ތޭރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ދެކުނުގެ އަތޮޅުގެ ރަށެއްގައި (ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ) ރަށްތަކުން ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ 18 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ މިހާރުވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.