އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކުރި ފުރަތަމަ، އެންމެ ބޮޑު އޮޕަރޭޝަން ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، ޑރ.މުންޝިދު އިސްކޮށް ހުންނަވައިގެން ކާމިޔާބު ކަމާއި އެކީ ނިންމާފައިވާ އޮޕަރޭޝަނަކީ އުމުރުން 82 އަހަރުގެ މީހެއްގެ އުނަގަނޑުގެ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަން ކޮށްފައިވާ މީހާގެ ހާލަތު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ މިއަދު ކުރިއަށް ދިޔަ އެ ހޮސްޕިޓަލުގެ ފުރަތަމަ އެންމެ ބޮޑު އޮޕަރޭޝަން ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ކަމަށެވެ.

ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް ކޮވިޑް-19 އާއި ގުޅިގެން ފްލޫ ކްލިނިކަކަށް ބަދަލުކޮށް އެ ހޮސްޕިޓަލުން ދެމުން އައި ހުރިހާ ހިދުމަތެއް މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ.

މި ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަން ފެށި ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ސޯބެމެން ގޮވި ތިއީ ބޭނުންތަނެއްނޫނޭ! ރައީސް ޔާމީނު ކޮށްދެއްވި މަސައްކަތުގެ ފޮނި މޭވާ މިއަދު އެބަ ލިބޭދޯ!

    72
    6
  2. މާލެ ބޭބެ

    ރ.ޔާމިން ރައްޔިތުންނަށް ކަންކަން ކޮށްދެއްވީ އެއްވެސް ރައިއްޔަތަކު ކިބައިން އެއްވެސް އެއްޗެއް ހޯއްދަވާކަށްނޫން.
    އަޒުމާއި ވިސްnުމަކީ ދިވެހި ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުކޮށް ރައްޔިތުންނަކީ ބޭސްފަރުވާއަށް އަދި އިޖުތިމާއީ ކަންކަމަށް ސަލާމް ޖަހަން ނުޖެހި ޤައުމު ތެރެއިން ރައްޔިތުންގެ މުހުތާރު ފުރިހަމަ ވެގެން ދިއުން.... އެމަނިކްފާނަށް މިއަދު ޖަލުގަ ދެވޭ ނުހައްގު އަދަބަކި ދިވެހި ޤައުމިއްޔަތާއި މިނިވަންކަން އެއީ ކައިރި ޤައުމެއްގެ ބެކް ޔާޑަކަށް ދޫކޮށްނުލާނަމޭ ވިދާޅުވެ ކުރެއްވި މަސައްކަތުގެ ސަބަބުން ދިވެހި ޚާއިނުންނާއި މިފަދަ ޤައުމު ތަކުގެ ނަފުރަތު...މަގު ކޮށާ ފައްކާ ކުރީ ސްޕްރީމް ކޯޓުގައި އެއިރު ތިއްބެވި ޚާއިނުން.... އައްޑޫ ހޮސްޕިޓަލްގެ މަސައްކަތްކުރީ އެލިއާ ކޮންސްޓްރަކްޝަނުން...އެއީވެސް ރ.ޔާމިންގެ ހަމަހަމަ ކަމުގެ ވިސްނުމުގެ ރިވެތި މިސާލެއް..... ޝުކުރިއްޔާ ދިވެހި މެޑިކަލް ޓީމަށް.....

    20
    3
  3. ޟަމީރު

    ޝުކުރިއްޔާ ރައިސް ޔާމީން.މަރުހަބަ މުރުޝިދު އާއި ޓީމް

    18
    4
  4. އައްޑޫސިޓީ

    ޝުރިއްޔާ ރައީސް ޔާމީނު.

    21
    4
  5. އެޖެންޑާ-19

    ދެން ކޯންޗެކޭ ކިޔައިގެން ހޮސްޕިޓަލެއް ނެތޭ، ބޭސް ކުރެވޭކައް ނެތޭ، ކިޔެވޭކައް ނެތޭ ކިޔައިގެން މާލެ އައިސް ތެޅޭކައް! އެންމެހާމޮޅައް ކިޔެެވެންވެސް އޮވޭ. ތަނަވަސް ބިން ތަކާ ގޯތި ތަކާ ދަންޑު ހެއްދެންވެސް އޮވޭ!

  6. ނަގުލު ފިއްތި

    ހޮސްޕިޓަލް ތެރެޔައް ވަދެލީމަ އިޚްސާސް ކުރެވުނީ ރައީސް ޔާމީން އައްޑޫ ރައްޔިތުންނަށްޓަކާ ކޮށްދީފަ ހުރި މަސައްކަތުގެ ފުރިހަމަކަން.

  7. މަރިޔަމް

    މރައީސް ޔާ މީން ޖަލުގައި ބާއްވާފަ އޮތަސް އެއަޅުގެ ހިދު މަތް ތާއަބަދު ރައްޔިތުންނަށް ލިބިލިބި އެހަދާން ނުފޮހެވޭނެ