ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮތުން ކުރާ އަސަރު ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ތައާރަފް ކުރި ލޯނުގެ ދަށުން އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް ލިބޭނީ 18،000ރ. ކަމަށް އެސްޑީއެފްސީން ބުނެފިއެވެ.

އެސްޑީއެފްސީގެ ހެޑް އޮފް ކްރެޑިޓް ފާތުމަތު މުނާ ވިދާޅުވީ އެ އަަދަދު ކަނޑައަޅާފައިވަނީ ފިނޭންސް މިނިސްޓްރީން ބެލި ބެލުންތަކަށް ފަހުގައި ކަމަށާއި އެ އަދަދަށް ބަދަލު ގެނައުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.

އަމއިްލަ ފަރުދުންގެ ވިޔަފާރިތަކުގެ ވިޔަފާރި ލޯނު ދެނީ މާލީ އެހީއެއްގެ ގޮތުގައި ކަމަށާއި، އެ ފަރާތަކުން ލޯނު ދިނުމުގައި ބަލާނީީ މަސައްކަތުގެ ލައިސެންސް އާއި ވެބްސައިޓް ފަދަ ތަކެތީގެ ޒަރީއާއިން ތިން މަސް ދުވަހު ކޮށްފައިވާ މުއާމަލާތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަސްލު ހަމަ ފިނޭންސްގެ ދަށުން، ކްރައިޓީރިއާތައް ހަދާފައި، ޝަރުތުތައް ދެއްވާފައި މި ހުންނަނީ. އެ އެއްޗެހި އެސްޑީއެފްސީއިން ލޯނު ދޫކުރާ އިރުގައި މި ބަލަނީ. ދެން ތި ވިދާޅުވިހެން އިތުރަށް ޚަރަދު ހިނގާނެ. ދެއްތޯ. އެއީ އެކަމަކު އަސްލު މިއީ ރިލީފްގެ މައިގަނޑު މަގްސަދަކީ އެއްވެސް ބޭފުޅަކަށް އެއްކަލަ އެއްވެސް އެއްޗެއް ނުލިބި އަމިއްލައަށް މަސައްކަތްކުރާ ބޭފުޅުންނަށް މަހެއްގެ މައްޗަށް ކޮންމެވެސް ވަރެއް އެ ބޭފުޅުންނަށް ލިބޭ ގޮތް ހަމަޖައްސައި ދިނުން." އޭނާ ވިދާޅުވިއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ގިންތި ނުކުރޭތޯ ސުވާލުކުރުމުން މުނާ ވިދާޅުވީ، އެގޮތަށް ކަނޑައަޅަން ވެރިފައި ކުރާނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެހާ ވަރަށް ލިޔެކިޔުންތައް ނުހުންނާނެ ކަމަށާއި 18000ރ. އަކީ ފިނޭންސް މިނިސްޓްރީގެ ޝަރުތުތަކަށް ބަލާފައި އެ މިންގަނޑަށް ފެތޭ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް، މުވައްޒަފުންގެ މުސާރަ، ކުލި، އަދި ބިލްތައް ދެއްކުމަށް ބޭނުންވާ މިންވަރަށް ފައިސާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިދެނީ އެ ބޭފުޅުންގެ ސެލަރީ ޕޭކުރަން މި ދެނީ އެހެން ކަމަށް ވާ ނަމަ، ހަމަ އެ ޓޯޓަލް ސެލަރީގެ އަދަދެއް ލިބިވަޑައިގަންނަވާނެ ދެއްތޯ. އެއަކު އަޅުގަނޑުމެން ނޯންނާނެ އެއްވެސް ރެސްޓްރިކްޝަނެއް. މިބުނީ އެއްވެސް ކަހަލަ އަދަދުގެ ލިމިޓޭޝަނެއް." އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އިކޮނޮމިކް ޕްލޭންގެ ދަށުން ލޯނުދެމުންދާ އިރު އެސްޑިއެފްސީއިން ލޯނުދެނީ 10 މިލިއަނަށް ވުރެ މަދު ވިޔަފާރިތަކަށެެވެ.

އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި ބަލަނީ ފާއިތުވި 12 މަސް ދުވަސް ތެރޭގައި 6 މަސް ދުވަހު މަސައްކަތްކޮށް އާމްދަނީ ހޯދާފައިވާނަމައެވެ.

ހަ ޕަސެންޓު އިންޓްރެސްޓުގައި ދޫކުރާ މި ލޯން ދޫކުރަނީ ގިނަވެގެން ތިން އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. ނަމަވެސް މި ލޯނު ހޯދުމަށް އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހޭނެއެވެ.

ލޯނު އަނބުރާ ދައްކާ އިރު މަހަކު ދައަކަން ޖެހޭނީ 547.59ރ. ކަމަށާއި ތީރީސް ހަ މަހުން ލޯނު އަނބުރާ ދައްކާ ނިމޭ އިރު ޖުމްލަ އިންޓްރެސްޓް 1713.42ރ. އަށް އަރާނެ ކަމަށް އެސްޑީއެފްސީއިން ބުނެއެވެ. އެހެންކަމުން އިންޓްރެސްޓާ އެކު ޖުމްލަ 19،713.42ރ. ލޯނު އަނބުރާ ދައްކާ ނިމޭ އިރު އަރާނެއެވެ.

ހަމައެހެންމެ ލޯނުގައި ހަ މަސް ދުވަހުގެ ގްރޭސް މުއްދަތު ހިމެނޭ އިރު ގްރޭސް ޕީރިއަޑުގައި ލޯނަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށް ވެސް އެސްޑީއެފްސީއިން ބުންޏެވެ.

އެ ލޯނަށް އެދޭނީ އެސްޑީއެފްސީގެ ވެބްސައިޓްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ކިޔުންތެރިންނަށް ފަސޭހައަށް ތިޔަ ލިންކް ވެސް ލިޔުމުގަ ހިމަނާލިނަމަ ރަނގަޅުވީސް

  2. އަހްމަދު

    ތީކީއްކުރަންދޭއެއްޗެއްބާ ފިނޭސްމިނިސްޓަރ ތިޔައަށާރަހާސްރުފިޔާ ދެނީކީއްކުރަންތޯ ފުރަތަމަސާފުކޮށްލަންބޭނުންވަނީ އޭގެފަހުން އެކަމާމެދުވިސްނާނީވެސް

    10
    1
  3. އީސާ

    ދެން ކުލި ދައްކަން ހަދަނީ ކިހިނެއް، ރޫމުގެ މަހު ކުއްޔަކީ 10000 ރ، ދެން ބުނޭ ރަށަށް ދާށޭ

    15
  4. ސަންތިމަރިޔަބު

    ﴿275﴾ الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

    رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.

  5. ލަސިތު

    އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި ބަލަނީ ފާއިތުވި 12 މަަސް ދުވަސްތެރޭގައި 6 މަސްދުވަހު މަސައްކަތް ކޮށް އާމްދަނީ ހޯދާފައި ވާނަމައެވެ.ކިތަމެ އަވަހައް ދިއަޔަސް ދޭނެ ޖަވާބަކީ ފާއިތުވި އެންއަހަރު ތެރޭ ވިޔަފާރި އެކައުންޓެއް އޮވެ އެ އެކައުންޓައް ލާރި ޖަމާ ކޮށްފަ ހުރިނަމައޭ ލިބޭނީ. މިއުޅެނީ އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވެ އެކަން ނުވެގެން. އަޅުގަނޑަކީވެސް ވަގުތާ ހާލަތައް ބަލާފަ ރަށުގަ ހުރެގެން އާމްދަނީ ހޯދޭނެ ފަދަ މަސައްކަތެއް އެނގި އެކަން އެކަން ވެވޭނެ މަގެއް ނުފެނިގެން އުޅޭ މީހެއް.

  6. އެންދެރި

    ބޭރުން.ސަރުކާރައް ހިލޭ އެހީ ދިނީމަ ބޭންކް.މެދުވެރިކޮށް ގޭސް އަނބުރަނީ އެވެ.