އަލުން ތަރައްގީ ކޮށްގެން ހުޅުވުމަށް ސިޓީ ކައުންސިލުން ތައްޔާރު ކުރަމުން އަންނަ ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީން ބަހައްޓާ ނަމަ އެ ގޮޅިތައް ދިން ފަރާތުގެ އަތުން އެތަނެއް އަތުލާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިޔާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި އިއްޔެ ވާހަކަދައްކަވަމުން މޭޔަރު ޝިފާ ވިދާޅުވީ އަލަށް ތަރައްގީ ކުރާ މާރުކޭޓުގެ އުސޫލުތައް ހަރުދަނާ ކޮށްފައިވާނެ ކަމަށެވެ. އަދި އެ އުސޫލުތަކާއި ހިލާފުވާ ނަމަ ސިޓީ ކައުންސިލަށް އެ ގޮޅިތައް އަތުލުވޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން އެ އުސޫލުގައި ސިޓީ ކައުންސިލުން ކޮންމެ ދުވަހަކުވެސް ގޮޅިތައް ޗެކު ކުރާނެ ކަން އޮންނާނެ ކަމަށާއި އެއްވެސް ބިދޭސީއަކު ގޮޅިއެއްގައި ހުރެއްޖެކަން ފާހަގަކުރެވިއްޖެ ނަމަ އެތަން އަތުލާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ގޮޅި ނަގާ ފަރާތް ނޫން އެހެން ފަރާތެއް ގޮޅީގައި ހުންނަ ކަމަށްވާ ނަމަ އެ މައުލޫމާތުތައް ސިޓީ ކައުންސިލަށް ނަގާނެ ކަމަށެވެ. މިފަހަރުގ ގޮޅިތައް ދިނުމުގައި އިސްކަން ދިން ގޮތާއި ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ ވިދާޅުވީ ކުރިން ދަތުރުވެރިންގެ މާރުކޭޓުގައި އަމަލީ ގޮތުން އުޅުނު ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އަދި ކުރިން ގަވާއިދާއި ހިލާފަށް ހިންގި ފަރާތްތަކަށް މާކްސް ދިންއިރު އެމީހުންނަށް މަދުން މާކްސް ދީފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

މީގެއިތުރުން ޝިފާ ވިދާޅުވީ މިފަހަރު މާކްސް ދިނުމުގައި އަންހެނުންނަށް ހާއްސަ ސަމާލުކަމެއް ދީފައިވާއިރު އަންހެނަކު ކުރިމަތިލައިފި ނަމަ އިތުރު ފަސް މާކްސް ލިބިގެންދާނެ ކަމަށެވެ. އަދި މުޅިން އަލަށް ގޮޅިތައް ހޯދުމަށް ކުރިމަތިލި މީހުންނަށްވެސް އިސްކަމެއް ދީފައިވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ. މިފަހަރު މާރުކޭޓުގައި ކެމެރާ ހަރު ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެ ގޮޅިތަކުގެ މަހު ކުއްޔަކީ 3،000 ރުފިޔާއެވެ.

ސިޓީ ކައުންސިލުން މިހާރު ވަނީ އެ ގޮޅިތައް ދޫކުރުމަށް 116 ފަރާތަކާއި އެކުގައި އެގްރީމަންޓު ހަދާފައެވެ. އޭނާ ވިދާޅުވީ މިހާރުވެސް އެފަރާތްތަކަށް އެތަނުގައި މަސައްކަތް ފެށޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާމިގިލީ މީހާ

    ތިހިން ވެއްޖިޔާ ކިތަންމެހާ ވެސް ރަނގަޅު.

    11
  2. މޫސާ ނަސީރު

    ޝިފާ އަށް ލާހިކައެއް ނޫން ތިގޮތަށް ޢަމަލު ކުރާކަށް.. އެންމެ މީހަކާއި މެދު ފިޔަވަޅު އެޅިޔަސް މަ ލޮނު ލައިގެން ބަތް ނުކާނަން..

  3. ޥަގުތީ

    ޙިޔެއް ނުވޭ ތިބުނާ ގޮތަށް ބަހައި އަމަލާ ދިމާވާނެހެން، ތިގޮޅިތަށް މިހާރު ހުންނާނީ ރީނދޫވެ ނިމިފައި. ޢެހެން ވީމަ ފިޔަވޅު އެޅާނީ، އެހެން ކުލައެއްގެ މީހަކު ތިގޮތަށް އަމަލުކޮށްފިއްޔާ ތިކަން ތިގޮތަށް ކުރާނެ

  4. މޮޔަމީހާ

    ތިޔަ ގަވާއިދު ހިންގާ މީހާގެ ވަޅީގައި ތުނޑު ހުންނާނެތަ؟

    6
    1
  5. ސަން

    ބަލަ މިދިޔަ ސަރުކާރުން އަމަލްކުރި ހަރުދަނާ އުސޫލު މިސާލަކަށް ބަލައިގެން އަމަލު ކޮށްބަލަ. ބޮންދުންނަށް ސޭޓްކަން ނުކުރެވޭ ގޮތަށް ހަދާބަލަ.

  6. ބްރޯ

    ދަތުރުވެރިންގެ މާރުކޭޓް ހެދުމަށް އެތަނުގަ 10 ފްލޯ ބިލްޑިންގެއް އިމާރާތް ކުރާހާ ފައިސާ ހަރަދުވެއްޖެ . ކޮންމެ ސަރުކާރެއް އައިސް އެތަންރޫޅާލާ އެބަޔަކު ބޭނުންވާގޮތެއްމިހަދަނީ ދަވްލަތުގެ ފައިސާ ބެކާރު ގޮތުގާ ހޭދަކޮށް އިސްރާފް ކުރާ އިރު ތިމާމެން ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އޮތްކަން އެގޭބާ؟ 2008 ގަ އެމްޑީޕީ ވެރިކަމަށް އައިއިރު އެބިންއޮތީ 10 ބުިރި ބިލްޑިންގެއް އިމާރާތްކުރުމަށް ހުސްކުރެވިފަ. މިއަދާހަމަޔަށްވެސް އެތަންތަރައްގި ގެ 10 ފްލޯ ބިލްޑިންގެއް ހެދޭފެންވަރުގެ ސަރުކާރެއްނަދޭ

    3
    1
  7. ލލ

    ނުވާނެ ނުވާޏޭ ތިކަމެއް މަންޖޭ

  8. ބްރޯ

    ގޮޅިލިބޭމިހާ އެކަނި ގޮޅި ނިހެންގެނެ ، ދިވެއްސަކު ބަހައްޓއިގެން ގޮޅިންފައިދާއެއް ނުކުރެވޭނެ.2 ވަނަ މީހަކަށް ބޭރުމީހަކުގެންގުލެވެންޖެހޭނެ.

  9. ކަޅުބެ

    ތުނޑު ހަސަނާ ޖެހުނު އަނެއް މީހާދޯ.

  10. އަލިފުށީ މީހާ

    ތިކަމެއްނުވާނެ ތިހެން ފުއްޕާފައި ވާހަކަ ދެއްކިދާނެ. ގޮޅި ލިބޭނީ ސަރުކާރުގެ ނުފޫޒު އޮންނަމީހަކަށް، އޭނާ ހުންނާނީ އެހެންމީހަކަށް ކުއްޔަށްދާފައި، އޭނާ ހުންނާނީ އެހެންމީހަކަށް ކުއްޔަށްދީފައި، އޭނާ ހުންނާނީ އެހެންމީހަކަށް ކުއްޔަށްދާފައި، ހިންގާމީހާ ވެފައިވާނީ ހަތަރު ފަސްވަނަ މީހެއްގެ އަތުން ކުއްޔަށް ހިފާފައިވާ މީހަކަށް. މިއީ ހަގީގަތް ގަބޫލުކުރިޔަސް ނުކުރިޔަސް.
    މީގެ ތިން ހަތަރު މަހެއްކުރީން، ގޮޅިއެއް ކުއްޔަށް ދޫކުރާކަމަށް ޖަހާފައި އޮވެގެން ގުޅާލީމައި ފުރަތަމަ ފޯނުނެގީ ބޭރުމީހެއް، އޭނާ ނަމްބަރެއްދީފައި ބުނީ ބޮސްއަށް ގުޅާށޭ، ދެވަނަ މީހާއަށް ގުޅީމައި އޭނާ ވެސް ނަމްބަރެއްދީފައި ބުނީ އަހަރެން ބޮސްނެތީ ބޮޑު ބޮސްކާރީ ގުޅަންބޭނުން، އެނަމްބަރަށް ގުޅީމައި ބުނީ އަހަރެން ބޮސް ފްރެންޑް ހުންނަނީ ކާލޭ ނައިޓް ގަޑީގައި ބޮސްކާރީ ގުޅަންބޭނުން ކިޔާފައި އަނެއްކާ ނަމްބަރެއްދީފި، އެނަމްބަރަކުން ގުޅާ ގުޅާ ފޯނެއްނުނަގާ، އެންމެފަހުން ގުޅުނު ބޭރުމީހާކާރީ އެބުނާ ބޮސްއަކު ފޯނު ނުނަގާވާހަކަ ބުނީމާ ބުނަނީ ބޮސް ވަރަށް ބިޒީ ހުންނަނީ ކާލޭ ކުޑަ ގުޅާ. ދޭދުވަސް ފަހުން ނުގުޅުނީމާ އަހަރެންކާރީ ކާލޭ އަންނަންބޭނުން ހަމަޒައްސަނީ މައްސަލަނެތީ. ކުއްޔަށް ދޫކުރަނީ ކިހާވަރަކަށްތޯ އެހީމައި އެބޭރުމީހާ ބުނީ ކާލޭ ކިތައްރުފިޔާދެނީތޯ، 2000 ރުފިޔާ ދޭނަމޭ ބުނީމައި އޭނާ ރުޅިއައިސްގެން ބުނީ ކާލޭ ބޯގޯސް މީހާ ހުންނަނީދޯ، މީގޮޅި ދޭހާސް ރުފިޔާ ކާކުދެނީ.
    މިއީ އަހަރެމެންގެ ގައުމުގައި އަހަރެމެންގެ ހާލަތު ހުރިގޮތް އަދިވެސް ތިބެގެން ކިޔާ.