ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ގާއިމްކޮށްފައިވާ ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑިއެފް އިން ވިދާޅުވީ، އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެމްއެެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، މައުލޫމާތު ލިބޭގޮތުގައި އަލިފާން ރޯވެފައި ވަނީ އެ ރިސޯޓުގެ މުދާ ލާފައި ހުރި ކޮންޓެއިނަރެއްގައި ކަމަށެވެ.

އަދި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:41 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އާޒިމް ވިދާޅުވިގޮތުގައި، އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރޯވި ކޮންޓެއިނަރުގައި ހުރީ ޕްލާސްޓިކާއި ކޮންްސްޓްރަކްޝަނަށް ބޭނުން ކުރާތަކެތި ކަމަށެވެ. އަދި އެ ހާދިސާގައި ކޮންޓެއިނަރުގައިހުރި ސާމާނަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބިރު

    ހަރުކަށީންގެ ޓެރާ އަކަށް ވެދާނެ

    12
    15
  2. ޝަފީއު

    ސްމިތް ޖައްސާ ގޭމެއް ނޫން ބާ؟ އަނެއްކާވެސް މިލިޔަނުން ލިބޭނެ އެއްނު؟

    19
    2
  3. ވަގުންގެ ލާދީނީ ސަރުކާރު

    ޔާﷲ އަމިއްލަ އެނދުން ބޮޑު އެމްޑީޕީގެ ވެރިކަމުގެ ނިމުން އަވަސް ކުރަށްވާށި އިންޝާﷲ

    43
    6
    • ޫ

      ސަރު ކާރުގެ ބޮލުގާ ކޮންމެ ކަމެއް ނައަޅުއްވާ!ސަރު ކާރާހެދި ހިނގިހާދިސާ އެއްނޫން. މީ ﷲގެ އިރާދަ. ☝

      16
      8
  4. ޙަސަނާ

    ގޭންގުތަކައް ހިމާޔަތް ދޭންވެގެން ހަރުކައްޓޭ ކިއައިގެން މިއުޅެނީ ވެރިކަމައްއަންނަން ހުރިހާ ނުބައެއް މާލެތެރޭގަ ހެއްދުވީ ގޭންގުތައްލައްވާ އޭގެ ސާފު ހެއްކަކީ ގޭންގުތަކުގެ އިސްމީހުން ސަރުކާރުގެ ދިރެކުޓަރުންފެންވަރުގެ ވަޒީފާތަކުގަ ތިބިކަން މިވަރުން ފުދޭ ސަހިންދާމެންގެ ރިޕޯޓުވެސް....

    31
    1
  5. ހާފިޒް އަބުދުލް ގަނީ

    ހީވާގޮތުގަ މިރެޔަކީ ވަރައް މަސްވެރިކަން ރަގަލު ރެޔެއް މަސްފިހަނިކޮށް ކަންޔެއް ބުރީކަމައް ވާނީ އިންޑިޔާ މިސަރުކާރައް ލައްޑޫފޮނުވާނެ ތިކަން ހމަޖެހޭނެ

    20
    1
  6. ލައްޑޫ

    ފޮނުވަންޖެހޭނެތާ ވެރިމީހާ އެމީހެއްގެރައްޔިތުންނައް ލައްޑޫފޮނުވަންޖެހޭނެ ނޭންގުނަސް އެއީ މިޤައުމުގެވެރިމީހާއަކީ

  7. Anonymous

    މިފަދަ ދަނޑިވަޅެއްގައި ވަގުތަށް ކޮމެންޓް ކުރާ ޕޕމ ކުދިންނަށް ހެޔޮވިސްނުން ދެއްވާދޭވެ....

    1
    1
    • ޏަމްޏަމް

      އާމީން!

  8. ނޫނު

    ޥަރަަށް ދެރަ

  9. ޙަސަންމާހިރު

    ޢަދިވެސް ނުވެޔޯ ކޮންޓްރޯލެއް، ތެޔޮ ނޫނޫނީ ކެމިކަލް ފަޔާ އަކާ ވައްތަރީ ތިހުޅުގަނޑު ހުރިގޮތުން. އަލިފާން ނިއްވަން މަސަތްކައްކުރަނީ ތަނުގަ ތިބި ފުލުހުންނާއި މީހުނޯ، ބެރުން ދިޔަމީހުން ތިބީ ނާރުވަޔޯ، ފަޔައ ޕްރޮޓެކްޓިވް ގިޔާ އަޅައިގެން ތިބޭ ބަޔަކައް ރަށައް އެރެންވާނެ ދޯ.