ކޮވާލްޑޮފް އެސްޓޯރިއާ އިތާފުށި ރިސޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރަން ނިންމައިފިއެވެ.

މިގޮތަށް އެ ރިސޯޓު ހިންގާ ކުންފުނިން ނިންމާފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ނޯޕޭއާށް ވަނީ ފޮނުވާލަފައެވެ. އަދި ބައެއް ރިސޯޓުތަކުގައި މުވައްޒަފުން މުސާރަ އާއި ނުލާ މަސައްކަތް ކުރަމުން އަންނައިރު، ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ވަނީ ވަކިކޮށްފައެެވެ.

ނަމަވެސް މިހާރުވެސް ބައެއް ރިސޯޓުތަކުން ގެންދަނީ ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް، އެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދޭ ގޮތަށް ހެދުމަށްފަހު އެ މުވައްޒަފުން، ގެއަށް ފޮނުވާލަމުންނެވެ.

ވާލްޑޮފް އެސްޓޯރިއާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އެޓިއެން ޑެލެންކޯން މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯގައި ބުނެފައިވާގޮތުން ކޮވިޑް-19އާ ގުޅިގެން އެ ރިސޯޓު ބަންދު ނުކުރަން އެ ރިސޯޓުގެ ވެރިން ވަނީ ނިންމާފައެވެ. އެހެންކަމުން އެ ރިސޯޓު ބަންދު ނުކޮށް ހިންގަމުން ދާނެއެވެ.

އަދި މިއީ ދަތި ދުވަސްތަކެއް ނަމަވެސް، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސެއް އުނި ނުކުރާނެ ކަމަށް ބުނެފައި ވެއެވެ.

އެ ކުންފުނިން ވަނީ މުވައްޒަފުން ކޮށްދެމުންދާ ހިދުމަތް ތަކަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަކޮވިޑް

    މުސާރަ ކުޑަ ނުކުރުމަކުން ހުރިހާކަމެއް މޮޅެއް ލިބުނީކީނޫން ތިބުނާ ތަނެއް ބަންދެއްވެސް ނުކުރޭ ގެސްޓުން އަންނާނެޔޭ ކިޔާފަ

    • ރޮކް

      ހެޔޮ ކަމެއް ކުރިޔަސް ބަލައިގަންނަން ެސް ނޭނގޭދޯ !