ދުނިޔޭގެ ގިނަ އިލްމުވެރިންގެ ދަރުސްތައް ގެނެސްދެމުން އަންނަ "ޕީސް ޓީވީ" އަލުން ލިބޭނެ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑީއާނެޓުން ބުނެފައިވަނީ، މ"ޕީސް ޓީވީ" ބަލަމުން ގެންދިޔަ ކަސްޓަމަރުންނަށް އެ ޗެނަލް ނުލިބި ދުވަސްތަކެއް ދިޔަ ކަމަށާއި، ނަމަވެސް މިހާރު ލިބޭނެ ކަމަށެވެ.

އަދި މީގެ ކުރިން އެގޮތަށް ޗެނަލް ނުފެންނަން ދިމާވީ ސިގްނަލް ނުލިބޭތީ ކަމަށް މީޑީއާނެޓުން ވަނީ ބުނެފައެވެ.

މީގެ ކުރިން ގިނަ ބަޔަކު ގަބޫލު ކޮށްފައިވަނީ ރާއްޖޭގައި ހަމަ އެކަނި "ޕީސް ޓީވީ" ދައްކަވަމުން އަންނަ މީޑީއާ ނެޓުން އެ ޓީވީ ހުއްޓާލާފައިވަނީ އެހެން ގައުމުތަކުގައިވެސް މަނާ ކޮށްފައިވާތީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އެހެން ނަމަވެސް މީޑިއނެޓުން ވަނީ އެކަން ދޮގު ކޮށްފައެވެ.

ރާއްޖޭގައި ދެއްކުން މަނާ ކޮށްފައިނުވާ، ދިވެހިންގެ މެދުގައި މަގުބޫލު ކަމެއް ހޯދާފައިވާ "ޕީސް ޓީވީ" ނުފެންނާތީ ގިނަ ބަޔަކު ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އެހެންވެ އެކަމަށް މީޑީއާނެޓުން ވަނީ އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުން ބޭނުންވާ ޗެނަލެއް ގެނެސްދިނުމަށް ކަމަށް ވަނީ ބުނެފައެވެ.

"ޕީސް ޓީވީ" އަކީ ޑރ. ޒާކިރު ނައިކް އިސްކޮށް ހުންނަވައިގެން، އިސްލާމްދީނުގެ މަތިވެރިކަން ބަޔާން ކޮށްދެއްވާ، ޙާއްސަ ޕްރޮގްރާމްތަކެއް ގެނެސްދޭ ޓީވީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙހެހެ

    ކޮބަ ސިގްނަލް ނުލިބެގެން އެ ނުފެނުނި ކަނޑަލިކިނުން އަހަރުން ހިކުރި އިންޑިޔަ ބުނެގެން ކަމަށް ސޮރި

  2. ރަދީފް

    ސާބަހޭ މީޑިޔާނެޓް.ތޭންކްސް.

  3. މަރިޔަމް

    ތެކްސް މީޑިއާނެޓް