ކޮވިޑް-19 ފެތުރުނަ ނުދިނުމަށް މާލެ ސަރަހައްދުގައި ހިންގަމުން އައި ކާފިއު އުވާލުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނިންމަވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް މާލޭގައި ކާފިއު އިއުލާން ކުރީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ.

އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކާފިއު ވަނީ އިއުލާންކޮށްފައެވެ. ކާފިއުގެ އިތުރުން މާލެ ސަރަހައްދުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން ވެސް ވަނީ މަނާ ކުރިއެވެ.

އެކަމަކު، މައިމޫނާ ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް އިއުލާނު ކުރި ކާފިއު އުވާލާފައެވެ. ނަމަވެސް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވެސް އެއް ވަގުތެއްގައި ތިން މީހުންނަށް ވުރެ ގިނައިން މަގުމަތީގައި އުޅުން އަދިވެސް މަނައެވެ.

އެގޮތަށް ނިންމިޔަސް، މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމަށާއި، ގައިދުރުކުރުން އިތުރު ކުރުމަށްޓަކައި މާލޭގެ ލޯކަލް މާރުކޭޓުތަކާއި ސުޕާ މާކެޓްތަކާއި ފިހާރަތަކާއި އޮފީސްތަކާއި ބޭންކުތަކާއި އެހެނިހެން ގޮތްގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި ގައިދުރުކުރުމުގެ ރަނގަޅު މިންގަނޑުތައް ހުންނާނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަން ވާނެ ކަމަށް މައިމޫނާ ނެރުއްވި އެންގެވުމުގައިވެއެވެ.

އަދި މި ޚިދުމަތް ހޯދާ ފަރާތްތަކުން ވެސް ގައިދުރުކުރުމުގެ ގޮތްތަކާއި އާދަތަކަށް އިސްކަންދިނުމަށާއި އެގޮތަށް އަމަލު ބެހެއްޓުމަށް މައިމޫނާ އިރުޝާދު ދެއްވިއެވެ.

މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރިތާ ހަފްތާއެއް ފަހުން، ކާފިއު އުވާލި ނަމަވެސް، އާންމުންގެ އާދަތައް ހުރި ގޮތަށް ބަލާ އިރު، ކަމާބެހޭ ފަރާތްތަކުން ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ކާފިއު ވަގުތު ފެށެން ކައިރިވި ވަރަކަށް މީހުން މަގުމަތީގައި އުޅުން ގިނަވުމާއި ކާފިއު ވަގުތު ނިމުމާ އެކު، އާދަޔާ ހިލާފަށް މީހުން ބޭރުގައި އުޅޭ ކަން ފާހަގަ ކުރެވިގެން އެކަމުގެ ކަންބޮޑުވުން ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކާފިއުގެ ވަގުތުގައި އިއްޔެ ވެސް ބޭރުގައި އުޅެގެން 215 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަސޭހަތް ދިން މީހުންގެ ތެރޭގައި ހިމެނެނީ 177 ދިވެހިންނާއި 38 ބިދޭސީންނެވެ. މިހާތަނަށް ކާފިއުގެ ވަގުތުގައި ބޭރުގައި އުޅެގެން ޖޫރިމަނާ ކޮށްފައިވަނީ ދެ މީހެކެވެ.

ކާފިއު ވަގުތުގައި ބޭރުގައި އުޅޭ ނަމަ، 1000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ފުލުހުންނަށް ލިބުނެވެ.

މީގެ އިތުރުން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ފިހާރަތައް ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ބަންދުކުރަން ވެސް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ. އަދި ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ވެސް ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް ހުއްޓާލަން ޖެހެއެވެ. މާލެ ސަރަހައްދުގައި ހިންގާ އިމާރާތްކުރުމުގެ މަސައްކަތްތައް ވެސް ހަވީރު 5:00 އިން ހެނދުނު 6:00 އާ ދެމެދު ކުރިއަށް ގެންދިއުމަކީ މަނާ ކަމެކެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން ވަނީ އޮފީސްތަކާއި ކޮލެޖްތަކާއި ސްކޫލްތަކާއި ޔުނިވަސިޓީތައް ބަންދުކޮށްފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ގެ 19 މީހަކު ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޔާ ﷲ

    ކާފިއު ދިގުދަންމަވާ

    74
    13
  2. ނަންނު

    ޔާ ﷲ .އަޅަމެއްނަށް ހެޔޮވިސްނުން ދެއްވާންދޭވެ!

    82
    7
  3. ުއުނދުޅި

    ދެން ޕިންކު ކުދިންކޮޅު ނުކު މެ މަގު މަތީ ދުވަންވީކީނޫން

    18
    99
  4. ޙހެހެ

    ސުކުރިއްޔަ

    11
    23
  5. ޓްވީޓް

    ސުވާލަކީ މާލޭގައި ކާފިއު ހިންގިހޭ. ދެއުޅިއެއް ނުވާ ހޮޅި ޕްރޮޖެކްޓެއް. ކަމަކަށް ކަމެއް، ނަމަކަށް ނމެއް ކުރާ ބައެއްމީ

    72
    3
    • މަޒް

      ކާފޮއު ހިންގިޔަސް ކަލޭމެން ކަހަލަ ބޯހަރު މީހުން އުޅެންޔާ ފެންނާނެ އެމަންޒަރުތައް.. މާ މޮޅު ބަޔަކަސް ވެގެން އަމިއްލަ މާ މޮޅެތި ގޮތްތަކެއް އިސްކުރަނީ .. ފުލުހުންވާ ކެތްގަދަ.. ތި ކަހަލަ ދޮޅު ބުރާންތިން ގިނަވީމަ ކާފިޔު ގަޑިގައިވެސް ފެންނާނެ ކޮމެވެސް ވަރަކަށް ދޮޅު ބުރާންތިން މަގު މަތީގައި އުޅޭތަން

      6
      9
    • އަލިބެއްޔާ

      ސުވާލަކީ މިތާގައި ހަދަނީ ކޮވިޑް ޓެސްޓް ތޯ؟؟؟

  6. އުވާލި

    ނޫޅެ މީހުން މަގުމައްޗައްނުކުމެ މުޒާހިރާކުރާކައް އެހާއަވަހައް އެއުވާލީވެސް ދުވަހުން ދުވަހައް މަގުމައްޗައްނުކުންނަ މީހުންގިނަވާތީ ނިކުންނާނެދޯ ބޭނުމެއްނެތްގޮތައް ކަންތައްކުރަންޏާ މިތާކު ބައްޔެއްއޮތީއެއްނޫން ދެންކޮން ގޭބަންދެއްކުރަންތަ

    2
    6
    • މީ

      މާތްﷲ މޮޅަށް ދެނެވޮޑިގެންވަނީ

  7. ރީނދޫ

    ރީނދޫ ކުދިންތީ މާ ރަނގަޅު ބަސްއަހާ ބައެއްތަ ތިޔަ ގުރޫޕު ގާނޫނުތަށް މުގުރަން އެއްމެ ފަރިތަވާނީ ލާދީނީ

    16
    1
  8. ކޮވިޑު

    ކަލޯ ޕިންކީންނެއްނޫން މިދިޔަ ދުވަސްތަކުގައިވެސް ބަސްނާހައިގެން ހިފެއްޓީ! ރީދޫ އުނގުޅައިގެން ތިބި ގުންޑާއިންނާއި، އެމީހުންގެ އައުވާނުން ޤަވާއިދާ ޚިލާފްވީ! މިޤައުމުގައި މިވައިރަސްފެތުރުނީވެސް ތިޔަބައިގަނޑު އިގިރޭސިވިލާތުން އައުވާނުންތައް ގެނެސް މާލެތެރެއަށް ދޫކޮށްލުމުން. އަދިވެސް އެހެންބައެއްގެ ބޮލުގައި ތިއަޅުވަނި.

    15
    3
  9. ޏަމް

    ކާފިއު ހިންގަނީ އަޖުމަބަލާށޯ ކުރިންބުންޏެއްނު ބޭނުމަކީ ދަނޑިވަޅުގެ ފައިދާނެގުން.

  10. ނަސީދު

    ޥެރިންނައް މިތިބެމީ ބުރަނާތިންތަ

    10
  11. ޑަކައިތި 12

    ތިކާފިއު ދަމަހައްޓާ ބަލައަދި ހަފުތާއެއް މާމަދު

    7
    1
  12. ރާޖެ ތެރޭ މީހާ

    އަޅެ މިދެންކޮންފަދަ ކަމެއް މި މިފަހަރު ފެންބިލް އައިރު ވޭތުވެދިޔަ 1އަހަރުތެރޭ ނުވާވަރަށް ފެންބިލްބޮޑުވެފަ އޮތީ ކިހާދެރަކަމެއް މިޔަށް ކިޔާނީ އަނިޔާވެރިކަން ހައްދުފަހަނާ އަޅާފަ މަހީކުރީ ކުޑަވާނެކަން ކުރާނެ ކަމެއްނެށް

    11
    1
  13. އެނޯ

    ގައިދު ކުރުން އިތުރު ކުރުމަށްޓަކައި މާލޭގެ ލޯކަލް... މިވާނީ "ގައިދުރުކުރުން" ކަމަށް. އޮޅުމެއް އަރާފާނެތީ ރަނގަޅު ކުރެއްވުން އެދެން.

  14. ރިސޯޓްމީހާ

    މާލޭގެ ކާފިއުވެސް އުވާލީ .......
    ރާއްޖޭގެ ރިސޯޓުތަކުގައި ތިބި މުވައްޒިފުން މިތިބަގެން މޮޔަވަނީ، އެޗްޕީއޭއިން ބުނަނީ އެންމެ ފަހުގެސްޓުމީހާ ރިސޯޓަށް އައިތާ 14 ދުވަސް ފަހުން އެރިސޯޓެއްގެ މުވައްޒިފުންނަށް ރިސޯޓުން ފޭބޭނެކަމަށް، މި 14 ދުވަސް ހަމަވުމަށްފަހު މުވައްޒިފުން ފޭބުމަށް އެދި ފޯމު ހުށައެޅީމައި މިބުނަނީ ގެސްޓުމީހާ ފުރައިގެންދާތާ 14 ވަނައަށްވާދުވަހު އަލުން ފޯމުތަށް ހުށައެޅުމަށް، ފޯމުތަށް ހުށައަޅާތާ 3 ދުވަސް ފަހުން ރިސޯޓުން ފުރުމުގެ ހުއްދަ ލިބޭނެކަމަށް.
    ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅަކާއި ދެކޮޅުވަނީއެއްނޫން، އެހެން ނަމަވެސް ސަރުކާރުން އެޗްޕީއޭ އިން މިގެންގުޅޭ ޕޮލިސީދެކޮޅުނުޖެހޭތީ އެވާހަކަ މިދައްކަނީ.
    މިސާލަކަށް އެއަރޕޯޓުގައި ގެސްޓުންނާއި ކޮންޓެކްޓްވާގޮތަށް މަސައްކަތްކުރާ ހުރިހާ މުވައްޒިފުންނަށް އެއާޕޯޓާއި، މާލެ، ހުޅުމާލެ، ވިލިމާލެ އަށް އެއްވެސް ދަތިކަމެއްނެތި ދަތުރުފަތުރުކޮށް މުޖުތަމައުތެރޭގައި އެބައުޅެވޭ. އެކަމަކު މިވެސް ގެސްޓުންނާއި ސީދާކޮންޓެކްޓްވާ މީހުން. މިމުވައްޒިފުންގެ ފަރާތުން ބަލި ނުފެތުރޭނޭކަމުގެ ޔަގީންކަން އޮތީތޯ؟
    ގެސްޓުންގެ ފަރާތުންވެސް އަދި މުވައްޒިފުންގެ ފަރާތުންވެސް އެއްވެސް އަލާމާތެއް ނުފެނި، އަދި ގެސްޓުމީހާ އެރިސޯޓަކަށް އައިތާ 14 ދުވަސްވެ އަދި އެގެސްޓު މީހާ އެރިސޯޓަކުން ފައިބައިފައިވާ ރިސޯޓް މުވައްޒިފުން މިޖެހެނީ އިތުރު 14 ދުވަހަށް ރިސޯޓުގައި ކަރަންޓީނުވެގެން ތިބެން. ނިމިދޔަ މާޗް މަހުގެ މެދުތެރެއިން ފެށިގެން ރާއްޖޭގެ ގިނަ ރިސޯޓްތަކުގައި ތިބީ 6-4-2 ގެސްޓުން. މާޗްމަސް ނިމުނުއިރު ގިނަ ރިސޯޓްތަކުގައި އެއްވެސް ގެސްޓަކުނެތް. އެކަމަކު ވެސް މުވައްޒިފުން ކަރަންޓީނުގައި.
    ސުވާލަކީ މާލޭ އެއަރޕޯޓުން ފުރާ ގެސްޓުން ނާއި މުއާމަލާތްކުރާ އެއަރޕޯޓްރެޕް، ސެކިއުރިޓީޗެކިން އޮފިސަރުން، އިމިގްރޭޝަން ކަސްޓަމްސް އޮފިސަރުން ގެ ފަރާތުން މިބަލި ނުފެތުރޭނެކަމުގެ ޔަގީންކަން އޮތީމައިތޯ އެބޭފުޅުންކަރަންޓީނަށް ދާންނުޖެހި އެތިބީ. ރިސޯޓުގައި ތިބި 2 ނުވަތަ 4 ގެސްޓުންގެ ފަރާތުން މިބަލި ފެތުރިދާނެކަމުގެ ޔަގީންކަން އޮތީމައިތޯ އެރިސޯޓެއްގައި ތިބި 250 މުވައްޒިފުން ކަރަންޓީނުކުރަންޖެހެނީ.
    އެހެންވީމައި މިބުނީ ސަރުކާރުންވެސް އެޗްޕީއޭ އިންވެސް ކުރާކަންކަން މިކުރަނީ އަމާބުނީތީ ފަރަށްދާގޮތަށޭ.

    14
    1
  15. ހުސޭން

    އަދިވެސް މިސްކިތް ތަޖުގަ ޖަމާއަތުގަ ނަމާދު ކުރެވޭވަރު ނުވޭތޯ؟

    16
  16. ދެއުޅި

    އާނ އެބަލީގެ ނަންކިޔާހާދުވަހަކު ހިޔެއްނުވެ މިސްކިއްތަކުގަ ޖަމާޢަތްހެދޭނެހެން