ވިދާޅުވެފައެވެ.
ރައްއިތުއްނޭ މިކަލޭގެއަވަހައްގެނެސްއަހަރެ މެއްގެތަހުތުހަވާލުކުރައްޖެހޭ މިވަރުގެ މީހެއްނެން ރައްޔިތުއްދެކެ
ލޯބިވާ
އަބަދުވެސް މޮޔަކިޔާ ބޭކަލެއް ޖާބިރަކީ.ވަރަށްސަލާމް
ވަރައް ރަނގަޅު ޙިޔާލެއް..އަޅުގަނޑު ވެސް މީ .. ދުވަހު އާ ްދަނީ ހޯދަ މުން އައި މީހެއް.އެކަ މިހާރު އެއްވެސް އެއްޗެއް ނުލިބޭ..?
ޖެއްސުން ކުރުމުގެ ބޭނުމެއްނެއް. ޖާބިރު ދެއްކިޔަސް އެހެންމީހަކު ދެއްކިޔަސް ރަނގަޅު ވާހަކައެއް ވީޔާ ހަމަރަނގަޅު. ޖާބިރު ވާހަކަ އެދައްކަނީ ރައްޔިތުންގެ ހެވާލާބަޔައް. ތިޔަ މަޖިލީހުގަ ތިބި ގޫބެރާ މެންނައް ނުކެރޭ ރައްޔިތުންގެ ހައްގުގަ އެވަރުގެ ބަހެއްބުނަންވެސް
ޖާބިރުދަރިފުޅާއެވެ. ތިޔަޖީބުންދެވެންހުރިއްޔާދޭށެވެ. ސަރުކާރުގެ ވަތުބަތާނަވެސްނެތްކަން ހަ މަހޭގައިހުރި ކޮން މެ މީހަކަށްވެސް އިނގޭނެއެވެ. ލޯނުދަންތުރައިގަ ނުޖެހެންބުނި މީހުން އެކިނަންނަ މުގައި މިހާތަނަށް ލޯނުނެގިއަދަދު ﷲ ދެނެވޮޑިގެންވަނީ އެކަންދަންނަ ދިވެއްސަކުނޫޅެ ދަންނަނީއެހެންކަ މަކާއުޅޭބައެއް!
ޒަކާތު ފަންޑުން ރޯދަ މަހުގެއިނާޔަތް ދެއް ވެވިދާ ނެބާ !؟
ހާޅޭނުލަވަާ ތިއޮމުސަދިމީހާ މިވަގުތު ހާލުގަޖެހިފަ ތިބިމީހުންނަ އެހީވާންވިނުން ބޭކާރު އަގަނުތަޅާ..
ޖާބިރު އަށް ހަ މަ ސާބަސް!!! ރަގަޅު އެތަށް ކަ މެއް ހުށަހަޅާ.... އެކަ މު ދެރައީ ތި ގޮތަށް ހުށަ ހަޅާކޮން މެ ކަ މެއްވެސް ފަނުފުލަށް ދާތީ
ޖާބިރު ދައުލަތަށް ދައްކަންހުރި ޓެކްސް ފައިސާކޮޅު އަވަހަށް ދައްކާފަ ތިިހެން ކިޔާބަލަ!
މަފޮނުވާ ކޮމެންޓް މިހާރު ނުޖަހާކަން ފާހަނގަ ކުރެވޭ
ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް ޖާިރި ދެއްކީ ވަރައް ރަނގަޅު ވާހަކައެއް. ޖާބިރު ގެ މަސައްކަތުގަ ބަރަކާއްލައްވާށި އާމީން
ކަލޭ ދޭން ވީނުން ތިނޫނީ ނުހުނާނެ ފައިސާ ހުރެފަ ރައްޔިތުންނަށް އރއްވެސް އެއްޗެއް ނުދޭ މީހަކު ނުވިތަނުގަ އި ދައުލަތައްވެސް ދޭން ޖެހޭ އެއްޗެއް ދެނީ ކީނޫން ލަދެއް ހަޔާތެއް ނެތް
ޖާބިރުގެޚިޔާލު ރަނގަޅު ކޮންމެ ރައްޔިތަކަށް -/500ރ
ބިރޔކުޑައަލި
އެންމެ ރައްޔިތުން ބޭނުންވީ ވަގުތު އޮނަރަބްލް ޖާބިރު ނޫނީ ރައްޔިތުން ނާއި މެދު ވިސްނާލި އެމްޕީއެއް ނެތޭ! ރޯދަމަހުގެ އިނާޔަތެއްވާކަން ނޭގުނޭ ލޭބަރ އޮތޯރިޓީއަކަށްވެސް. ހާދަ މޮޅޭ. ޖާބިރު އަށް އޭ ރިޕޯޓެއް
??????