ކޮވިޑް 19 އާއި ގުޅިގެން ރާއްޖެ އަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ތިން މިލިއަން ޔޫރޯ ދޭން ނިންމާފައިވާ ކަން ހާމަކޮށްފިއެވެ.

ރާއްޖެއަށް އެހީތެރިވުމަށް ޔޫއެންއިން ދިން ފައިސާގެ ތެރެގައި ހިމެނެނީ ސިއްހީ ދާއިރާ އަށް ދިން 1 މިލިއަން ޔޫރޯ އާއި ފަތުރުވެރިކަމުގެ ދާއިރާއަށް ދިން 2 މިލިއަން ޔޫރޯކަމަށެވެ. އެެއީ ކުދި ވިޔަފާރިތައް މެނެޖްކުރާ ފަރާތްތައް ހިމެނޭ ގޮތަށް ދިން އަދަދެކެވެ.

އީޔޫ އިން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅުއްވާފައިވާ ސަފިރު ޑެނިސް ޗާއިބީ ވިދާޅުވީ މި ފަދަ ވަގުތެއްގައި ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށާ، ކޮވިޑް 19 އަށް ހައްލު ލިބޭނީ އެކުގައި މަސައްކަތް ކޮސްގެން ކަމަށެވެ.

ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ދިން ފައިސާގެ އެހީގައި މިހާރު އޮތް ހާލަތުން އަރައިގަތުން އަވަސް ވާނެކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އީޔޫއިން ރާއްޖެ އަށް އެހީތެރިވުމަކީ އީޔޫ އާއި ރާއްޖެއ އާއި މެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ.

އަދި މިފަދަ ވަގުތެއްގައި އީޔޫއިން ވެދިން އެހީތެރިކަމަށްޓަކާ އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި އީޔޫގެ އެހީއާއި އެކު ރާއްޖެ އޮތް އިގްތިސާދީ ހާލަތުން އަރައިގަތުމަށް އެހީތެރިކަން ލިބޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖެއިން ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ވަނީ، ރާއްޖެއިން ކޮވިޑް 19 އާއި ގުޅިގެން ކުރަމުންދާ ދެފުށް ފެންނަނ، އަވަސް، އަދި ހަރުދަނާ ފިޔަވަޅުތަކަކީ ޔޫއެން އާއި ޔޫއެންގެ މެމްބަުރ ޤައުމުތަކުން މަރުޚަބާކިޔާ ފިޔަވަޅުތަކެއްކަމަށެވެ.

އަދި ޔޫއެންގެ ޤައުމުތަކުން ގުޅިގެން ކުރި މަސައްކަތުން އެއް ޤައުމުން އަނެއް ޤައުމަށް މީހުން ގެންދިއުމުގައި ހޯދައިދިން ފުރުސަތުތަކަކީ ހުރިހާ ޤައުމުތަކަކުން ވެސް ބަލައިގަންނަ ކަމެއްކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ، ޔޫރަޕް އަށް އެކި ހިސާބުތަކުން ފްލައިޓްތައް އުފުހުމަށް މަގުފަހިކުރުމުގެ އިތުރުން، ދުނިޔޭގައި ކޮވިޑް 19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވެ އެ ބަލި ހުއްޓުވަުމަށް ޔޫއެންއިން އެހީވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ބައްޔަށް ތައްޔާރުވެފައިވާ މިންވަރާއި، ކަމެއް ދިމާވުމުން އިޖާބަދޭ ގޮތާއި، ރިސާޗްކުރުމަށާއި ކޮވިޑް19 އަށް ވެކްސިން އާއި ބޭސް ހޯދުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޔޫއެންއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މުހުންމާ

  މިލިއަން ޔޫރޯ ފަތުރުވެރިކަމުގެ ދާއިރާއަަށް ހޯދައިދޭން، ނުވަތަ ދިނުމަށް އީޔޫއިން ނިންމީ ކޮންގޮތަކަށް ބަލާފައިތޯ؟ ފަތުރުވެރިކަމުގެ ދާއިރާގެ ކޮންކަމަކަށް ހޭދަކުރުމަށްތޯ؟
  މިސުވާލު ހިތަށް މިއެރީ މިޒަމާނުގެ ރާއްޖޭގެ އިގްތިސާދު މިނަގަހައްޓަމުން އަންނަނީ ޓުއަރިޒަމުން ކަމަށްވެފައި، މިޓުއަރިޒަމްގެ ރިސޯޓް އޯނަރުންނަކީ ބޮޑެތި މަހުޖަނުންކަމަށްވެފައި، އެވެރެޖް މުވައްޒިފުންނަށް މަދު މުސާރަކޮޅެއްލިބިގެން އެމުވައްޒިފުންކުރި ބުރަމަސައްކަތުން ގައުމުގެ ޓުއަރިޒަމް ކުރިއަރައި، އެމްއެމްޕީއާރުސީ ފަދަ ޓުއަރިޒަމްއާއި ގުޅޭ ދައުލަތުގެ އިދާރާތަކުގެ ތިޖޫރީފުރިބާރުވެ އެބަލަހައްޓަން ތިބިމީހުން އެއިންވައްކަންކޮށް، ގެސްޓުން އައިސްގެން ރިސޯޓް އޯނަރުން ޖީބަށްބަރުވެފައިވީ ނަމަވެސް، ދަތިދުވަސްވަރުއައިމާވެސް އެއްކަލަ އެއްކަލަ ރިސޯޓް ގައި 300ޑޮލަރު ލިބިގެން މަސައްކަތް ކުރި މުވައްޒިފުގެ މުސާރަ 150ޑޮލަރަށް ހަދާލީ.
  އެހެންކަމުން މިދަތި އުނދަގޫ ދުވަސްވަރުގައި ދިވެހި ރައްޔިތުން ޒިންމާވާގޮތަށް ނޭގޭ ލޯނަކަށް އަދި ބޭރުގައުމަކުން މިދައުލަތަށް ލިބޭ އެހީއެއްވެސް ދާންޖެހޭނީ ސީދާ ނިކަމެތި ރައްޔިތުމީހާއަށް މަންފާނުވާގޮތަށް ގޮސްފިއްޔާމު ދެންވާނެ ގޮތަކީ މިދަތިހާލަތު މިހެންގޮސް ދެތިންމަސްވެ މާދާމަ ނިކަމެތި ރައްޔިތުން މުއްސަދިންގެ ގޭގޭގައި ނޯކިރީކަންކޮށްގެން ބަނޑުފުރާނަ މުއްތިކުރި ޒަމާނަށް އެނބުރިގެންދާން ޖެހިދާނެ.

  12
 2. ކޮމެންޓު

  ޔޫރޯ ބުރޯ ނެތްތަ މަށަށް ޔޫރޯކޮޅެއް

  18
  • އާސިފު

   އެމީހުންގެ ބްރޯމެން އިޓަލީ ޕީ÷ަލްއަށް އހީނުވެ، އެމީހުންގެ އެޓަރނަލް އެނެމީސް މުސްލިމުންނަށް ފައިސާ ކޮޅެއް މިދެނީ ބަދަލުގައި ސެކިއުލަރ އަށްނޫންބާއޭހީވެ ސަހަރޯހީވޭ.

   13
   1
 3. Anonymous

  އެމީހުންގެ މީހުން ކަމުގައިވާ އިޓަލީން އެހީއަށް އެދުމުން ބުނީ ނޫނެކޭ! ޔަހޫދީންނާ ނަޞާރާއިން މުސްލިމުންނަށް ހެޔޮނޭދޭނެކަމަށް ﷲ ޔަޢާލާ އަންގަވާފައިވަނީ. މިވެރިން މުފައިސާކޮޅުމިދެނީ ބަދަލުގައިބކޮންފަދަ ނުބައިކަމެއް މިގައުމުގައި ފަތުރަން ފުރުޞަތު ދިނުމަށް އެއްބަސްކުރުވާފަބާއޭ ހީވޭ. އެދުމެއްނެތި ވެދުމެއް ނުކުރާނެ.

  21
  1
 4. ހުނައިފު

  އިޓަލީއަށް ފައިސާ ދިނުމާ ދެކޮޅު ހެދިބަޔަކު، މިމުސްލިމު ގައުމަށް އެހީވާނީ އެބައިމީހުންގެ ލާދީނީ އެޖެންޑާ 19 ތަންފީޒު ކުރުމަށް ކަމަށްމެނުވީ ނުވާނެ.

  20
  1
 5. އަސީ

  އީޔޫ ހާދައަވަހަކައް ރާއްޖެޔައްއެހީވަނީ! އުޓަލީންބުނީ ތިމަންނަމެސް އާދޭސްކުރީމަވެސް އަޅައެއްބުލިޔޭ

  21
  1
 6. ޛހރދ

  ތީ ވ ބޮޑުއަދަދެއް. ތިވާހަކަ ކޮންމެދުވަހަކު ޖަހަންވާނެ.

 7. އިމްރާނު

  ތިބުނާ ލޯނުއަނބުރާ ދައްކާއިރު ކިހާވަރެއްބާ ދައްކަން ޖެހެނީ

  11
 8. އިމްރާނުއަ

  ތިބުނާ ލޯނުއަނބުރާ ދައްކާއިރު ކިހާވަރެއްބާ ދައްކަން ޖެހެނީ

  11
 9. ދިވެހި ގަނޑުވަރު

  މިތާ މިއުޅޭ ކަލޭގެ ތުނޑުހަސަނަށް ވެގެން އިތުރު ވެބް ކެމް ގަންނާށޭ ކިޔާފަ ޕާރޓީ ކުދިން ކޮޅާ އަނދުނޭ ލައިގެން ލާރި ކޮޅު ދަވާލާނެ، ރައްޔިތުން އަވާމެންދުރުގަ ބައިތިއްބާފަ ބުނާނެ، ތިމަންނަ ދެންދުއްވާނީ ބައިސްކަލޭ، މީ ޖަޒީރާ ރާއްޖެ އޭ ކިޔާފަ އެންމެން ޖިފުޓިއަށް ލާފަ ބައިގަނޑު އުޅޭނީ ގަނޑުވަރުގާ ނާޗަރަންގީގަ، ރީއްޗެއްނުން ދިވެހިންނަށް.

  16
  1
 10. އުދާސް

  ﷲ ވަނީ ޔަހޫދީންގެ އަތުން މަދަދަށް އެދުން ނަހީކުރައްވާފައެވެ. އަދީ އެއީ އެހީތެރިންކަމަށް ނުބެލުމަށް އަންގަވާފައެވެ. އެއުރެން މުސްލިމުންގެ މައްޗަށް ގަދަވެއްޖެނަމަ އެއުރެންގެ އަތްތަކާއި ދޫތައް ނުބައިގޮތަކަށް މުސްލިމުންގެ މައްޗަށް ފަތުރާލާނެކަން އަންގަވާފައެވެ. ސޫރަތުލް މުމްތަހިނާގައި އެވަނީ އެވާހަކަތައް ބަޔާން ކޮށްދެއްވާފައެވެ. ޢިޔޫއަކީ ކުރިންވެސް ދިވެހިން ކާފަރު ކުރަން ވާހަކަ ދެއްކި ބައެކެވެ. ވީއިރު މިފަދަ މީހުންގެ އެހީ ހޯދުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ.

  3
  1
 11. Anonymous

  ދުވާލަކަށް 10000 (ދިހަހާސް) ޑޮލަރު. ދެން ހިސާބު ހަދާ އަހަރަކަށް ކިހާވަރެއްތޯ! 4000 ޑޮލަރު ދުވާލަކު ޖީބަށް ވަދޭ. އަހަރަކު، 1.5 މިލިއަން ޑޮލަރު ރައްޔިތުންގެ ފައިސާއިން ވަގަށް ނަގައޭ.. މިއީ އެންމެ ކަމެއް. މިކަހަލަ ކިތައް ޖަރީމާ އެހިންގަނީ.. ވަގަށް ގޮވި ކުދިން ތިބޭ. ގައުމު ވަގުންނަށް ދީގެން ދޮންވެލިން ދަތްްއުނގުޅަން ފަށަންވީ.

 12. އެމަންޖެ

  ތިޔަގެން ރައްޔިތުންނައްވާނެ އެއްވެސް ފައިދާއެއްނެއް.