މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ހިންގަމުން އަންނަ ކާފިއުގެ ވަގުތުގައި މިއަދުވެސް 215 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ނަސޭހަތް ދިން މީހުންގެ ތެރޭގައި ހިމެނެނީ 177 ދިވެހިންނާއި 38 ބިދޭސީން ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ދެވަނަ ފަހަރަށް ދެ މީހަކަށް ނަސޭހަތް ދެވިފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް ނަސޭހަތުގެ އިންޒާރުދީ ޖޫރިމަނާ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެގެ ކާފިއުގެ ވަގުތުގައި 182 މީހަކަށް ނަސޭހަތްދީފައިވެއެވެ. އޭގެ ތެރޭގައި 153 ދިވެހިންނާއި 29 ބިދޭސީން ހިމެނެއެވެ. މިހާތަނަށް ކާފިއުގެ ވަގުތުގައި ބޭރުގައި އުޅެގެން ޖޫރިމަނާ ކޮށްފައިވަނީ ދެ މީހެކެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކާފިއު އިއުލާނުކޮށްފައިވާއިރު، އެ ފިޔަވަޅަށް ބޯނުލަނބާ ނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ކަމަށެވެ.

މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 17:00އިން ފެށިގެން 20:00އާ ހަމައަށް މީހުން މަގުތަކަށް ނިކުތުމާއި ވެހިކަލްތައް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި އެ ނޫން ވަގުތުތަކުގައި ވެސް ތިން މީހުންނަށް ވުރެ ގިނަ މީހުން ނުނިކުތުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަމަނަ

    ބޭރު މީހުނަށް ވެސް މިހާރު އެންގިއްޖެ ސަރުކާރުން ފިޔަވަޅު އަޅަން ނުކެރޭކަން ބުނާ ބަހުގައި އިތުބާރެއް ނެތްކަން ދެން ކީއްކުރަން ބުނާ ގަދަ ބަހެއްތަ 1000 ރުފިޔާ ނަގާނަމޭ ނުކުރެވޭ ވަރުގެ ވާހަކަ ނުދެއްކުން ބުއްދިވެރި ޔާމީން ހެން ގަޓް ހުރެގެން ބަސް ބުނުމަށް ސަރުކާރަށް ގޮވާލަން އެރުން ތި އުޅޭ ބަންގާޅީން މައިތިރިވާނީ ދިވެހިންނަށް ވުރެ މަތީގައި އުޅެ ބައެއް

    14
    1
  2. ނާރު

    އަސްލު ބޭނުންވަނީ އެޗްޕީއޭގެ ބާރު ކަނޑވަން ބަލަ އެތަނުން އަންގާ ގޮތައް އަމަލު ނުކުރުމުން އެކަން ބަލަހައްޓާ މުއައްސަސާއަކަށް ފިޔަވަޅު އަޅަންވާނެ ހިދުމަތުގެ 25 އަހަރޭ ކިޔާފަ ހުރުމުގެ ބޭނުމަކީ އަންގާއެންގުންތަކަށް ރައްޔިތުން ބޯލެންބުން ނޫނީ ގޭގައި 25 ހުރޭ

  3. އަޙްމަދު

    ލަދު ރަކިކޮށް ކާފިޢު އިއްލާން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ކެރިގެން އެކަން ކުރުމަށް ގޮވާލަން! ބޭރަށް ނުކުމޭ އުޅޭންޏާ ލޮލަކަށް ބޮލަކަށް ޕާޓިއަކަށް ނުބަލާ ފިޔަވާޅު އަޅާބަލަ! ފިޔަވަޅުތަށް އެޅެނީ އެންމެންގެ ރަތްކާތެރިކަމަށް!

  4. އިބިރިންކާލ

    ތިޔައީ ވަރައް ފަސޭހާ ވާން އޮއްކަމެއް ކަރަންޓީނު ގަޑީގައި މަގުމަތިން ފެންނަ މީހުން ގެންގޮސް ގަލޮޅު ދަނޑުގައި ބައިތިއްބާލަބަލަ ކަރަންޓީނު ގަޑި ނިމެންދެން ނިމުނީމާ ކޮންމެ މީހަކު ރިޕޯޓެއް ގައި ސޮއި ކުރުވާފައި ފަހަރަކު މީހަކު ދޫކޮއްބަލަ އަނެއްދުވަހު ހަމަ އެމީހާ ނިކުމޭތޯ ބަލަން ބަލަ މީއެތައްބަޔެއްގެ ފުރާނަޔައް ނުރައްކާވެދާނެތި އަޅާ ފިޔަވަޅެއް ސަރުކާރަކައް ގޮތެއް ހުސްވެގެންނެއް ނުވާނެ ޙަބަރުތަކުގަ ެއފެންނަނީނު ޕުޓިން އެވިދާޅުވަނީ 6 މަސް ދުވަހައް ޖަލައްލާނަމޭ އެމީހުން އެކަން ކުރާނެ