އިދިކޮޅު ޕާޓީތަކުން އއ.ރަސްދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ރަސްދޫގައި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ރަސްދޫ ބަނދަރު ސަރަހައްދުގައެވެ. ޖަލްސާ ފަށާނީ ހުކުރު ދުވަހުގެރޭ 21:00 ގައެވެ.

މި ޖަލްސާގައި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާއި އެޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތް ވަރުގަދަ ކުރަމުންދާއިރު އިދިކޮޅު ފަރާތް ތަކުން ދަނީ ރައީސް ޔާމީންގެ ވެރިކަން ރޯދަމަހުގެ ކުރިން ވައްޓާލާނެ ކަމަށް ބުނެ ސަރުކާރަށް އިންޒާރު ދެމުންނެވެ.

އިދިކޮޅު ފަރާތް ތަކުން އެންމެ ފުރަތަމަ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ނިކުތީ 2015 ވަނަ އަހަރުގެ މޭޑޭގައެވެ. އެދުވަހުގެ މުޒާހަރާ އަށްފަހު ދިން ތާރީހު ތަކުގައިވެސް އިދިކޮޅު ފަރާތަކުން ވެެރިކަން ވައްޓާލަން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

އިދިކޮޅުން ފަރާތް ތަކުން މިދިޔަ ފެބުރުއަރީ 16 ވަނަ ދުވަހު މުޅި ރާއްޖެއިން މީހުން ގެނެސްގެން "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް އެރޭގެ މުޒާހަރާ ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ހުއްޓުވާ ފިތް ވަނީ ހަލާކުވެފަ. ދެން ކޮން ހުއްޓުވާ ޖަލްސާއެއްބާ؟