މެދުކެނޑުމެއް ނެތި 24 ގަޑިއިރު އިޙްތިޖާޖްކޮށް މަދަނީ ބަސްނޭހުމަކަށް ރައްޔިތުން ގޮސްގެން ނަމަވެސް ރައީސް އަބްދުﷲ ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވައްދަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި އާއިލާ އާއި އެކު ދިރިއުޅުއްވާ އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން ރައީސް ޔާމީނާއި ވެރިކަން ހަވާލުކުރީ ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށް ވެރިކަން ކުރަން ވައުދުވުމުން ކަމަށެވެ.

"ރައީސް ޔާމީން ގާނޫނީ އިމުން ބޭރުން ވެރިކަން ކުރަން ފެށުމުން، ގާނޫނު އަސާސީން ލާޒިމްކޮށް ބާރުދެވިފައިވާ އަނެން ދެ ބާރުން ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ކުރި މަސައްކަތް ފުނޑާލާ އެ ދެ ބާރު ގާނޫނާއި، ހިލާފަށް ސިފައިންގެ މަދު ބައެއްގެ އެހީގައި ވަނީ ނެތިކޮށްލާފައި" އަމީން ވިދާޅުވިއެވެ.

އަމީން ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ މިހާލަތުގައި ގާނޫނީ އިމުގެ ތެރެއަށް ރައީސް ޔާމީން ވެއްދޭނީ، ރައްޔިތުން ނުކުމެ ކަމަށެވެ.

"މިއީ 24 ގަޑިއިރު އިޙްތިޖާޖްކޮށް ބަސްނޭހުމަށް ގޮސްގެން ނަމަވެސް ގާނޫނީ އިމުގެ ތެރެއަށް ރައީސް ޔާމީން ވައްދަން ޖެހޭ ވަގުތު" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކެނޑިޑޭޓަކަށް ވުރެ އިސްކުރަން ޖެހެނީ ރައީސް ޔާމީންގެ ކިބައިން ގައުމު ސަލާމަށް ކުރުމަށްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ާއަލީ ފަހުމީ

    ކާކު ދާނީ ކަލޭމެން ބުނެގެން އެއްވާން

  2. ސމީ

    ލަދު ކުޑަ އަދި ފިނޑިމީހެއް. އެހެން މީހުންކައިރީ މުޒާހަރަ ކުރާށޭ ކިޔާއިރު މިމީހާިހުންނަނީ ބިރުން.ފިލައިގެން.

  3. ވައިހޭމުހައްމަދު

    މީކަލޭގެ އެކަނިޤައުމެއްތަ ބޯގޯސް އަމީން. ޤައުމު ކަލެއައްވުރެން މުހިންމުވާނެ. ޢަދި ތިކަހަލަ ގައްދާރުން ގެ ކިބައިން މި ޤައުމު ސަލާމަތް ކުރައްވާށި

  4. ޙަބޭޝް

    ސާބަހޭ އަމީން ތިކުރައްވާ މަސައްކަތައް ހަމަ ސާބަސް އާއިލާ އާއި އެކު އިނގިރޭސިވިލާތުގެ ގަނޑުވަރުގައި ފިނިކޮޓަރީގައި އޮންނަވައިގެނަ ރާހްޖޭރެ ރަޢިއްޔްތުން ލޮލު ފިޔަ ޖެހިޔަ ނުދޭތި ހައި ހޫނު ކަމުގެ ހަޅުތާލަކަށްގޮސް ރަޢިއްޔަތުން ބަޑައް މަރުވުމަށް ގޮލަންވީނު މިއީދެން ކޮންފަދަ ކަމެއް

  5. ދޮންކަލޯ

    ބޭފުޅާ ދިވެހި ރައްޔިތަކަށް ނުވަނީތޯ. ބޭފުޅާގެ ގަދަރުވެރިކަމުން މުޒާހިރާއަށް ނިކުންނާނަކަށް ނުޖެހޭތޯ.

  6. ފާތިމާ

    ޢަމީން ކަލޭ މަހައްދޭބަލަ . ކިހިނެއް ވެގެންތަ ގައުމުގެ ހަމަޖެހުން ނަގާލަން ތިއުޅެނި ?

  7. ދުމައިން

    މިހިރަ ބޮޑު ސޮހޮލާ ، ނިކަން އާދެބަލަ ތިޔަބުނާހެން އުޅެލަން. ނުކެރޭނެ!! ފިލާ ތިބެ ރައްޔިތުން ހަނާ އަރުވަން ތެޅިބާލާ ބަެިގަނޑެއް.

  8. ރައަލިފް

    ކަލޭ ތިހިރީ ފިލާ އާދެ ބާ...24 ގަޑިއިރު އިޙްތިޖާޖްކޮށް ބަސްނޭހުމަކަށް ދާން ބޭކާރު އަނގަފުޅު ނުތަޅުއްވާ! ތީ މަޤައުމުގެ ބާކީ + ގައްދާރު ބާގީން.

  9. އައިއޭމް

    އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމާއި މެދު ޝައްކެއް ނެތް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވުން އެއީ ކެމްޕެއިން ކުރަން ހިތްވަރެއް ލިބިގެން ދާނެ ކަމެއް އެކަމަކު މަމެން ކުދި ދިރާސާ އިން ނުދައްކާ ބޮޑެތި ބްލޮކްސް އޮފް ވޯޓްސް ހުރި ލޮކޭޝަންސް ތައް ބަދަލު ވެގެން ދާ ތަން މަމެން ޕިންކީންގެ ކޮޅަށް. އެގޮތުން މާލެ ސަރަަހައްދުގައި ހުރި ވޯޓްސް ތަކުގެ ލޭންޑްސްކޭޕް އަށް މާ ބޮޑު ބަދަލެއް ނާދެއޭ 2013 އާއި އަޅާ ބަލާއިރު. މި ކަން ކަން ގުޅިފައިވަނީ މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް އެދި ހައުސިންގް މިނިސްޓްރީ އަށް ފޯރމް ލާފައިވާ މީހުންނަށް ފްލެޓްސް ތައް ނުދިނުމާއި އޭ ކަން މިހެން ހުރުުމުން ސަރުކާރުން ހައުސިންގް މިނިސްޓްރީ އަށް ފޯރމް ލާފައިވާ 15 ހާސް މީހުންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކުރުމަށް ފަހު އެ އެންމެންނާއި އެފަދަ ލިޔުން ހަވާލު ކޮށްލާ ދެވަނަ ބުރެއް އިއުލާން ކޮށް އަދި ދެވަނަ ބުރަށް ފޯރމް ލާގޮތް ހަދަންވީ އަދި 50 ހާސް މީހުން. އަދި ދެވަނަ ބުރުގަިއ ފޯމް ލާން ވެސް މާ ބޮޑަށް ފަސޭހަ ގޮތއް ހަމަޖައްސާ އަދި ދެވަނަ ބުރުގައި ފޯމް ލާ ހުރިހާ މީހުންނަށް ވެސް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކޮށް ޔަގީން 75 ހާސް މީހުންގެ ވޯޓާއި އެކު މާލެ ސަރަހައްދުން ފަށައިފިނަމަ މަމެންނަށް ޔަގީން 180 ހާސް ގަނޑު ވޯޓް މަމެން ޕިންކީން ނަށް ފުރަތަމަ ބުރުން ލިބޭނެ ކަން. މިހެން ވެއްޖެނަމަ ފުރަތަމަ ބުރުން ވިންވާނެއެވެ. މަމެން ވެރިކަމުގައި ތިބެމެ މިކަން ނުވާންވީ ނުކުރަންވީ ސަބަބެއް ނެތޭ. މިހާރު ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭ ކަމަށް ނުފެނޭ އެއްވެސް ނޫހަކުން ވެސް. ކޮބާތޭ ތިލަފުށި ފަޅު ހިއްކުން ގުޅިފަޅު ހިއްކުން. ކިއެއްކުރަން ބޮޑު އަގު ދީފައި ގަތް މަހާ ޖައްރާފެއްތޭ. ދަ ރާއްޖެތެރޭ ފަޅު ތައް ހިއްކައިގެން ލިބޭނެ މޮކޮސް ވެސް ނޯންނާނެެއޭ. އައި އޭމް ވޮންޑަރިންގް މިނިސްޓަރުންނަށް މިކަން އިނގޭބާ ނޭގޭ ދޯ.

  10. މަންމަ އަށް ފިލި ނަސީދު

    އަމީނު މެން ބުނެގެން ކާކުބާ ނިކުއްނާނީ... އަމީނު ތީ މީހެއް ނަމަ ލަންޑަނައް މަހައްދާންގޮސް ތިހުރީ ކީއްވެ ބުރޯ..

  11. އަލީ

    ފިނިޤައުގައި ހޫނުކޮޓަރީގައި އޮވެގެން އަހަރެމެން ވާވައްދަން ނޫޅުއްވާ،

  12. ޕީޖޭ

    މީނައާއި މީނަގެ އާއިލާ ރާއްޖޭން ބޭރުގައި އަރާމުކޮށް ދަރިން މޮޅަށް ކިޔަވަނީ، މާލޭ ކުލިދައްކަމުން 16 ގަޑީރު މަސައްކަތްކޮށްގެން އަހަރެމެން %52 މީހުން ދަރިންނަށް މިކިޔަވައިދެނީ، ދެން މުރާހަރާކޮށް ބަސްބޭހުމަކަށް ގޮސް ހައްޔަރުކުރީމަ އެމީހުން ހާދަ ނިކަމެތިވާނޭ، ކުށްވެރިކޮށް ޓްވީޓް ކުރިކަމަކު ޖެހޭނެ ކުރެވޭނެކަމެއް ނެތް، މޭޑޭގެ މުޒާހަރާކުރި މީހުން އަދިވެސް ޖަލުގައި...މޮޔަނުގޮވާ

  13. ތަރާގަނޑު

    ކަލޯ މަގައިގާ ޖެހީތާ ޖަހާފާ ފިލީތާ ފިލާ އިނދެ ރޮނީތާ.