ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހުން މައުލޫމާތު ސިއްރު ކުރިކަމުގެ ތުހުމަތު ތަކެއް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ކުރައްވައިފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވް ކޭސްތަކެއް ނުފެންނަތާ ދުވަސްކޮޅެއްވުމަކީ ނުވަތަ ޝައްކުކުރެވޭ މީހުންގެ އަދަދު މަދުވުމަކީ އާއްމުން ކަން ފަސޭހަ ކުރަންވީ ވަގުތެއް ނޫން ކަމަށެވެ. މިނިސްޓަރު އަމީން ވަނީ މި ހާލަތުގައި ރިސޯޓުތަކުން ވެސް ތެދު މައުލޫމާތު ހާމަ ކުރުމަށް އެދޭ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަދިވެސް ރާއްޖެއިން ގިނަ ކަންކަން އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވިއެވެ. މިނިސްޓަރު އަމީން ވިދާޅުވީ ބައެއް ހާލަތްތަކުގައި ހުމާއި ރޯގާގެ ކޭސްތައް ފެނުމުން ކަން ފަސޭހަކޮށްލާ ނުވަތަ މައުލޫމާތު ހިއްސާކުރުމަށް ޖެހިލުންވާ ވަގުތު އަންނަ ކަމަށެވެ. އަދި އެކަން ނުކުރުމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންގެ ރާއްޖެއިން ޕޮޒިޓިވް ކޭސްއެއް ނުފެނި ދުވަސްތަކެއް ދިއުމާއި ސަސްޕެކްޓެޑް ކޭސްތައް މަދުކަމުގައިވީ ނަމަވެސް އަދިވެސް އަޅުގަނޑު ދަންނަވާނީ މިކަމުަގއި ކަން ފަސޭހަ ނުކުރާށޭ، މިކަމުގައި އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެބަޖެހޭ. ވަކިން ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ރިސޯޓުތަކުން 14 ދުވަސް ހަމަވެގެން މީހުން މުޖުތަމައުގެ ތެރެއަށް ދާއިރުވެސް 14 ދުވަހުގެ ތެރޭގައި އެއްވެސް އަލާމާތެއް ފެނިފައި ހުރި މީހަކުވާ ނަމަ ސިއްރު ނުކުރުމަކީ އަޅުގަނޑުމެން ވަރަށް އެދޭ ކަމެއް،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ރިސޯޓެއްގައި މީހެއްގެ ކިބައިން އަލާމާތެއް ހުރިކަން ފާހަގަ ކުރެވި އެކަން ނުބުނެ ހުރެއްޖެ ކަމަށްވާ ނަމަ މުޅި ރާއްޖޭގެ ހުރިހާ އެންމެން ވަރަށް ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމަށެވެ.

"އެހެންވީމަ އެއްވެސް އަލާމާތެއް، ކޮވިޑް-19 އާ މިބައްޔާއި ގުޅޭ ގޮތުން އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހާމަކުރުމަކީ އެއީ ވަރަށް މުހިއްމު ކަމެއް،" އަމީން ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 19 މީހެކެވެ. އޭގެތެރޭގައި ހަތަރު ދިވެހިން ހިމޭނޭއިރު ބާކީ ތިބި އެންމެންނަކީ ހުސް ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި މިހާރު އެ ބައްޔަށް ފަރުވާ ދެމުން ދަނީ ހަތަރު ދިވެހިންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދދދދދދ

    އެއީ ކަލޭމެން އިނގިރޭސިވިލާތުން ގެނެސް ތެޅޭނެ ވައްތަރަކަށް މާލެތެރޭ ތެޅެން ބައިތިއްބާފަ ތިބި މީހުން ދޯ؟

    22
    3
  2. ބްރޯ

    ބޭރުން މީހުން އެރެ ވުމުގާ މިހާރު ގެންގުޅޭ އުސޫލު ބަދަލުނޮކޮށް ގެންދަންޖެހޭނެ .ޔޫރަޕާ އޭސިޔާގަ މިހާރުވެސް ފެތުރެމުންދާތީ ޓޫރިސްޓުންގެގޮތުގާވެސް އެހެންގޮތެއްގަވެސް ގައުމަށް މީހުން އެތެރެ ކުރުމަކީ މިހާލަތު ގޯސްހަލަތަކަށް ބަދަލުވެދާނެކަމެއް . މިހާލަތުގަ ދެމެހެއްޓޭތޯ މަސައްކަތްކުރަންވާނެ.

    21
  3. ރަށު ހެލްތު ޕޯސްޓް

    ގިނަ ރިސޯޓް ތަކުގަ ހަރަދު ކުޑަކުރަން ޑޮކްޓަރުން ނެއް ނުތިބޭ . ދެންކާކު ޓެސްޓް ހަދާނީ. ރިސޯޓުން ބޭނުން ވަނީ ހަރަދު ކުޑަކުރަން ރަށައް އަވަހައް ފޮނުވާލަން. ބަލި ވާހަކަ ބުނި ކަ މެކު ވެސް އަޅާ ނުލާ. ބަލަނީ އަވަހައް ފޮނުވާލެވޭތޯ

    2
    1
  4. ެައަލީ

    ހާދަ ހަޑި ނިޔަފަތި ތަކެއް