ކޮވިޑް-19 އާއި ގުޅިގެން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ މުސާރައިން 50 ޕަސެންޓް އުނިކޮށްފިއެވެ.

ޓީއެމްއޭގެ މުވައްޒަފަކު "ވަގުތު" އަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ، ބައެއް މުވައްޒަފުން ވަޒީފާއަށް ނިކުންނަން ޖެހޭ ގޮތަށް އަދި ބައެއް މުވައްޒަފުންނަށް އެމުވައްޒަފުން ގޭގައި ތިބެގެން މުސާރައިގެ 50 ޕަސެންޓް ލިބޭ ގޮތަށް ހަދަން މިހާރު ނިންމާފައިވާ ކަމަށެވެ.

މުވައްޒަފުންނާއެކު ހަދާފައިވާ ކޮންޓްރެކްޓަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށް މުވައްޒަފު ވަނީ ބުނެފައެވެ. އެގޮތުން ވަނީ 3 މަސް ދުވަހަށް ކޮންޓްރެކްޓް ހަދާފައެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ދިމާވެފައިވާ މި ހާލަތު ރަނގަޅު ނުވެއްޖެނަމަ ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލޭނެއެވެ.

"އެންމެންގެވެސް މުސާރަ ހިނގާގޮތަށް އިނީ ޑިއުޓީއަށް އަޔަސް އަދި ނަޔަސް. އެމީހުންގެ ސަލަރީގެ 50 ޕަސެންޓް ހިނގާނެ 3 މަސް ވަންދެން. 3 މަސް ފަހުން މި ހާލަތު ރަނގަޅު ނުވެއްޖެއްޔާ ރިވިއު ކޮށްފަ ވަކި ކުރަން ޖެހޭ މުވައްޒަފުން ވަކި ކުރަނީ" މުވައްޒަފަކު ކިޔައިދިނެވެ.

މީގެ އިތުރުން އެތަނުގައި މަސައްކަތް ކުރަމުން އަންނަ ބައެއް ބިދޭސީ މީހުން ކުންފުނީގެ ހަރަދުގައި ގައުމަށް ފޮނުވުމަށް ނިންމާފައިވާއިރު، ބައެއް ދިވެހި މުވައްޒަފުންނަށްވެސް ވަނީ ގޭގައި ތިބުމަށް އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ ހޯދަމުން އަންނަ މި ސިނާއަތުގެ ދަތުރުތައް ހީނަރުވުމުން އަންނައިރު، ގާތްގަނޑަކަށް 25 އެއާކްރާފް މިހާރު ވަނީ ގްރައުންޑް ކޮށްފައެވެ. ބާކީ އޮންނަ 30 އެއާކްރާފްޓުން 3 މަސް ވަންދެން އޮޕަރޭޓް ކުރަނީ 5 އެއާކްރާފްޓެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލޮޅުމެއް އައިކަމުގައި ވިއަސް ސަރުކާރުން ވަނީ މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ނުގެނައުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަލީމް

    މިއީ ޗައިނާ ކުންފުންޏެއް. މި ބަލި ދުނިޔެއަށް ޖެއްސީ ޗައިނާއިން
    ޗައިނާ ސަރުކާރުގެ މިކުންފުނިން އެހާ އަވަހަށް މީހުންގެ މުސާރަ ކނޑާލަނީ ހަމަ ބަނގުރޫޓް ވީތަ؟
    ބަދަލު ހޯދަން ދައުވާ ކުރަން ވާނެ.

    2
    3
  2. މުހައްމަދު ޝަރީފް

    ތިޔަކުންފުނީގެ ބޯޓްތަށް ހުއްޓާ ނުލާ ފުވަށް މުލަކާއި އަށްޑޫ އާއި ދެމެދު ދަތުރު ފެއްޓިއަސް ކުންފުނި ހިނގުމަށް ކޮންމެވެސް ހައްލެއްލިބޭނެ އަދި ރާއްޖޭގެ ރައްތަކަށް ދަތުރު ކުރަން އެކުންފުއްޏައް ހުއްދަ ސަރުކާރުން ދެއްވުންއެދެން އެތަނުގާވެސް 80 ވަރަކަށް ދިވެހި ޕައިލޮޓުންނާއި އެހެން ސްޓާފުން އެބަތިބި މިބެއިފޅުންގެ ވަޒީފާތަށް ގެއްލުމުން އާއިލާތަށް ބިކަވާނެ. ށަކާރުން މިކަންވެސް ވަރަށް ގާތުން ބައްލަންޖެހޭނެ ކަމުގައި ފެނޭ.

  3. ޤައުމު

    ހެހެ ނަންވާނީ ޤާސިމްބެ!
    ޤާސިމްގެ ޤައުމިއްޔަތަކީ ހުރިހާ އެސެޓްސްއެއް ހުންނާނީ ދިވެހިބިމުގަ މީހަޤީގަތަކީ

    7
    1