އދ. ފެންފުށީގައި އަމިއްލައަށް މަރުވާން މޫދަށް ފުންމާލި އަންހެނަކު ސަލާމަތްކޮށްފިއެވެ.

ރޭގެ ވަގުތެއްގައި އެ އަންހެން މީހާ މޫދަށް ފުންމަލީ އޭނާގެ ގެ ކައިރީ ރަށުގެ އިރުމަތީ ދިމާލެވެ. އެއީ މާ ފުން ނޫން ހިސާބެއް ކަމަށް ވެއެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، ރޭ 11:00 ހާއިރު އެ މީހާ މޫދަށް ފުންމާލީ ކަމަކާއި ހިތްހަމަ ނުޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މިރަށު ފަސްގަނޑު ކައިރީގައި އުޅޭ ރޭގަ މީހަކު މޫދަށް ފުންމާލައިގެން، އެއީ ގާތްގަނޑަކަށް 11:00 ޖަހާ ބޮޑުވި ފަހުން". އެރަށުން ވާހަކަދެއްކި މީހަކު ބުނެފައި ވެއެވެ.

ނަމަވެސް އެ މީހާ މޫދަށް ފުންމާލީ ސީދާ ކޮން ކަމަކާއި ގުޅިގެން ކަމެއް ނޭނގޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އަހަރުމެން އެތަނަށް ދިޔައިރު، އެ އަންހެން މީހާ އުޅުނީ ފުންމާލައިގެން، އޭނާ ފުންމާލީ އާއިލާ ތެރޭ ޖެހުނު މައްސަލައެއްގައި ކަަމަށް ވަނީ".

އޭނާ ސަލާމަތްކޮށްފައި ވަނީ، އެ އަންހެން މީހާގެ އާއިލާ މީހެކެވެ.

މިފަދަ ކަމެއް ހިނގައިގެން އުޅޭކަން އެރަށު ކައުންސިލުންވެސް ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.


ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ?????

  2. ތުއްތަ

    އެއީ މިންމި ކިޔާ ކުއްޖެއް ، މިހާރު އުޅެނީ މާލޭގައި

    2
    2
    • ޜިި

      އެފްްބީ އައިޑީ ކިޔާބަ

      1
      1