ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއަކަށް ހަމަލަދީގެން ހައްޔަރު ކުރި ދެމީހުން އެރަށު ކޯޓުން ދޫކޮށްލި މައްސަލަ އަލުން ރިވިއު ކުރުމަށްފަހު އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

މި މައްސަލާގައި އެންމެ ފުރަތަމަ އެ ދެ މީހުން އިންނަމާދޫ ކޯޓަށް ގެންދިއުމުން ވަނީ ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލީ ކޯޓަށް ހެއްކާއި ގަރީނާވެސް ހުށަހަޅާފައި ވަނިކޮށް ކަމަށް ފުލުހުން ކުރިން ބުންޏެވެ.

ނަމަވެސް އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ މިވަނީ އިއްޔެ އަލުން އެ މައްސަލަ ރިވިއު ކުރުމަށްފަހު އިންނަމާދޫ ކޯޓުން ނެރެދިން އަމުރަކަށްފަހު އެމީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިންނަމާދޫ ކޯޓަށް ގެންދިއުމުންނެވެ. ފުލުހުން ބުނީ އެކޯޓުން އެ ދެ މީހުންގެ ބަންދަށްވެސް 7 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 38 އަހަރާއި 48 އަހަރުގެ ދެ ދިވެހީންނެވެ. އަނިޔާ ލިބުނީ 28 އަހަރުގެ ބިދޭސީއަކަށެވެ. މި މައްސަލާގައި އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްދީފައި މިވަނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން އިންނަމާދޫ ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވަނިކޮށެވެ. އަދި ޕީޖީ ޝަމީމް ވަނީ މެޖިސްޓްރީޓެ ކޯޓުތަކުން ހިންގާ މިފަދަ އަމަލުތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ގޮވާލައިފައެވެ.

އެ މާރާމާރީ ހިނގަން މެދުވެރިވީ، 48 އަހަރުގެ ދިވެހި ފިރިހެން މީހާ ދިރުއުޅޭގޭގައި ހުރި ގަސްތަކަށް އޭނަ ފެން ދޭން އުޅުމުގެ ތެރޭގައި، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅޭ މެޝިންތަކަށް ފެން ބުރުމުން ބިދޭސީ މީހާ އެ ޝަކުވާ ކުރުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މާރާމާރީގައި ބިދޭސީ މީހާގެ ނޭފަތްމަތިން ފަޅައިގެން ގޮސް ދުޅަވުމުގެ އިތުރުން ވާއަތު ލޯކައިރިން ފަޅައިގެން ގޮސް މުޅި މޫނުމަތި ވެސް ދުޅަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    ރަނގަޅު ތިޔަ ބައިގަނޑައް ހަދަންވީ ހަމަ ތިޔަހެން ، އަދި އެއްޗެކ ކޭ ބުނާއިރައް ފުއްޕާލާފަ ކޮންމެވެސް އެއްޗެއް ބުނާނެ

    3
    1