ރާއްޖެއިން ފުރިފަހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވި ބިދޭސީއަކާއި ޑައިރެކްޓް ކޮންޓެކްޓްވި ވެފައިވާ ދިވެއްސެއްގެ ފުށުން ބަލީގެ އަލާމާތްތައް ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ރާއްޖެއިން ފުރިފަހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވި ބިދޭސީއަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދިވެއްސެއްގެ ފުށުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ސާމްޕަލް ނަގާފައިވާ މީހާ މިހާރު ހުރީ މޮނީޓަރު ކުރުމުގެ ގޮތުން އައިސޮލޭޝަން ފެސިލިޓީއެއްގައި އެކަހެރި ކޮށްފައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އެ އިދާރާއިން ހިއްސާ ކޮށްފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައިވާއިރު، މިހާރު 4 ދިވެއްސަކަށް އަންނަނީ ފަރުވާ ދެވެމުންނެވެ. އަދި ބާކީ ހުރި 2 މީހުންނަކީ މިހާރު ރާއްޖެއިން ބޭރުގައި ތިބި ފަތުރުވެރިންތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުވާލު

    ކޮން ރަށަކުން ކަން ވެސް ބުނެލަން ވާނެ ދޯ.

    • ވަރައްފޫހި

      އާނ ނުބުނެ ތިއްބާ އެއްފަހަރާ 10 މީހުން ޕޮސިޓިވް ވެއްޖެއިޔާ ތިބޭނެ ދެފައިދަނޑިއައް ހާއްޖަތައް ދެވިފައި.