ކޮވިޑް-19 އަށް ޝައްކުވެގެން ޓެސްޓް ކުރާ މީހުން ބާކީކޮށް ތަފާތު ކުރަމުންދާތީ އެފަދަ ކަންކަން ނުކުރުމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންް ސެންޓަރު (އެންއިއޯސީ) އިން ދިވެހި ހުރިހާ ރައްޔިތުންނަށް ރޭ އިލްތިމާސްކޮށްފިއެވެ.
އެންއައިއޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ކޮވިޑް-19 އަކީ މުޅިން އާ ބައްޔަކަށްވީ އިރު، ހުރިހާ އެންމެން ވެސް މި ބަލީގެ ހަބަރުތަކާއި ވާހަކަތައް ކިއާފައި ތިބީ ބިރުގެންފައި ކަމަށެވެ. އަދި މި ބިރުގެ ތެރެއިން ބައެއް ކަހަލަ ނޭދެވޭ ކަންކަން ނުކުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ބައްޔަށް ޝައްކު ކުރެވޭ މީހުން ކޮންމެވެސް ވަރަކަށް ބާކީކޮށް، ތަފާތު ކުރަމުންދާ ކަމަށް ވެސް މުރާދު ވިދާޅުވިއެވެ. އެގޮތަށް ކަންތައްތައްވުމަކީ މީހުންނަށް ނަފްސާނީ ގެއްލުންތައް ލިބި، އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އާއިލާގެ ތެރޭގައި ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓެއް ހަދައިފި ނަމަ، އެ ދެން ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި ނުވަތަ ބައެއް ފަހަރު ގެއަށް ވައްދަން އުޒުރުވެރިވާ ހިސާބަށް ބައެއް ފަހަރު ކަންތައްތައް ގޮސްފައި ހުރި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު އެބަ ލިބޭ،" މުރާދު ވިދާޅުވިއެވެ.
ބައެއް ފަހަރު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓްކުރާ މީހުންގެ އިތުރުން ފަރުވާ ދިނުމުގައި އުޅޭ ސިއްހީ ހިދުމަތްތެރިންނަށް ވެސް އެފަދަ މައްސަލަތަކާ ކުރިމަތިވާ ކަމަށެވެ. ކޮވިޑްގެ ބަލި މީހުންނަށް އަޅައިލުމުގެ މަސައްކަތުގައި އުޅެފައި އަންނަ މީހުން ގެއަށް ނުވެއްދުން ފަދަ ކަންތައްތައް އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ހިނގާ ކަމަށް މުރާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަހަލަ ކަންކަން ދިމާވަނީ މި ބައްޔަކީ ފަރުވާއެއް ނެތް ބައްޔަކަށްވީމައެވެ.
"މިކަހަލަ މައްސަލަތައް މި ދިމާވަނީ، އަޅުގަނޑުމެން ވެސް ގަބޫލު ކުރަން މި ބައްޔަކީ އާ ބައްޔަކަށްވެފައި މި ބައްޔަށް ފަރުވާއެއް ނެތިފައި، ބަލި ފެތުރޭލެއް ބާރުވެފައި، ނުރައްކާތެރި ބައްޔަކަށްވާތީ ކަން. ނަމަވެސް އެކަންކަމުގެ ތެރެއިން ވެސް އެބަޖެހޭ އެންމެން އެކުގައި މިކަމުގައި ކުރިމަތިލާން،" މުރާދު ވިދާޅުވިއެވެ.
މުރާދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މި ބައްޔާ ގުޅޭ ރަނގަޅު މައުލޫމާތު ހޯދާ މި މައްސަލަތައް މަދުކުރުމަށް އެންމެން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެން ނޫނީ އާއްްމުންގެ ތެރެއަށް ބަލި ފެތުރޭ ހާލަތެއް އަތުވެއްޖެ ނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި މިސާލަކަށް ބައްޔަށް ޕޮޒިޓިވްވާ މީހުންނާ މެދު ވެސް އަޅުގަނޑުމެން ކަންތައް ކުރާ އިރު މިގޮތަށް އެ ބޭފުޅުންނާ މެދުގައި ކަންތައް ނުކުރެއްވުން އެއީ އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް އެދޭ ކަމެއް. އެއީ ނަފްސާނީ ގޮތުން އެމީހުންނަށް މައްސަލަތަކެއް ދިމާވާ ކަހަލަ ގޮތަކަށް އަމަލުތައް ބެހެއްޓިއްޖެ ކަމަށްވާ ނަމަ، އެއީ ބައްޔަށް ފަރުވާ ކުރަމުންދާ އިރުގައި ދިމާވާނެ އިތުރު މައްސަލަތަކަކަށް ވާނެ،" މުރާދު ވިދާޅުވިއެވެ.
ރާއްޖެ އިން މިހާތަނަށް 19 މީހެއްގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ. އޭގެތެރޭގައި ހަތަރު ދިވެހިން ހިމެނޭ އިރު، އެ ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅެވެ.
ދިވެހިންނަކީ މީހުން ބަކީކުރާ ބައެއް ނޫން .އެކަމަކު ކޮވިޑް އަށް ސައްކުވިޔަސް އަނެކަ ގެ ހިތުގާ އުފެދޭ ބިރުވެރިކަމެއްގެ ސަބަބުން 3 ފޫޓް އާއި އަދިއެއަށް ވުރެވެސް ދުރުވެވެނީ .އަލިފާންގަނޑެއް އަންދާފަ ހުއްޓާ އެ އަލިފާންގަނޑަށް ސިކުނޑިހަމަޖެހިފަ ހުރިމީހަކު ފުންމަލާނެތަ؟އެއަށްކިޔޭނެތަ އަލިފާނާ ދުރުމީހެކޭ.
ސަރުކާރުން މީހުން އެކަހެރި ކުރާތީވެ ރަތްޔިތުން ބިރުވެރިވަނީ
murAdu suvAlu thakah javaabu dheyy varah furihama
? ?
އަސްލު އެކަން ކުރަނީ އެޗްޕީއޭއިން! ރިސޯޓްތަކުގެ މީހުންނާދޭތެރޭ ތަފާތު ގޮތަކަށް ދެކޭހެންހީވޭ! ރިސޯޓްތަކުން އެންމެ ފަހުމީހާ ފުރިފަހުން 14 ދުވަސް މުއްދަތު ހަމަކޮށް ބަންދުން ފިލާނެ ދުވަހެއް އޮޅުން ފިލިވަން ފޮނު އީމެއިލް ތަކުގެ %95 އަށް ޖަވާބުދީ ބާކީ ހުރި އީމެއިލް ތަކަށް 25 ގަޑި އިރު ޖަބާދު ދޭނެ ވާހަކަ ބުނިފަހުން 5 ދުވަސް ވެއްޖެ! އަދިވެސް އެޗްޕީއޭގެ ގަޑިން 24 ގަޑި އިރު ނުވަނީތޯ! ކީއްވެތޯ މިގޮތަށް ކަންތައް ކުރަނީ!