އާޓިފިޝަލް ބީޗަށް ފިރިހެނަކު ވެއްޓިފައި އޮތުމުން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ މީހާ އެތަނަށް ވެއްޓިފައި އޮންނަތާ މިހާރު 20 ވަރަކަށް މިނިޓް ވަނީ ވެފައެވެ.

މަންޒަރު ދުށް މީހަކު"ވަގުތު" އަށް މައުލޫމާތުދެމުން ބުނީ، އެ މީހާ ވެއްޓިފައި އޮތް ސަރަހައްދުގައި ހުރި ހަޓެއްގައި އިށީންދެގެން އިން މަންޒަރު 6:15 ހާއިރު ފެނުނު ކަމަށެވެ. އަދި ފަހުން ފެނުނީ އެ މީހާ ވެއްޓިފައި އޮތް މަންޒަރު ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

އެއީ ދިވެއްސަކު ކަމެއް ނުވަތަ ނޫން ކަމެއް ސާފްވާ ގޮތް ވަނީ ނުވެފައެވެ.

އެ މީހާ އެތަނުން ނަގައިގެން ގެންްދިއުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަބޭ

    ޕާޓޭންތައް ފުރިގެން ބަނޑުންވަނީ

    35
  2. އާދު

    އެޖެންޑާ 19ގެ ޕާރޓޭއިން

    29
    1