އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއަކަށް އެހެން ކޯޓުތަކުން އަމަލުކުރުމަށް ބުނެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ސުޕްރީމް ކޯޓާއި ޖުޑިޝަލް ސާވިސް ކޮމިޝަނަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދު ބޭއްވި ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ސާކިއުލާގައި ބުނެފައިވާ އިބާރާތަށް ބަލާއިރު އެއީ އިރުޝާދެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީން އެންމެ ބޮޑަށް ޝަރުއީ ދާއިރާއަށް ފާޑު ކިޔާފައި ހުންނާނީ އާބިޓްރެލަލީ ކޯޓުތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ބަސް ބުނަމުންދާތީ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑަށް ފެނިގެން މިދަނީ ހަމަ އަނެއްކާވެސް ކުރިޔެކޭ އެއްގޮތަށް، އެއްވެސް ތަފާތެއް ނެތް ހަމަ ކުރިޔެކޭ އެއްގޮތަށް ސުޕްރީމް ކޯޓުން އެހެން ކޯޓުތަކުގެ މައްޗަށް އިރުޝާދު ދެމުން ލަފާ ދެމުން ކަން ކުރަންވީ ގޮތް އަންގަމުންދާ މަންޒަރު. މިއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ތިއްބަވާ ބައެއް ސޯޝަލް މީޑިއާގެ ގްރޫޕުތަކަށް ވެސް ސުޕްރީމް ކޯޓުގެ ސާކިއުލާއާ އެކަމާއި ގުޅޭ ވާހަކަތައް ދެއްކުމުން އެއްވެސް ވަރަކަށް އެ ވާހަކަތައް "ވައިގަ" ހިފާ ގޮތް ނުވާ ކަމަށެވެ. ނަމަވެސް އެކަމުގައި އޭނާ ހުންނެވީ ދޫކުރައްވާ ގޮތަކަށް ނޫނެވެ. ހަސަން ލަތީފް ވިދާޅުވީ އޭނާ އެންމެ ބޮޑަށް ބޭނުންފުޅުން ވަނީ ޖުޑީޝަރީ ކޮމެޓީގެ މެންބަރުންގެ އެއްބާރުލުން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ ސަރުކާރެއް އޮތެކޭ ކިޔާފައި ސުޕްރީމް ކޯޓުން ކުރާހާ ކަމަކަށް ލޯ މަރާލައިގެން ނުހުންނަވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

"އަޅުގަނޑު އެދެން މި ކޮމެޓީގެ މެންބަރުންގެ ކިބައިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދަންނަވަން ކިހިނެއްތޯއޭ ތިބޭފުޅުން ތި ހައްދަވަނީ ތިތާ ތިއްބަވައިގެން. ސުޕްރީމް ކޯޓުން ސާކިއުލާތަކާއި އެއްޗެހި ނެރުއްވައިގެން ހުރިހާ ކޯޓުތަކަށް ނުފޫޒު ފޯރުވަމުން އަންނައިރު އެބޭފުޅުން އެތާ ތިއްބަވަނީ ކީއްކުރަންތޯ. މަޖިލީހުގެ ރައީސް އެބަ އިންނަވާ، މަޖިލީހުގެ މެންބަރަކު އެބަ އިންނަވާ އެތަނުގެ ރިޔާސަތުގައި. ކީއްތޯ އެ ކުރައްވަނީ އެތާ ތިއްބަވައިގެން. މި ނޭނގެނީތޯ މި އެއްޗެހި ނެރޭކަން،" އެމްޑީޕީގެ ޗެއާ ޕަސަންގެ މަގާމުގައި ވެސް ހުންނެވި ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަކަށް ކޯޓުތަކަށް ވަކި ކަމެއް ނޭނގޭނެ ކަމަށެވެ. އެހެންނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަޖިލީހަށް ކަންކަން އެންގޭނެ ކަމަށާއި އެހެންކަމުން ސުޕްރީމް ކޯޓުގެ އެ ސާކިއުލާ ވަގުތުން ވަގުތަށް ބާތިލް ކުރަން އެ ކޮމިޝަނަށް އެންގުމަށް ހަސަން ގޮވާލެއްވިއެވެ.

"އަޅުގަނޑުމެން ހިތުން ވަރަށް މޮޅު ވަރަށް ޑިމޮކްރެޓިކް އުސޫލުތައް ދަންނަ ބޭފުޅުން އެތަނަށް އަޅުގަނޑުމެން ލާފައި އެތިބީ. އެބޭފުޅުންގެ ވިސްނުން ކުރީގައި ތިއްބެވި ބޭފުޅުންނާއި އެއްގޮތަށް ދިޔައީމަ އަޅުގަނޑު މާ ކަންބޮޑުވޭ އިނގޭތޯ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް އެފަދައިން ވިދާޅުވިއިރު ދާދިފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި އެކަމާއި ގުޅިގެން މަޝްވަރާ ކޮށްފައެވެ. ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުގެ އެ ސާކިއުލާގައި އެހެން ކޯޓުތައް މި ދަނޑިވަޅުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވުމަކީ ޝަރުއީ ދާއިރާގެ މުސްތަގިއްލު ކަމަށް އެކަމުގެ ސަބަބުން އަސަރުތަކެއް ފޯރާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކާފަބޭ2020

    ސްޕްރީމްކޯޓު ކިޔަނީކީއްވެތޯ؟

    18
  2. ބްރޯ

    ގާނޫނުއަސާސީގެ 141 ވަނަ މާއްދާ ބުނާގޮތުން އެންމެ މަތީ ކޯޓަކީ އަދި ކޯޓްތަކުގެ އެންމެ މަތީ ވެރިޔަކީ ސްޕްތީމްކޯޓާއި އުއްތަމަ ފަނޑިޔާރު. ކޯޓްތައް މުސްތަގިއްލުވާނީ އެކޯޓުންބަލަމުންދާ މައްސަލަތަކުގަ އެކަނި އެހެން ހުރިހާކަމެއްގަ ބަސްކިޔާނީ ސްޕްރިމްކޯޓުން. ސަރކާރަކުންނޫން މަޖިލީހަކުންނޫން ޖުޑިސަލް އެޑްމިނިސްޓްރޭސަންއަކުންނޫން އަދި ކޮމިސަނަކުންނޫން . އެމްދޑީޕީން ނަސިދު މިވަނީ ހުރިހާކަމެއް ގާނޫނުއަސާސީއާ ހިލާފަށް އޮޅުވާލައިގެން .އެން،މެ މަތީ ކޯޓް އޮޚުވާލަމުންދާ މީހުނާމެދު ގާނޫނީ ފިޔަވަޅު އެޅޭތަން މިހާރުވެސް ފެންނަފަދަ. . ސްޕްރީމްކޯޓަށް ފާޑުކިޔާމީހަކީ މަޖިލީހުގެ މެމްބަރަކުކަމަށް ވިޔަސް މަޖިލިހުގެރައީސް ކަމަށްވިޔަސް ރައީސުލްޖުމްހޫރިއްޔާކަމަށް ވިޔަސް އެކުރަނީ ކުށެއް .އެއީ ކުރަނީގާނޫނުއަސަސީ އުވާލުންފަދަ ކުށެއް.

    29
  3. މަޒް

    ހަސަނާ ކަލޭ ތޮ އުޅެނީ ސިޔާސީ ކެރިއަރު ނިންމާލަންތަ؟ އަންނިއާ ތި ބެހެވުނީ.. އެމީހުން އެތާ ތިބެގެން ކީއްތޯ ތި ކުރަނީ ތި ސުވާލުކުރީ.. މިހާރު އެމަނިކުފާނު ހުންނަވާނީ ހިއްޕު ހަމަނުޖެހިފައި.. ދެންވެސް މާފަށް އެދޭ... އެކަމަކު އެމަނިކުފާނަށް ހުރިހާ ކަމަކާ ބެހެވޭނެ ކަމަސް ހީކޮއްގެން އެމަނިކުފާނު އެހުންނެވީ.. ބޯ ހަލާކު

    31
    1
  4. ކަޅުބެ

    ފާޑުކިޔޭނީވެސް ސުޕުރިމްކޯޓަށް ކަލޭގޯތި މަޖިލީހަކަށްނޫން ވަރަށްސަލާމް ދެން އަތްޖަހާ.

    33
  5. ކަށިމަތިމާލެ

    ހަސަނާ މާއޯގާތެރިބަޔަކައްވެގެން ހުރިހާކަމެއް ރައްޔިތުންނައް އޮޅުވާލަން ނުވިސްނާ މީތިބައިގަނޑުބޭނުންވެގެން ސްޕްރީމްކޯޓުންޖަހާސަކަރާތެއް ހަންފަތުރާންނޫޅޭ

    28
  6. ބަރުގޮނު

    ތިޔަ މީސްމީހުންނަށް ކޯޓްތައް ވަރަށް ކަމުނުދާނެ. ބަލަ މިވެރިކަން ފެށުމާއެކު ކޯޓްތައް އިސްލާހް ކުރީ އެމް.ޑީ.ޕީ އެއްނު.

    27
  7. އަލިކާ

    ހަހަ.. ހާ.. ތިޔަބައި ގަނޑަށް ނޯންނާނެ ރަނގަޅު އެއްގޮތެއްވެސް، ދެން ބާރަށް އަަތްޖަހާ...

    27
  8. ޖުޑިއްޓޭ

    ހަސަން ލަތީފު މާ ގިނަަ ވާހަކަ ނުދައްކާ ނިކަން ބުނެބަލަ ސުޕުރީމް ކޯޓަކީ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ ނުވަތަ ހަސަން އެމީހަކު ވަށައި ތޮވާފު ކުރަމުނ ތިޔަ ދުވާ ނަޝީދު ޖަހާހާ ބެރަކަށް ނަށަން ތިބޭ ބަޔެކޭ. ޢަދި ސުޕުރީމް ކޯޓު ވާން ޖެހޭނީ ދަތް ނެތް މިނިކާވަގެއް ފަދަ ނަމުން ސުޕުރީމް ކަމުން ޗޮކުސް މުއައްސަސާ އަކަށޭ. ހަސަނާ ޗަކޮޔަށް ހީވާކަހަލަ ޤާނޫން ކިޔެވިފަ ހުރި ހަމައެކަނި ޗަކޮޔަށޭ އުތަ! ޗަކޮއެގެ ވާހަކަ ކިޔާލީމަ ހަނދާނަށް އަންނަނީ މަމެން އިސްކޫލުގަ އުޅުނުއިރު ޓީޗަރުން ކިޔާ އެއްޗެއް މަތިން. ޢެއީ “ލިޓްލް ލާރނިންގް އިޒް ޢަ ޑޭންޖަރަސް ތިންގް” އޭ ބުނާ މުހާވިރާ.

    24
    2
  9. ދަރި

    ސްޕްރިމް ކޯޓަކީ ކަލޭމެންގެ ތަރިކަ މުދާ ގަނޑެއްތަ ގާނޫނު ނުދަންނަ ހަތަރު ކަށިމަތި މާލޭ މީހާ... ކޮސް ގޮވަނީ އަމިއްލަ ޕާޓީމީހުން ލައިގެން ޖުޑިޝަރީ ހިންގަމުން ދަނީ ދެން ކޮންބަަޔަކަށްތަ އެއްޗެހި ތިޔަ ގޮވަނީ މިއަދު 3 ބާރުގައި ތިބީ ކަލޭމީހުންގެ މީހުން
    ސަރުކާރުގެ އޮފީސް ތަކަށް އަދި އެބަ އަންގައޭ މަސައްކަތް ކުރާ ގޮތް ބުނެދޭށޭ ކަލޭމެންނާ ކޮންބެހޭ ކަމެއް ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަބާރެކޭ އެއީ އޮފީސް ހުޅުވާލައްޕާ ވަގުތާ މަސައްކަތްކަަތް ރޭވިފައި ވައިގޮތް ކަލޭމެންނަށް އިނގޭކަށް ނުޖެހެއޭ މިވާހަކަ ނޫހެއްގެ ފަލަ ސުރުޚީއަށް އަރުވާވަރުވޭ ދުވަސް ކޮޅަކުން ސްޕްރިމްކޯޓް ވެސް ގޯސް ވާނެ.. ބަލަން ތިބި ބަޔަކަށް މިކަން ފެންނާނެ

    21
  10. ބުރު

    މިކަލޭގެ އަމިއްލަޒާތީކަމެއް ބޭނުންގޮތަކަށް ނުނިމިގެން ތެޅިބައިލަނީ ބަލަ މީ 3ބާރު ވަކިވެފައިވާ ފުރިހަމަ މިނިވަންޤައުމެއް އަބަދު ތިމާވަރެއްނެތިގެން އުޅޭކަށް ނުވާނެ ކިތަންމެ މޮޅުކަމަށް ހީވެގެން ބޮޑާދައްކައިގެން ފައިދާ ހޯދަންއުޅޭނެ ކަމެއްނެތް

    16
  11. ނަފީހ

    މުޅި ދުނިޔެ ކޮވިޑުން އަރައި ނުގަނެގެން ތެޅިބޭލޭއިރު މިތާ އުޅޭ ބޮލުރޮދީން އަދިވެސް ދެއުޅިއެއްނެތް ސިޔާސީ ޖަދަލުގަ.

    18
  12. ދިވެހިން

    މަޖިލިހުން ހުރިހާ ކަމެއް ކުރާ ގޮތައް ތޯ ތިހަށް ދަވަނީ ހު ކުމް ކުރުން ވެސް ތޯ
    ޥީމާ ކޯރޓް ތަ ކުން ކު ރާނެ ކަމެއް ބުނެދެއްވާ މަޖިލިހުން ! ޜައްޔިތުން ގެ ބޯހަލާ ކު ! ހަމަސާބަސް !!!!!!!!

  13. ބްރޯ

    ދުނިޔޭގެ ހުރިހާގައުމެއްގެއަދި އިސްލާމީގައުމުތަކުގާ ކީރިތިގުރްއާން ފިޔަވާ އެންމެ މަތީ ދުސްތޫރަކީ އެ ގައުމެއްގެ ގާނޫނުއަސާސީ ހުރިހާގައުމެއްގާވެސް ގާނޫނުއަސާސީން މަޖިލީހުންފާސްކުރާ ގާނޫނު ބާތިލް ކުރުމާ ވެރިކަންހިންގާފަރާތުންނެރޭ އަމުރު ބާތިލް ކުރުމާ ދަށުކޯޓް ތަކުންނެރޭއަމުރުތަކާ ހުކުމް ބާތިލް ކުރުމުގެ ބާރު ސްޕްރީމްކޯޓަށް ދެވިފަވޭ ހަމަ މިގޮތުން އެހުރިހަބާރެއް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ވެސް ގާނޫނުއަސާސީން ލިބިދިފާ ވޭ. މިހާރު މަޖިލީހުން މިވަނީ އެމިހުނަށް ދީފައިވަ ބާރުތަކުގެ ބޭރަށް ނިކުމެ ސަރުކާރާ ސްޕްރީމްކޯޓް ވެސް ހިގަނީ އެމީހުންގެދަށުންކަމަށް ރައްޔިތުންނަށް ވިސްނާދޭންފަށާފަ އެކުރަނީ ގާނޫނީ ކުށެއް .މިފަދަ ކުށްތަކަށްވެސް އަދަބުލިބެންޖެހޭނެ.

    12
  14. ވާނުވާ

    ވާނުވާގައިތިބޭ މީހުން ކިޔާއެއްޗަކަށް އަހަރެމެން ހަމަހޭގައި ތިބޭމީހުން ބަލާނެކަމަކުނެތޭ!

  15. 4ކަށިމަތި

    މުޅި އޮޑީގައި ހަސަނުގެ ދެފައި!

  16. ހުސެން

    ހަސަނާ ކަލޭ ތިކިޔަނީ ގުދޯ ގުދޯތަ؟ ކަލޭމެން ސަރުކާރުން ކަލޭމެން ފުލް މެޖޯރިޓީން ގެނައި ބެންޗެއް ސްޕްރީމް ކޯޓުގައި މިހާރި ތިއޮތީ؟ތިއީ މައްކާ ގެ މުޟްރިކުން ކަދުރުން ބުދަށް އަޅުކަންކޮށްފަ ކާނެ އެއްޗޭއް ނެތި ބަނޑުހައިވީމާ ބުދުކާލާހެން މިހާރު އެތަނަށް ތިބަވަނީ ،މޮޔަފުޅުވީތޯ ހަސަނާ؟

  17. ބްރޯ

    ނަސީދުގެ ވެރިކަމުގާ ގާޒީ ހައްޔަރުކުރުމަށް ނަސިދު އަތުން ލިޔެފައިވަ ލިއުމުގާ އެބައޮތް ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށްނެގިވާހަކަ އެލިއުމުގެ ކޮޕީ މިހާރުވެސް މިއޮތީ މިހާރުވެސް ނަސީދު އެކުރައްވަނީ ގާނޫނުއަސަސީ ގަޑުބަޑުކޮށް ނަސީދު ބޭނުންވާގޮތަށް ބާރު އޭނަގެ އަތަށް ނަގަމުން އެދަނީ ސްޕްރީމްކޯޓްވަނީ ހަމަހިމޭން ކުރުވާފަ،

  18. ދދދދދދ

    ކަލޯ ހަތަރުކަށިމައްޗާ ކަލޭ ހިތުން ކަލޭ މޮޅީ. ކަލެއަކީ ހަމަ ޅޮހެއް.

  19. ދެލޯ

    މމިމީހުނަށް ހީވަނީ މިއީ މިމީހުންގެ ތަރިކަ މުދަލޭ. ގާނޫނު މާނަކުރުމަކީވެސް ހަސަންލަތީފުގެ އެކަނި ހައްގެކޭ ހީވާކަހަލަ.

    10