00:20

00:07

23:34

23:13

22:57

22:46

https://twitter.com/VaguthuOnline/status/1248306151638220800?s=20

22:09

22:01

21:49

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ މަހު 12 ގައި. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން މަޝްވަރާ ކުރަމުން އެބަދަން. ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަން ޔަގީންކުރަން ސާމްޕަލްތައް ނެގުމުގެ މަސައްކަތް އެބަ ކުރަން. މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމާނަން މިކަމުގައި ގޮތެއް ނިންމަންވީ ގޮތަކާ މެދުގައި.

21:44

21:43

ޑރ. އަލީ ލަތީފް: ކޮމިއުނިޓީ ސްޕްރެޑެއް އައިސްފި ނަމަ، ކޮންމެވެސް ބަޔަކު ނިޔާވެގެން ދާނެ. އެހެންވެ އަޅުގަނޑުމެން މި އެދެނީ މަގުމައްޗަށް ނުނިކުންނާށޭ. މިހާރު އެބަ މަސައްކަތް ކުރަން ހޮސްޕިޓަލްތައް އިތުރު ކުރަން. އިތުރު ފެސިލިޓީތައް ހެދުމުގެ މަސައްކަތް އެބަކުރޭ. އެކަހަލަ ހާދިސާއެއް ދިމާވެއްޖެ ނަމަ، މީހުން އެޑްމިޓްކުރަން ތައްޔާރު ކުރުމުގެ މަސައްކަތް ކުރަނީ އެހެންވެ، އެއްވެސް މީހަކު ހިޔެއް ނުކުރާނެ ރާއްޖެ އަށް ފަތުރުވެރިން ނާންނާނެ ކަމަށް މިކަމާ ހެދި.

21:40

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: މިވަގުތު އެންމެ ރަނގަޅު ގޮތަކީ ގޭގައި މަޑުކުރުން. އެހެންވެގެ ސްކޫލްތައް ބަންދު ކުރީ، އޮފީސްތައް ބަންދު ކުރީ. ކޮލެޖްތަކާއި ޔުނިވަސިޓީތައް ބަންދު ކުރީ. އަދިވެސް ދުރުމިން ބެހެއްޓުމާއި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތައް ބޯލެނބުމަކީ މުހިންމު ކަމެއް. ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަން ކަށަވަރު ކުރުމުގެ މަސައްކަތް ސައިންޓިފިކް މެދުވެރިކޮށް މި ދަނީ ކުރަމުން. ހުރިހާ ފަރާތްތަކާ އެކުގައި މަޝްވަރާކޮށްފައި ގޮތްތައް ނިންމަނީ.

21:38

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: އަދިވެސް ހާލަތު ރަނގަޅު ކަމަށް ނިންމަން އަވަސް. ފަތުރުވެރިން އައުން މަޑުޖައްސާލި އިރު، ޕޮޒިޓިވް ކޭސްތައް އައީ ރާއްޖެ އިން ބޭރުން އައި މީހުން. ފަތުރުވެރިން. މި ބަލި ފެތުރިދާނެ ކަމުގެ ނިޝާނެއް އަދި ނެތް ސާބިތު ހެކީގެ އަލީގައި.

21:21

އެޑިއުކޭޝަން މިނިސްޓްރު ޑރ. އައިޝަތު އަލީ: އަޅުގަނޑުމެންނަށް ސިލަބަސްތައް ފުރިހަމަ ކުރެވޭނެ. އެކަމުގައި މައްސަލައެއް ނުޖެހޭނެ. ސިލަބަސް ކަވަރު ކުރުމަށް ވުރެ އަޅުގަނޑުމެންނަށް މުހިންމީ ދިވެހިންގެ ސަލާމަތްތެރިކަން.

21:19

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: އަޅުގަނޑުމެން ފަންނީ ގޮތުން މަޝްވަރާކޮށް، މައުލޫމާތުގެ އަލީގައި ނިންމުންތައް ލުއި ކުރަނީ. ކަމާބެހޭ ފަރާތްތަކަށް ފެނުނީ ކާފިއު އުވާލުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް. މިކަމުގައި އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވަން.

21:18

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ތިން މިލިއަން ޔޫރޯ ދިނުމަށް ވަނީ ހަމަޖެހިފައި. އެއީ ސިއްހީ ދާއިރާއަށް އެއް މިލިއަން، ފަތުރުވެރިކަމުގެ ދާއިރާ އަށް ހާއްސަކޮށް ދެ މިލިއަން ޔޫރޯ ދިނުމަށް ވަނީ ނިންމާފައި.

21:14

21:13

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ: އިންޓަނެޓުގެ ފަރާތުން ކުދިންނަށް ދިމާވެދާނެ ނޭދެވޭ ކަންކަމަށް ސަމާލުވުމަށް އަޅުގަނޑުމެން ބެލެނިވެރިން އަރިހުން ދަންނަވަން.

21:10

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ: އަންނަ އާދިއްތަ ދުވަހު ފަށާނެ ގްރޭޑް 1، 2، 3، 4، 5، 6، ގެ ކުދިންނަށް ކްލާސްތަކެއް ފަށާނެ. އެލްކޭޖީ އަދި ޔޫކޭޖީ ކުދިންނަށް ގޭގައި ތިބެގެން ކުރެވޭނެ ބައެއް ކަންކަން ކުރެވޭ ގޮތަށް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން.

21:09

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ: އަޅުގަނޑުމެންނަށް ފެނުނީ ޓީވީ އާއި އިންޓަނެޓު މެދުވެރިކޮށް ދަރިވަރުންނަށް ފިލާވަޅުތައް ހޯދައި ދިނުމަށް. އެގޮތުން ގްރޭޑް 10 އަދި 11 ގެ ކުދިންނަށް ޓެލެކާސްޓް ނަމުގައި ކްލާސްތަކެއް ނަގައިދޭން ފެށިގެން.

21:07

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: ސިއްރުނުކޮށް ހުރިހާ މައުލޫމާތެއް ހާމަ ކުރުމަށް އަޅުގަނޑުމެން އެދެން.

21:06

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: މިކަމުގައި އަދިވެސް ކަން ފަސޭހަ ކުރާކަށް ނުވާނެ. އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ. އަލާމާތެއް ހުރި ނަމަ، އެއްވެސް މީހެއްގެ މައުލޫމާތު ސިއްރު ނުކުރުން އެދެން. މައުލޫމާތު ސިއްރު ކުރާ ނަމަ، ރާއްޖޭގެ ހުރިހާ އެންމެން ނުރައްކަލަށް ހުށަހެޅިގެން އެބަދޭ.

21:03

ކޮވިޑް-19 އާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

20:17

19:50

19:41

19:23

19:02

ކެންޔާ އިން އިތުރު މީހަކު މަރުވެ، މަރުވި މީހުންގެ ޖުމްލަ 7ށް އަރައިފި. އެ ގައުމުން އިތުރު 5 މީހުން ފައްސިވެފައި ވާއިރު، ފައްސިވި މީހުންގެ ޖުމްލަ ވަނީ 184ށް އަރާފަ.

19:01

ހެއިޓީ އިން އިތުރު މީހަކު މަރުވެ، މަރުވި މީހުންގެ ޖުމްލަ 2ށް އަރައިފި. އެ ގައުމުން އިތުރު 3 މީހުން ފައްސިވެފައި ވާއިރު، ފައްސިވި މީހުންގެ ޖުމްލަ ވަނީ 30ށް އަރާފަ.

18:58

ސްރީލަންކާ އިން އިތުރު މީހަކު ފައްސިވެ ފައްސިވި މީހުންގެ ޖުމްލަ 190ށް އަރައިފި. އެ ގައުމުން މިހައިތަނަށް 7 މީހުން ވަނީ މަރުވެފަ.

18:57

ބަންގްލަދޭޝުން އިތުރު މީހަކު މަރުވެ، މަރުވި މީހުންގެ ޖުމްލަ 21ށް އަރައިފި. އެ ގައުމުން އިތުރު 112 މީހުން ފައްސިވެފައި ވާއިރު، ފައްސިވި މީހުންގެ ޖުމްލަ ވަނީ 330ށް އަރާފަ.

18:56

އަފްޣާނިސްތާނުން އިތުރު މީހަކު މަރުވެއްޖެ. އެ ގައުމުން އިތުރު 40 މީހުން ފައްސިވެފައި ވާއިރު، ފައްސިވި މީހުންގެ ޖުމްލަ ވަނީ 484ށް އަރާފަ.

18:55

ސައުދީ އަރަބިއްޔާ އިން އިތުރު 3 މީހުން މަރުވެ، މަރުވި މީހުންގެ ޖުމްލަ 44ށް އަރައިފި. އެ ގައުމުން އިތުރު 355 މީހުން ފައްސިވެފައި ވާއިރު، ފައްސިވި މީހުންގެ ޖުމްލަ ވަނީ 3،287ށް އަރާފަ.

18:53

ޑެންމާކުން އިތުރު 19 މީހުން މަރުވެ، މަރުވި މީހުންގެ ޖުމްލަ 237ށް އަރައިފި. އެ ގައުމުން އިތުރު 233 މީހުން ފައްސިވެފައި ވާއިރު، ފައްސިވި މީހުންގެ ޖުމްލަ ވަނީ 5،635ށް އަރާފަ.

18:52

އިންޑިއާ އިން އިތުރު 8 މީހުން މަރުވެ، މަރުވި މީހުންގެ ޖުމްލަ 186ށް އަރައިފި. އެ ގައުމުން އިތުރު 321 މީހުން ފައްސިވެފައި ވާއިރު، ފައްސިވި މީހުންގެ ޖުމްލަ ވަނީ 6،237ށް އަރާފަ.

18:52

ޕޯޗުގަލް އިން އިތުރު 29 މީހުން މަރުވެ، މަރުވި މީހުންގެ ޖުމްލަ 409ށް އަރައިފި. އެ ގައުމުން އިތުރު 815 މީހުން ފައްސިވެފައި ވާއިރު، ފައްސިވި މީހުންގެ ޖުމްލަ ވަނީ 13،957ށް އަރާފަ.

18:50

އީރާނުން އިތުރު 117 މީހުން މަރުވެ، މަރުވި މީހުންގެ ޖުމްލަ 4،110ށް އަރައިފި. އެ ގައުމުން އިތުރު 1،634 މީހުން ފައްސިވެފައި ވާއިރު، ފައްސިވި މީހުންގެ ޖުމްލަ ވަނީ 66،220ށް އަރާފަ.

18:36

17:46

17:37

17:18

16:41

16:40

16:40

16:28

16:28

16:07

15:49

15:43

15:26

15:11

އިންޑޮނޭޝިއާގައި އިތުރު 40 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 280 މީހުން ވަނީ މަރުވެފައި. އިތުރު 337 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3،293 އަށް އަރާފައި.

 

15:10

މެކްސިކޯގައި އިތުރު 33 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 174 މީހުން ވަނީ މަރުވެފައި. އިތުރު 396 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3،181 އަށް އަރާފައި.

 

15:09

ފިލިޕީންސްގައި އިތުރު 21 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 203 މީހުން ވަނީ މަރުވެފައި. އިތުރު 206 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4،076 އަށް އަރާފައި.

 

15:09

ބޮލީވިއާގައި އިތުރު ތިން މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 18 މީހުން ވަނީ މަރުވެފައި. އިތުރު 54 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 264 އަށް އަރާފައި.

 

15:08

މަލްޓާގައި އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން ދެ މީހުން ވަނީ މަރުވެފައި. އެ ގައުމުން ފައްސިވެފައި ވަނީ 299 މީހުން.

 

15:07

ހޮންޑޫރާސްގައި އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 23 މީހުން ވަނީ މަރުވެފައި. އިތުރު 31 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 343 އަށް އަރާފައި.

 

15:07

ބޮސްނިއާގައި އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 35 މީހުން ވަނީ މަރުވެފައި. އިތުރު 37 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 841 އަށް އަރާފައި.

 

15:06

އަރްމޭނިއާގައި އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 10 މީހުން ވަނީ މަރުވެފައި. އިތުރު 40 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 921 އަށް އަރާފައި.

 

15:05

ހަންގޭރީގައި އިތުރު އަށް މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 66 މީހުން ވަނީ މަރުވެފައި. އިތުރު 85 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 980 އަށް އަރާފައި.

 

15:05

ސްލޮވޭނިއާގައި އިތުރު ތިން މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން މަރުވީ 43 މީހުން. އިތުރު 33 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،124 އަށް އަރާފައި.

 

15:04

މޮލްޑޯވާގައި އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 28 މީހުން ވަނީ މަރުވެފައި. މިހާތަނަށް ފައްސިވީ 1،174 މީހުން.

 

15:03

ޔޫކްރެއިންގައި އިތުރު ފަސް މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން މަރުވެފައި ވަނީ 57 މީހުން. އިތުރު 224 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،892 އަށް އަރާފައި.

 

15:02

ތައިލެންޑްގައި އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 32 މީހުން ވަނީ މަރުވެފައި. އިތުރު 54 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2،423 އަށް އަރާފައި.

 

15:01

މެލޭޝިއާގައި އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް 67 މީހަކު ވަނީ މަރުވެފައި. އިތުރު 109 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4،228 އަށް އަރާފައި.

 

 

15:01

ޕާކިސްތާނުގައި އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 63 މީހުން ވަނީ މަރުވެފައި. އިތުރު 151 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4،414 އަށް އަރާފައި.

 

15:00

ރޮމޭނިއާގައި އިތުރު ނުވަ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 229 މީހުން ވަނީ މަރުވެފައި. އެ ގައުމުން ފައްސިވެފައި ވަނީ 4،761 މީހުން.

 

14:59

ޗެކް ރިޕަބްލިކްގައި އިތުރު ފަސް މީހުން މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 104 މީހުން ވަނީ މަރުވެފައި. އިތުރު 23 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،335 އަށް އަރާފައި.

 

14:57

ޕޮލެންޑްގައި އިތުރު ފަސް މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 164 މީހުން ވަނީ މަރުވެފައި. އިތުރު 136 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،341 އަށް އަރާފައި.

 

14:56

އޮސްޓްރޭލިއާގައި އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 51 މީހުން ވަނީ މަރުވެފައި. އިތުރު 52 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 6،104 އަށް އަރާފައި.

 

14:56

14:55

ރަޝީއާގައި އިތުރު 13 މީހުން މަރުވެއްޖެ. މިހާތަނަށް އެ ގައުމުން މަރުވެފައި ވަނީ 76 މީހުން. އިތުރު 1،459 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 10،131 އަށް އަރާފައި.

14:55

ދެކުނު ކޮރެއާގައި އިތުރު ހަތަރު މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 204 މީހުން ވަނީ މަރުވެފައި. އިތުރު 39 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 10،423 އަށް އަރާފައި.

 

14:54

އޮސްޓްރިއާގައި އިތުރު 22 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 295 މީހުން ވަނީ މަރުވެފައި. އިތުރު 95 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 13،011 އަށް އަރާފައި.

 

14:53

ބްރެޒިލްގައި އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 822 މީހުން ވަނީ މަރުވެފައި. އިތުރު ހަތް މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 16،195 އަށް އަރާފައި.

 

14:52

ކެނެޑާގައި އިތުރު އަށް މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 435 މީހުން ވަނީ މަރުވެފައި. މިހާތަނަށް އެ ގައުމުން ބަލި ޖެހިފައި ވަނީ 19،438 މީހުންނަށް.

 

14:51

14:50

ޗައިނާ އިން އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 3،335 މީހުން ވަނީ މަރުވެފައި. އިތުރު 63 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 81،865 އަށް އަރާފައި.

 

14:49

އެމެރިކާގައި އިތުރު ނުވަ މީހަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 14،797 މީހަކު ވަނީ މަރުވެފައި. އިތުރު 233 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 435،160 އަށް އަރާފައި.

13:34

12:16

12:06

11:54

https://twitter.com/HPA_MV/status/1248139958961004545

11:51

11:50

11:40

10:54

10:32

10:14

10:04

10:00

09:51

09:47

09:17

09:07

09:06

08:22

03:33

ބްރެޒިލުން އިތުތު 243 މީހަކު ފައްސިވެ، މިއަދު ފައްސިވި މީހުންގެ އަދަދު މިވަނީ 2136 އަށް އަރާފަ. މިހާތަނަށް އެގައުމުން 16176 މީހަކު މި ބައްޔަށް ފައްއިވެފައިވޭ

03:32

ބްރެޒިލްއިން އިތުރު 11 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 133 އަށް އަރައިފި. މިހާތަނަށް އެގައުމުން 819 މީހަކު ވަނީ މަރުވެފަ.

03:31

އެމެރިކާއިން އިތުރު 627 މީހަކު ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު ވަނީ 426300 އަށް އަރާފަ

03:30

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 32 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 1781 އަށް އަރައިިފި. މިހާތަނަށް އެގައުމުން ޖުމްލަ 14622 މީހަކު ވަނީ މަރުވެފަ

03:04

ޖަރުމަނުން އިތުރު 19 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 192 އަށް އަރައިފި. އެގައުމުން މިހާތަނަށް 2208 މީހަކު ވަނީ މަރުވެފަ. ޖަރުމަނުން އިތުރު 112،113 މީހަކު ފައްސިވެވައިވޭ.

02:49

ބްރެޒިލްއިން ކޮވިޑް-19 ޖެހިގެން އިތުރު 114 މީހަކު މަރުވެ އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 800 އަށް އަރައިފި. ބްރެޒިލުން އިތުރު 1893 މީހަކު ފައްސިވެފައިވާއިރު، އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 15،927 އަށް އަރާފަ

02:31

02:25

އެމެރިކާއިން އިތުރު 3،304 މީހަކު ފައްސިވެއްޖެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 25،338 މީހަކު ފައްސިވެފައިވާއިރު، ޖުމްލަ 425،673 މީހަކު ވަނީ ފައްސިވެފަ

02:24

އެމެރިކާއިން އިތުރު 127 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 1،749 އަށް އަރައިފި. މިހާތަނަށް އެގައުމުން ޖުމްލަ 14،590 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ

02:18

02:06

01:32

01:00

00:59

00:48

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 108 މީހަކު މަރުވެ، އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 1622 އަށް އަރައިފި. މިހާތަނަށް އެމެރިކާއިން ޖުމްލަ 14،463 މީހަކު ވަނީ މި ބަލީގައި މަރުވެފަ. އެމެރިކާއިން އިތުރު 2287 މީހަކު ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 422369 އަށް އަރާފަ

00:28

ކޮވިޑް-19 ޖެހިގެން އިރާގުން އިތުރު 4 މީހަކު މަރުވެ، އެގައުމުން މަރުވި މީޙުންގެ އަދަދު 69 އަށް އަރައިފި. އެގައުމުން އިތުރު 80 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 1202 މީހަކު ވަނީ ފައްސިވެފަ

00:28

ކޮވިޑް-19 ޖެހިގެން މިސްރުން އިތުރު 9 މީހަކު މަރުވެ، އެގައުމުން މަރުވި މީޙުންގެ އަދަދު 103 އަށް އަރައިފި. އެގައުމުން އިތުރު 110 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 1560 މީހަކު ވަނީ ފައްސިވެފަ

00:27

ކޮވިޑް-19 ޖެހިގެން އަލްޖީރިޔާ އިން އިތުރު 12 މީހަކު މަރުވެ، އެގައުމުން މަރުވި މީޙުންގެ އަދަދު 205 އަށް އަރައިފި. އެގައުމުން އިތުރު 104 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 1572 މީހަކު ވަނީ ފައްސިވެފަ

00:26

ކޮވިޑް-19 ޖެހިގެން ގަތަރުން އިތުރު 153 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 2210 މީހަކު ވަނީ ފައްސިވެފަ

00:25

ކޮވިޑް-19 ޖެހިގެން ޔޫއޭއީ އިން އިތުރު 300 މީހަކު ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު 2659 އަށް އަރައިފި. އެގައުމުން މިހާތަނަށް 12 މީހަކު ވަނީ މަރުވެފަ

00:25

ކޮވިޑް-19 ޖެހިގެން އެކުއެޑާ އިން އިތުރު 22 މީހަކު މަރުވެ، އެގައުމުން މަރުވި މީޙުންގެ އަދަދު 242 އަށް އަރައިފި. އެގައުމުން އިތުރު 455 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ4 4450 މީހަކު ވަނީ ފައްސިވެފަ

00:24

ކޮވިޑް-19 ޖެހިގެން އައިލޭންޑުން އިތުރު 25 މީހަކު މަރުވެ، އެގައުމުން މަރުވި މީޙުންގެ އަދަދު 235 އަށް އަރައިފި. އައިލޭންޑުން އިތުރު 365 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 6074 މީހަކު ވަނީ ފައްސިވެފަ

00:22

ކެނެޑާއިން އިތުރު 45 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 427 އަށް އަރައިފި. ކެނެޑާއިން އިތުރު 1286 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 6074 މީހަކު ވަނީ ފައްސިވެފަ

00:21

ސްވިޒަލޭންޑުން އިތުރު 55 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި، އެގައުމުން މިހާތަނަށް ޖުމްލަ 895 މީހަކު ވަނީ މަރުވެފަ. އެގައުމުން މިހާތަނަށް ޖުމްލަ 23،248 މީހަކު ވަނީ ފައްސިވެފަ

00:20

ތުރުކީން އިތުރު 87 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 812 އަށް އަރައިފި. ތުރުކީން އިތުރު 4117 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެގައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 38،226 އަށް އަރާފަ

00:18

ޖަރުމަނުން ކޮވިޑް-19 ޖެހިގެން އިތުރު 115 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން މަރުވި މީހުންގެ އަދަދު 176 އަށް އަރައިފި. އެގައުމުން މިހާތަނަށް ޖުމްލަ 2192 މީހަކު މަރުވެފައިވޭ. ޖަރުމަނުން އިތުރު 2300 މީހަކު ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 110.698 އަށް އަރާފަ.

00:16

އެމެރިކާއިން އިތުރު 18،200 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 19،747 މީހަކު ފައްސިވެފައިވާއިރު، މިހާތަނަށް ޖުމްލަ 420،082 މީހަކު އެގައުމުން ފައްސިވެފައިވޭ.

00:15

އެމެރިކާއިން އިތުރު 1435 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން މަރުވި މީހުންގެ އަދަދު 1514 އަށް އަރައިފި. މިހާތަނަށް އެގައުމުން 14،355 މީހަކު ވަނީ މަރުވެފަ

00:10

00:04



ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރޭ މިންވަރު ކޮންޓްރޯލް ވަމުންދާކަމުގެ ނިޝާންތައް ފެނުނު ނަމަވެސް މިދިޔަ ދެ ދުވަސްތެރޭ އަނެއްކާވެސް ހާލަތު ވަނީ ވަރަށް ބޮޑަށް ބަދަލުވާން ފަށާފައެވެ. އެގޮތުން ބައެއް ޤައުމުތައް ކުރީގެ ހާލަތަށް ގޮސްފައިވާއިރު، ބައްޔަށް ފައްސި (ޕޮޒިޓިވް) ވާ މީހުންނާއި، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެގެން ގޮސްފައެވެ.

ފާއިތުވެދިޔަ 24 ގަޑއިރަށް ބަލާލާއިރު، ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތާއި ސްޕެއިން އާއި ތުރުކީ އާއި ފްރާންސް އަދި އިޓަލީ ހިމެނެއެވެ. މި ޤައުމުތަކުން ފާއިތުވެދިޔަ ދުވަސްތަކާއި އަޅާ ބަލާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި ވައިރަސްގެ ގިނަ ކޭސްތަކެއް ފެންމަތިވެފައި ވެއެވެ. އަދި ބަލީގައި އެޤައުމުތަކުން މަރުވި މީހުންގެ އަދަދު އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވަނީ އެމެރިކާއިންނެވެ. އެޤައުމުން 18000 އަށްވުރެ ގިނަ މީހުން އިއްޔެ ވައިރަސް އަށް ފައްސިވެފައިވާއިރު، އިއްޔެ އެކަނިވެސް 1399 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް މީހުންނަށް މި ވައިރަސް ޖެހިފައިވާ އެމެރިކާގައި މިހާރު ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 418000 އަށްވުރެ އިތުރު ވެފައެވެ. އަދި މިހާތަނަށް އެޤައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު 14240 އަށް އަރައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމަކީ އިނގިރޭސިވިލާތެވެ. އެޤައުމުން މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު 60700 އަށް އަރާފައި ވާއިރު، އޭގެތެރެއިން 5400 އަށްވުރެ ގިނަ މީހުންނަކީ އިއްޔެ ފައްސިވި މީހުންނެވެ. އެޤައުމުން މި ބަލީގައި މީހުން މަރުވި އަދަދު މިހާރު ވަނީ 7097 އަށް އަރާފައެވެ. އޭގެތެރޭގައި އިއްޔެ މަރުވި 938 މީހަކު ހިމެނެއެވެ.

އިއްޔެ ކޮވިޑް-19 އަށް އީރާނުންވެސް ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައި ވެއެވެ. އިއްޔެ އެޤައުމުން 1997 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، އެޤައުމުން ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 64586 އަށް އަރާފައެވެ. އިއްޔެ އީރާނުން މިބަލީގައި 121 މަރުވެފައިވާއިރު، މިހާރު އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީޙުންގެ ޖުމްލަ އަދަދު ވަނީ 3993 އަށް އަރާފައެވެ. އީރާނަށްވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައި މިވަނީ، ވައިރަސް ފެތުރޭ މިންވަރު އެޤައުމުގައި ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށްފަހު ކުއްލިއަކަށެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔޭގެ 209 ޤައުމަކުން ޖުމްލަ 1491470 މީހަކަށް މި ވައިރަސް ޖެހިފައި ވެއެވެ. އޭގެތެރެއިން 87444 މީހަކު މިހާތަނަށް މަރުވެފައި ވާއިރު، ބަލިން ރަނގަޅުވެފައި ވަނީ 319060 މީހުންނެވެ. މިހާތަނަށް ދުނިޔެއިން މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 48015 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

ބައެއް ޤައުމުތަކަށް ކޮވިޑް-19 ގެ ނުރައްކާ އިތުރުވެފައި ވާއިރު، މިވައިރަސްގައި މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު މަރުވި އިޓަލީން، ބަލި ޖެހިގެން މަރުވާ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިދިޔަ 24 ގަޑިއިރު ތެރޭ އެޤައުމުން މަރުވެފައި ވަނީ 542 މީހެކެވެ. މިއާއެކު ކޮވިޑް-19 ޖެހިގެން އިޓަލީން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 17699 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން ރާއްޖެއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާއިރު، މި ވައިރަސް އިން ރައްކާތެރވުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ކޮލެޖްތައް އިތުރު އެއްހަފްތާއަށް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 17:00އިން ފެށިގެން 20:00 އާ ހަމައަށް މީހުން މަގުތަކަށް ނިކުތުމާއި ވެހިކަލްތައް ދުއްވުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުން އިއްޔެ 28 މީހަކު ދޫކޮށްލާފައިވާ ކަން ސަރުކާރުން ރޭ ވަނީ ހާމަކޮށްފައެވެ. މިހާތަނަށް ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުން ޖުމްލަ 325 މީހަކު ދޫކޮށްލާފައި ވެއެވެ. އިއްޔެ ރާއްޖެ އިން އެއްވެސް ރަށެއް އަދި އުޅަނދެއްވެސް މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ނުވެއެވެ.

މިހާތަނަށް ރާއްޖޭގައި 2350 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. އޭގެތެރެއިން 2059 މީހެއްގެ ސާމްޕަލް ނައްސި (ނެގެޓިވް) ވެފައިވާއިރު، ސާމްޕަލް ނެގި މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 19 މީހެކެވެ. ސާމްޕަލް ނެގި މީހުންގެ ތެރެއިން 272 މީހެއްގެ ނަތީޖާ އަދި ނުލިބެއެވެ.

ރާއްޖޭގެ އައިސޮލޭޝަން އެކި ފެސިލިޓީތަކުގައި 12 މީހުން ތިބިއިރު ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 1019 މީހަކު އެބަތިއްބެވެ. ރާއްޖެއިން ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވްވިއިރު އޭގެތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން އަންނަނީ ރާއްޖެއިން މި ބައްޔަށް ފައްސިވީ ހަމައެކަނި ދިވެހި ހަތަރު މީހުންނަށެވެ.



ކޮވިޑް-19 އާއި ގުޅޭގޮތުން އިއްޔެ ލިބިފައިވާ މަޢުލޫމާތާއި ޚަބަރުތައް ތިރީގައިވާ ބްލޮގުން ފެންނާނެއެވެ.

***

ކިޔުންތެރިންގެ ހިޔާލު