މާލޭގައި އިއުލާން ކުރި ކާފިއު އުވާލި ނަމަވެސް، އަދިވެސް އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުންނަށް އެއްވެ ނޫޅެވޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ކުރި އަންގައިފިއެވެ.

މިއަދު ގެޒެޓް ކުރި އިއުލާންގެ 1 ވަނަ ނުކުތާގައި ބުނެފައި ވަނީ މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމަތީ މީހުން އުޅުން ހުއްޓައިލުމާއި، ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ) ގެ ޚިދުމަތް ދިނުން ހުއްޓައިލުމަށް އެންގި އެންގުން ބާޠިލުކުރާ ކަމަށެވެ.

އެހެންނަމަވެސް އެ އެންގުމުގެ މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، އެއްވެސް ވަގުތެއްގައި، އެއްފަހަރާ 3 (ތިނެއް) މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް އެ އެންގުން ވަނީ ދަމަހައްޓާފައެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައެވެ.

މިއާއެކު، މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމަށާއި، ގައިދުރުކަން އިތުރުކުރުމަށްޓަކައި ލޯކަލް މާރުކޭޓުތަކާއި ސުޕަރ މާކެޓްތަކާއި، ފިހާރަތަކާއި، އޮފީސްތަކާއި، ބޭންކުތަކާއި، އެހެނިހެން ގޮތްގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި ގައިދުރުކަމުގެ ރަނގަޅު މިންގަޑުތައް ހުންނާނެގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެކަމަށް އެ އިއުލާންގައި ވަނީ ބުނެފައެވެ.

އަދި ޚިދުމަތް ހޯދާ ފަރާތްތަކުންވެސް ގައިދުރުކަމުގެ ގޮތްތަކާއި އާދަތަކަށް އިސްކަންދިނުމަށާއި އެގޮތަށް ޢަމަލުތައް ބެހެއްޓުމަށް ދަންނަވަމެވެ.

މަތީގައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަލަމް

    ''ހަވީރު 6:00 އިން ރޭގަނޑު 8:00 އަށް'' ހަވީރު 5.00 ރޭގަނޑު 8.00 އަކަށްނޫންތަ؟

    1
    1
  2. ޙަސަންކޮއި

    މިއީ ޑިސިޕްލިން ބަޔަކު އުޅޭތަނެއްނަމަ ތިއަޑުއަހާނެ! މިތަނުގައިޖެހޭނީ ހައްމުށި ހިފައިގެން ނުކުންނަން! ކާފިޔޫ ހިންގާފައި ބާއްވަން! ލަންކާ އެއީ މިސާލެއް!މިއުޅެނީ އެއްވައްތަރެއް! ބަލިމީހަކު ނެތްކަން ޔަގީންވެ ސާދަ ދުވަސް ނުވަނީސް ހިތުހުރިހާގޮތަކަށް އުޅެން ވީއްލުމުން އެކަމުގެ ދެރަ އިހުސާސް ކުރަން ޖެހިދާނެ!