ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ (ޕީއެސް)ގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކޮށްފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ޕީއެސް އަކަށް އައްޔަން ކޮށްފައިވަނީ އަބުދުއްރަޙްމާން ސަލާހު ރަޝީދެވެ. އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަބުދުއްރަޙްމާން އާ މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވާފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމެވެ.

އެމަގާމަށް އައްޔަން ކޮށްފައިވާ އަބްދުއްރަހްމާނަށް އިމްރާން ވަނީ މަރުހަބާ ދަންނަވައިފައެވެ.

އަބުދުއްރަޙްމާން އަކީ މީގެ ކުރިން މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމާއި އިލްކެޝަންސް ކޮމިޝަންގެ ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަބުދުއްރަޙްމާން އަކީ ހިއުމަން ރެސޯސް މެނޭޖްމަންޓްއިން މާސްޓާސް ޑިގްރީ އަދި ބިޒްނަސް އެޑްމިނެސްޓްރޭޝަންއިން ފުރަތަމަ ޑީގްރީ ހާސިލު ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރަލް

    އަދިވެސް މަގާމް އިތުރު ކުރަނީ އެވެ.

    9
    2
  2. ނީމް

    މި ހާލަތު ގާ ވެސް މި މީހުން ސިޔާސީ މަގާމް އިތުރު ކޮށްގެން ރައްޔިތުންގެ ފައިސާ ވަލައް ލަނީ

    10
    2
  3. ީހޖހ

    ތިވާ ބޭފުޅެއް.

  4. ސަމީ

    އަހަންނަކަށޒް ހިޔެއް ނުވޭ މިރާއްޖޭގެ ފައިސާ މަދުވެގެން އުޅޭހެންނެެއް

    13
    2
  5. ދިވެހިންގެ ހާލު

    އައޔަން ކޮށްފަ ބަހައްޓާ އަނގަޔާ އަތާ ދިމާނުވިޔަސް، ދެން އުޅޭނެ އަދި އެކަކު، ދައުލަތަށާ ގާނޫނު އަސާސީ މާމުއި އަޅައިގެން ގިރަން، މިއުޅެނީ ދުނިޔޭގަ އުޅޭ އިންސާނުންނަށް ހަމަނޭވާ ނުލެވިގެން، މިމީހުން ވެބް ކެމްގަ، އަނެއްބަޔަކު ހާވާލައިގެން މީހުން ވެއްދުމުގަ، މިގައުމުގެ މީސްކޮޅު ސަލާމަތް ކުރެވޭތޭ މަސައްކަތް ކޮއްބަލަ، ރާއްޖެއާ ރާއްޖޭން ބޭރުގަ ތިބި، މީވާ ގައުމެއް!

  6. ފެއިލް ސަރުކާރު

    ރާއްޖޭގެ ރައީސް ނިއުސް ކޮންފަރެންސްއެއްގައި ބުނުއްވި އަޑުއެހިން މިވަގުތައް ސިޔާސީ މަޤާމްތައް މަޑުޖައްސާލި ވާހަކަ. އެއީ ދޮގެއްދޯ. ދެއުޅިއެއްނުވާ ދޯހަޅި ސަރުކާރުން ބުނާނީ އަބަދުވެސް މިކަހަލަ ވާހަކަ

  7. ނައީމް

    ބަލަ ނުކާނަމޭ ގޮވިމީހުން މާގިނަ ކާއިރު ތާހިރުވެއްޖެއްނު ރައްޔިތުން ހަނާ 2ވަނަފަހަރު ކުރީ ފަހަރުވެސް ރައީސްޔާމީސްގެ ވިސްނުންފުޅާ އެކު ރައްޔިތުންކުރިބުރަމަސައްކަތުން ކިރިޔާ ސަލާމަތްވީ މިފަހަރު ރައީސްޔާމީން ހައްޔަރުވެސް ކޮށްބާއްވާފަ ރައްޔިތުން ހަނާ ކުރަނީ ރައްޔިތުންވިސްނާބަލަ އެމީހުންގޮވީ ޔާމީންކަނީއޭ އެކަމު މުޅިރާއްޖެ ތަރައްގީކުރީ ޔާމީން