ކައުންސިލުތަކުގެ ދައުރުގައި ބާކީ ދެ އަހަރު އެބައޮތް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމުގެއްވައެވެ. ހައިލަމް ވިދާޅުވީ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާ ގުޅުވައިގެން މިވަގުތު ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ އެއްވެސް ކަމެއް ނެތެވެ. ކަމެއް ކުރަންޖެހިފައި އޮތްކަމަށް ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް ވެސް ޤަބޫލުކުރެވިފައިވަނީ ވަރަށް ބޮޑު އޮޅުމަކުންކަމުގައި ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިމައުޟޫގައި ވާހަކަދައްކާ އެންމެހާ ބޭފުޅުން ވެސް ޤަބޫލުކުރައްވާ ގޮތުގައި، މިހާރު އޮތް ލޯކަލް ކައުންސިލްތަކުގެ އުމުރު މިއަންނަ ޖޫން މަހުގެ ވަކި ހިސާބަކުން ހަމަވާނެއެވެ. އެހެނީ އެކައުންސިލް އިންތިޚާބުކުރިއިރު، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއިން ކައުންސިލުތަކުގެ އުމުރުގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ 3 އަހަރު ދުވަސްކަމަށްވާތީއެވެ. އަދި ޤާނޫނުއަސާސީއަށް ގެނެވުނު 5 ވަނަ އިސްލާހުގައި ބުނާ ފަދައިން ކައުންސިލުތަކުގެ އުމުރު 5 އަހަރުދުވަސްކަމުގައި ބަލައި ގުނަންޖެހޭނީ ދެން އިންތިޚާބުކުރެވޭ ކައުންސިލުތަކުގެ އުމުރު ގުނުމުގައިކަމަށް ޤަބޫލުކުރެވޭތީއެވެ. ނަމަވެސް ޤާނޫނީ ޙަޤީޤަތަކީ އެއީއެއް ނޫނެވެ." ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވީ ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގައި އޮތް 5 މާއްދާ ވަރަށް ސާފުކަމަށެވެ. 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއިން ގެނެސްފައިވާ އިސްލާޙުގައި ބަޔާންކޮށްފައިވާ އުސޫލުތަކަކީ އިންތިޚާބު ބާއްވަންވީ ގޮތް ބަޔާންކުރާ އުސޫލުތައް ކަމަށާއި އެ ޤާނޫނުގެ 3 ވަނަ މާއްދާއިން ގެންނަ އިސްލާޙްގައި ބުނަނީ އެންމެ ވާހަކައެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ ކައުންސިލުތަކުގެ އުމުރު، ކުރިން 3 އަހަރުގެ ގޮތުގައި އޮތް އޮތުން 5 އަހަރު ދުވަހަށް ބަދަލުކުރެވިއްޖެ ވާހަކަ ކަމަށް ހައިލަމް ވިދާޅުވިއެވެ. 4 ވަނަ މާއްދާގައި ބުނަނީ މިޤާނޫނުގައިވާ ގޮތުގެ މަތީން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާނީ މިޤާނޫނަށް ޢަމަލުކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބެއްގައިކަން ހައިލަމް ފާހަގަ ކުރައްވާފައި ވެއެވެ.
"އެޤާނޫނުގައި އިންތިޚާބު ބާއްވަންވީ ގޮތާ ބެހޭ ގޮތުން އުސޫލުތަކެއް ބަޔާންކުރަނީ ޤާނޫނުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއިން ގެނައި އިސްލާހުތަކުގައެވެ. އެހެންވީމާ ޚުލާޞާ އަކީ، ޤާނޫނުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއަށް ޢަމަލުކުރާނީ ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބެއްގައި ކަމަށް ބުނުމެވެ. ޤާނޫނުގެ 3 ވަނަ މާއްދާގެ ބާރު ހިނގަން ފަށަނީ އެޔާ ޚިލާފަށެވެ. ޤާނޫނުގެ 5 ވަނަ މާއްދާ ލިޔެފައި އޮތީ އެހެންވެއެވެ. 5 ވަނަ މާއްދާގައި ބުނަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ޤާނޫނު ތަޞްދީޤުވެ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ކަމަށެވެ. 5 ވަނަ މާއްދާ އެހެން ލިޔުމުގެ ކުރިޔަށް 5 ވަނަ މާއްދާގައި ބަޔާންކުރާ ޢާންމު އުސޫލަށް 4 ވަނަ މާއްދާއިން އެވަނީ ޚާއްޞަ އުސޫލެއް ކަނޑައަޅާފައެވެ. އެހެންވީމާ ގެޒެޓްކުރެވުނު ދުވަހުން ފެށިގެން ޢަމަލުކުރުމުގެ ޢާންމު އުސޫލުގެ ތެރެއަށް ވަންނަ ގޮތަށް ޤާނޫނުގައި އޮތީ އެންމެ މާއްދާއެކެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރި މާއްދާއެވެ." ހައިލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޮޅުން އަރަންޖެހޭ ކަމެއް މީގައި ނެތެވެ. ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ބުނާ ގޮތުން މިހާރު އިންތިޚާބުވެފައި އޮތް ކައުންސިލްތަކުގެ އުމުރުގައި ބާކީ 2 އަހަރު އެބަ އޮތް ކަމަށާއި މިނޫން ގޮތަކަށް އެޤާނޫނު މާނަކުރާ ނަމަ އެޤާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާ ވަކިން ލިޔެފައިއޮތުމުގެ ބޭނުމެއް ނެތް ކަމަށް ހައިލަމް ވިދާޅުވިއެވެ.
"މިހާ ސާފުކޮށް އޮތް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީސް އެއްވެ، ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަރާރުންވެ ތަޅާފޮޅުމުގެ މާނައެއް އަޅުގަނޑަކަށް ނުވިސްނެއެވެ. މަބްރޫކް ޢަޒީޒް ވިދާޅުވާހެން "ލައިކް ކޮޅެއް ބޭނުންވިޔަސް ތިޔައީ ބޮޑުވަރެވެ." ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވީ ޤާނޫނުއަސާސީއަށް ފަސްވަނަ އިސްލާޙު ގެނައުމުގައި އެމްޑީޕީ މެންބަރުން ބޭނުންވީ ކައުންސިލުތަކުގެ އުމުރު ދެން އެންމެ އަވަހަށް ބޭއްވޭ އިންތިޚާބަކަށްފަހު 5 އަހަރު ދުވަހަށް ބަދަލުވާ ގޮތަށް ހެދުންކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ކުރެވިފައި އޮތީ އެގޮތަކަށް ނޫނެވެ. "އެކަން ކުރެވިފައި އޮތީ އަޅުގަނޑު މިދެންނެވި ގޮތަށެވެ. މިހާރު މި އޮތް ކައުންސިލުތަކުގެ ދައުރަށް 2 އަހަރު އިތުރުވާ ގޮތަށެވެ. އެހެންވީމާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވިއްގެން ލަސްވެ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެތީ ކުރެވެމުންދާ އެންމެހާ މަސައްކަތްތަކަކީ، ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ރަނގަޅަށް ނުބައްލަވައި، އެޤާނޫނުން ބޭނުންވި މަޤުޞަދު ހާސިލުވެފައިވާ ކަމުގައި ހިއްތަވައިގެން އުޅުއްވާތީ ކުރެވެމުންދާ މަސައްކަތްތަކެކެވެ. އެޤާނޫނު ރަނގަޅަށް ބެއްލެވީމާ އެއްވެސް ދުސްތޫރީ ހުސްކަމެއް އަންނަން ނޫޅޭކަން ސާފުވާނެއެވެ. މަޖިލީހުގައި އެކަމާ ގުޅިގެން ބަހުސްކުރުމުގެ ބޭނުމެއް ނެތްކަން ވެސް އޮޅުންފިލާނެއެވެ." ހައިލަމް ވިދާޅުވިއެވެ.
ހައިލަމްގެ ލިޔުއްވުން މިލިންކުން ފެނިވަޑައިގަންނަވާނެ
މި ތެޅިފިޮލެނީ މިވެނިކަމެއް ކުރީ ތިމަންނަމެނެ ކިޔާ ނަން އެޅިގެން އެވާހަކަދައްކަންވެގެން. ބަލަގަ ގާނުނު ކިޔަންއެގޭބަޔަކު އެތާކު އެމީހުންގެތެރޭ އެބަތިބިބާ؟
ހަހަހަަހަ! ޔަގީނުންވެސް ދޮގުފަތުރަން މޮޅުމީހުންއެބަތިބި.
އަސްލު ތި ވާހަކައިގެ ދެތުދޮގު ސާބިތުކުރަން މިހެން ވިސްނަބަލާށެވެ. އެތަނުނުގއި ތިބި ދެއުޅި އެއްްނުވާމީހުނަށް އެމީހުން ހަދާ ގާނޫނުގައި ލިޔެވޭ އެއްޗެއް އެމީހުންނަށް ނޭގިގެން އުޅޭތަންވެސް ވަރަށް ގިނައިން ފެނެއެވެ. އަދި މިކަމާހުރެ ސުޕުރީމް ކޯޓަށް މާނަކުރަން ފޮނުވައިގެން މާނަކުރުމުން އެވެސް ކަމުނުގޮސްގެން އުޅޭތަން ފެނެއެވެ. ދެން މިވެރިންގެ ހާލު ނިކަން ވިސާނާލަ ބަލާށެވެ.
ކަމެއް އެނގޭ މީހަ ކުވިއްޔާ ރީންދޫޕާޓީއަ ކުން އެތަނަ ކަށް ނުހޮވާނެ އެއީ، ނަޝީދު ބުނާހާގޮތަ ކަށް އާންބަސް ނުބުނާނެތީ
ތިޔަ ވިދާޅުވީ ހަމަ ރަނގަޅަށް....
ރައީތުންގެ ސީދާ ވޯޓަކުން 3 އަހަރަށް ހޮވި ބަޔަކު އެނޫންބަޔަކަށް 5 އަހަރަށް ހެދިގެން ނުވާނެ. އެކަން މަޖިލީހުން ކޮށްފައި ވަނީ ނަމަ އެމީހުން އެކުރީ ވަރަށް ނާތަހުޒީބު އަމަލެއް!
އޮޅުމަކުން ވެފަ އޮށްކަމެއް ނޫން ތީ. ގަސްތުގަ ބަޔަކު މީހުން ރާވައިގެން ހިންގާފައޮއް ބޮޑު ޖަރީމާއެއް ތީ
ހައްހައްހައްހައްހައްހައް ގލފށމ މިހާރު ވަރައް ދެރަވާނެ
ޕޕމ ކުދިންގެ ކޮމެންޓސް އެކަނި ބަލައި ގަންނާނީ...ޕޕމ ޖަގަހައިން...
އެމްޑީފީ ކޮމަންޓް ހުންނާނީ ހައިލް އަށް ބަވާފަ ނުނީ އޭނައަށް ގާނޫނު އަސާސީ ނޭންގޭ ކަމަށް. ހަގީގަތަކި އޭނަ އެބުނީ އަސްލު އެ އޮންނަން ޖެހޭގޮތް. އެކަން ވަރައް ސާފު އަންނި ދެންތިބި މަޖިލީސް މެބްބަރުންގެ 2 ދުވަސް ވާނުވާގަ ދުއްވާލުން
ތީތި ކަޑަ ދޯ ކޮބާ ކައުންސިލް އިންތިހާބް ކެމްޕެއިނައް އެމީހުން އަތުން ދިޔަ ޚަރަދު؟
އަތުން ދާނެ އެކިގޮއްގޮތައް ބައިވަރު ލާރި. އެމީހަކު ބޭނުންވާކަމެއް ކުރަން ލާރި ހަރަދު ކުރާނެ. ހޮވުނަސް ނުހޮވުނަސް. ކަޑަވަނީ ގާނޫނު އަސާސީ އަށް ބަދަލުގެނައިރު މިކަހަލަ ކަމެއް ކުރިމަރިވެއްޖެ ހާލަތަކް ނުވިސްނާ ގެނާބަދަލް. ﷲ ވޮޑިގެންވާ ފަރާތެއްކަން ހަދާންވަނީ އެމީހަށް ކަމެއް ދިމާވީމަ. ނަމުގަ 100% މުސްލިމު ގައުމެއް.
ފެންނަ މަންޒަރު ތަކުން މަޖިލިސް ފެއިލްވެއްޖެ
ގާނޫނުގެ ކަމަކާބެހޭގޮތުން ހިޔާލު ތަފާތުވެއްޖެނަމަ އެކަމުގެ ހައްލު ހޯދަންހުށަހަލަންޖެހޭނީ ސްޕްރިމްކޯޓަށްކަމަށްގާނޫނުއަސާސީގަ ކަޅާހުދުން ލިޔެފާއެބައޮތް މިހެން އޮއްވާ ކެނެރިގެއަށްލިޔެގެން ހައްލުހޯދަންނަސިދު އެއުޅެނީކީއްވެ ؟އޭނަޔަށްއެގޭ އަކުރު ނުދަންނަމީހުން މަޖިލީހުގާތިބިކަން .ހަމަ އަޖައިބު ވެއްޖެ.
ރައްޔިތުން ވޯޓު ދިނީ ތިން އަހަރަށް، އެކަމަކު ރައްޔިތުންގެ މަޖިލީހުން އެވަނީ ފަސް އަހަރަށް ދައުރު ދަންމާފައި. އެހެންވީމާ ބާކީ ދެ އަހަރުގެ މުސާރަ އެ ބިލަށް ވޯޓުދެއްވި މެންބަރުންގެ ޖީބުން ދެއްވުން އެދެން. ވަރަށް ސަލާމް. އުސްތާޛު ޙައިލަމަކީ ޤާނޫނީ ގޮތުން ފުންނާބު އުސް ބޭފުޅެއް.
ރައްޔިތުން ވޯޓު ދިނީ ތިން އަހަރަށް، އެކަމަކު ރައްޔިތުންގެ މަޖިލީހުން އެވަނީ ފަސް އަހަރަށް ދައުރު ދަންމާފައި. އެހެންވީމާ ބާކީ ދެ އަހަރުގެ މުސާރަ އެ ބިލަށް ވޯޓުދެއްވި މެންބަރުންގެ ޖީބުން ދެއްވުން އެދެން. ވަރަށް ސަލާމް. އުސްތާޛު ޙައިލަމަކީ ޤާނޫނީ ގޮތުން ފުންނާބު އުސް ބޭފުޅެއް.
ސާބަހޭ ހައިލަމް އެމީހުން ނޫ ޅޭ ކޮންމެހެން ޤާނޫނު ގައި އޮތްއެއްޗެއް ބަލާކަށް އެމީހުން ދެކޭގޮތުގައި އެމީހުން ބޭނުންވާގޮތަށް ޤާނޫނު ގައި އޮތަސްނެތަސް އެމީހުން ބޭނުން ވާގޮތަށް އެކަމެއް ކުރެވުނީމަ އެއޮތީ ޤާނޫނުގައި އޮތްގޮތަށް އެކަމެއް ކުރެވިފަ އެންމެ މާތް އިސްލާމް ދީނަށް ނުބަލާބަޔަކު ޤާނޫނަށްކަށް ބަލާނެތޯ އެމީހުން އެއީ ކޮންމެހެން ޤާނޫނީ ވެރިކަމެއް ކުރަން އައިސްގެންއުޅޭބައިނގަ ޑެއްނޫނޭ އެމީހުންގެ އަމިއްލަ ބޭނުން ތަކެއް ފުއްދުމަށް އައިސްގެން އުޅޭބައި ގަނޑެއް އެއީ އެހެން ވީމަނު ޤާނުނަކަށް ނުބަލާ އެފާޑަށް އެތެޅިބާލަނީ!
ހައިލަމްގެ ހިތްވަރަށް ހަމަ ސާބަސް އެއްވެސް ބިރެއްޖެހިލު މެއްތެތި ބޮޑު ގޭންގަކާވިއްޔަ ތިކުރިމަތިލައްނީ ތިހެން ތިބޭނީ ހިތްވަރުގަދަ ކެރޭ މިޤައުމާއި އިސްލާމްދީން ދެކެ ލޯބިވާދަރީން ސާބަސް:
ބިރަކާނުލާ ކޮންމެކަ މެއްވެސް އެމީހުން ކޮށްލާނީ!
އަތުންދިޔަ ހަރަދަކަށް ބަލާނެކަމެއް ބަލާނެ ކަމަކުނެތޭ އަތްޖަހާލަ ޖަހާލާ ބަލަންތިބޭ!
އަދިވެސް މަޖިލިސް ފެއިލް ނުވޭތޯ؟
ފެއިލްވީ މަޖިލިސް އެކަނިތަ މުޅި ސަރުކާރުވެސް ފެއިލް އެހެންތާވާނީ ވެރިކަމަކީ އިބިލީހަށް ލިބުނު ވެރިކަމެއް ނޫންވިއްޔަ ފެއިލް ވެފަތިބިބަޔަކު ކުރާކޮންމެ ކަމެއްވެސް ވާނީހަމަ ފެއިލް!
ކޮވިޑާ އެކު މަޖިލިސްވެސް ފެޢިލްވެ އއްޖެ.
ކިހާދެރަކަމެއް ދެންދޯ ޕޕ ކުދިންނަކަށް ކޮމެންޓެއްވެސްއަމިއްލަ ދިފާއުގައި ޖަހާލުމަކީ ޤާނޫނީ ބޮޑު ކުށެއްތޯ ގޮށް ރީނދުލަސް އޮލަ ރީނޑުލަސް ތަތް ރީނދުލަސް ތިއީދެން ފުކެއްބޮޑުވަރު މީހާރުދެން ރީނދޫ ކުދިން ތިއުޅެނީ ކޮންކަމެއް ނުވެގެތޯ؟ ހުރިހާވެސް މައްސަލަ އަކީ ފެންފޮދަކާނުލާ ދިރުވާތީ އެހެން ވީމަދެން ހަޖަމެއްވެސް ނުވާނެ ތާދޯ!
ބަލާވެރި ނަސީދު މިގައުމު ދުކޮށް ދާން މިބުނަނީ 2023 ގަ ވެރިކަން ބަދަލުކޮށް ނަސިދު ޖަލަށް ލެވޭނެ އަފްރާސިމަ ރިޒްވާނުގެ މަރުގެ ތުހުމަތު ގަ ނަސީދު ހައްޔަރު ކުރެވޭނެ. އަދި ހިޔާނާތުގެ މައްސަލަތަކެއްގަވެސް ނަސިދު ހައްޔަރު ކުރާނަން.
ނަޝީ ދުގެބަލާ 100 މީ ދަލަށްވުރެ ނުފޮރުއްޕާން އަވަހަށް އިނގިރޭސި ވިލާތަށް ދޭ އެތަނުގައި ގޮނޑި ދުއްވާ ވަޒީފާ އެބައޮތް.
ޤާނޫނަކީ ކޮބައިކަން އެނގެނީ މަދުމެންބަރަކަށެވެ. މަޖުލިހުގައިތިބީ ޤާނޫނީގޮތުން ތަންދޮރު ނުދަންނަ މީހުންނެވެ. އެހެންވެ މިކަހަލަ ޢިއްޒަތްތެރިންނާއި މަޖުލިހުގެ އިއްޒަތުގެ ރައީސުގެ ވާހަކަ ދެއްކުމަށްވުރެ،ނުދެއްކުން ރަނގަޅުވާނެވެ.