00:22

23:47

23:18

އިނގިރޭސިވިލާތުން 5706 މީހަކި މިއަދު ވެސް ފައްސި (ޕޮޒިޓިވް) ވެއްޖެ. މިއަދަކީ އިނގިރޭސިވިލާތުން ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވި ދުވަސް.

22:48

22:11

21:41

21:31

21:19

19:51

18:56

18:27

18:19

18:18

17:45

17:44

17:33

17:12

16:50

16:38

ޕެރެގުއޭއިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އެޤައުމުން 129 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 6 މީހަކު ވަނީ މަރުވެފައި.

16:37

ކޮންގޯ އިން އިތުރު 35 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު ދެމީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 215 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 20 މީހަކު ވަނީ މަރުވެފައި.

16:36

ފަލަސްތީނުން އިތުރު ތިން މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް 266 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން އެކަކު ވަނީ މަރުވެފައި.

16:36

ބޮލީވިއާ އިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 268 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 19 މީހަކު ވަނީ މަރުވެފައި.

16:34

ކިރިގިސްތާނުން އިތުރު 18 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 298 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 5 މީހަކު ވަނީ މަރުވެފައި.

16:33

ޓައިވާނުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު މީހަކު މަރުވެއްޖެ. މިހާތަނަށް އެޤައުމުން 382 މީހަކަށް ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 6 މީހަކު ވަނީ މަރުވެފައި.

16:33

ބަންގްލަދޭޝް އިން އިތުރު 94 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު ހަ މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 424 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން 27 މީހަކު ވަނީ މަރުވެފައި.

16:32

ލުބްނާނުން އިތުރު 27 މީހަކު ކޮވިޑް-19 އަށް ފައްސިވެ މި ބަލީގައި އިތުރު އެކަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 609 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 20 އަށް އަރާފައި.

16:31

ކަޒިކިސްތާނުން އިތުރު 21 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު މީހަކު މަރުވެއްޖެ. މިހާތަނަށް އެޤައުމުން 802 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 9 މީހަކު ވަނީ މަރުވެފައި.

16:31

އަރްމޭނިއާ އިން އިތުރު 16 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 937 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިނ 11 މީހަކު ވަނީ މަރުވެފައި

16:31

ލިތުއާނާއިން އިތުރު 44 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 999 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 17 މީހަކު ވަނީ މަރުވެފައި.

16:30

ސްލޮވޭނިއާ އިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު ދެ މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 1160 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 45 މީހަކު ވަނީ މަރުވެފައި.

16:28

ހަންގޭރީން އިތުރު 210 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 11 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1190 މީހަކަށް ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 77 މީހަކު ވަނީ މަރުވެފައި.

16:27

ނިއުޒިލޭންޑުން އިތުރު 44 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 1283 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު މިހާތަނަށް މި ބަލީގައި އެޤައުމުން މަރުވީ ދެ މީހުން.

16:26

މޮރޮކޯ އިން އިތުރު 57 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 1431 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 105 މީހަކު ވަނީ މަރުވެފައި.

16:25

ޔޫކްރޭނުން އިތުރު 331 މީހަކަށް ކޮވިޑް-19 ޖެހި، ބަލީގައި އިތުރު 12 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 2203 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 69 މީހަކު ވަނީ މަރުވެފައި.

16:25

ތައިލޭންޑުން އިތުރު 50 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2473 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 33 މީހަކު ވަނީ މަރުވެފައި.

16:24

މެކްސިކޯ އިން އިތުރު 260 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 20 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 3441 މީހަކަށް ވައިރަސް ޖެހިފައި ވާއިރު އޭގެތެރެއިން 194 މީހަކު ވަނީ މަރުވެފައި.

16:23

އިންޑޮނީޝިއާ އިން އިތުރު 219 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 26 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3512 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 306 މީހަކު ވަނީ މަރުވެފައި.

16:23

ފިލިޕީންސް އިން އިތުރު 119 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 18 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4195 މީހަކަށް ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 221 މީހަކު ވަނީ މަރުވެފައި.

16:22

މެލޭޝިއާ އިން އިތުރު 118 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު ތިން މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 4346 މީހަކަށް މި ބަލި ޖެހިފައިވާއިރު އޭގެތެރެއިން 70 މީހަކު ވަނީ މަރުވެފައި.

16:21

ޕާކިސްތާނުން އިތުރު 112 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު އެކަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4601 މީހަކަށް ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 66 މީހަކު ވަނީ މަރުވެފައި.

16:20

ޖަޕާނުން އިތުރު 183 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް 5530 މީހަކަށް ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 99 މީހަކު ވަނީ މަރުވެފައި.

16:18

ރޮމޭނިއާއިން އިތުރު 265 މީހަކު ކޮވިޑް-19 އަށް ފައްސިވެ އިތުރު 9 މީހަކު މި ބަލީގައި މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5467 މީހަކަށް ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 257 މީހަކު ވަނީ މަރުވެފައި.

16:17

ޗެކްރިޕަލްލިކުން އިތުރު 20 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5589 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 113 މީހަކު ވަނީ މަރުވެފައި.

16:16

ޕޮލޭންޑުން އިތުރު 167 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު އެކަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 5742 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 175 މީހަކު ވަނީ މަރުވެފައި.

16:15

އޮސްޓްރޭލިއާ އިން އިތުރު 51 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އިތުރު ދެމީހަކު މި ބަލީގައި މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 6203 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 228 މީހަކު ވަނީ މަރުވެފައި.

16:14

އިންޑިއާގައި އިތުރު 46 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 6771 މީހަކަށް ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 228 މީހަކު ވަނީ މަރުވެފައި.

16:11

ދެކުނު ކޮރެއާގައި ކޮވިޑް-19 ޖެހިގެން އިތުރު ހަތަރު މީހަކު މަރުވެ އެގައުމުން މަރުވި މީހުންގެ އަދަދު 208 އަށް އަރައިފި. އެ ގައުމުން އިތުރު 27 ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 10450 އަށް އަރާފައި.

16:11

ރަޝިއާގައި ކޮވިޑް-19 ޖެހިގެން އިތުރު 18 މީހަކު މަރުވެ އެގައުމުން މަރުވި މީހުންގެ އަދަދު 94 އަށް އަރައިފި. އެ ގައުމުން އިތުރު 1786 ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11917 އަށް އަރާފައި.

16:10

އޮސްޓްރިއާގައި ކޮވިޑް-19 ޖެހިގެން އިތުރު 24 މީހަކު މަރުވެ އެގައުމުން މަރުވި މީހުންގެ އަދަދު 319 އަށް އަރައިފި. އެ ގައުމުން އިތުރު 154 ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 13398 އަށް އަރާފައި.

16:09

ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން އިތުރު ތިން މީހަކު މަރުވެ އެގައުމުން މަރުވި މީހުންގެ އަދަދު 957 އަށް އަރައިފި. އެ ގައުމުން އިތުރު 31 ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 18176 އަށް އަރާފައި.

16:08

ނިއުޒިލޭންޑުގައި ކޮވިޑް-19 ޖެހިގެން އިތުރު 10 މީހަކު މަރުވެ އެގައުމުން މަރުވި މީހުންގެ އަދަދު 958 އަށް އަރައިފި. އެ ގައުމުން އިތުރު 121 ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 24182 އަށް އަރާފައި.

16:07

އެމެރިކާގައި ކޮވިޑް-19 ޖެހިގެން އިތުރު ހަ މީހަކު މަރުވެ އެގައުމުން މަރުވި މީހުންގެ އަދަދު 16697 އަށް އަރައިފި. އެ ގައުމުން އިތުރު 329 ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދު ވަނީ 468895 އަށް އަރާފައި.

16:06

ޗައިނާގައި ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ އެގައުމުން މަރުވި މީހުންގެ އަދަދު 3336 އަށް އަރައިފި. އެ ގައުމުން އިތުރު 42 ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދު ވަނީ 81907 އަށް އަރާފައި.

15:35

15:33

15:23

15:12

14:59

14:36

14:13

13:42

13:18

11:43

10:51

10:48

10:35

10:30

10:15

10:02

09:13

08:48

05:08

ބްރެޒިލްއިން އިތުރު 4 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 954 އަށް އަރައިފި. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 134 މީހަކު މަރުވެފައިވޭ. ބްރެޒިލްއިން އިތުުރ 53 މީހަކު ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު ވަނީ 18،154 އަށް އަރާފަ

05:06

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 136 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 1858 އަށް އަރައިފި. އެގައުމުން މިހާތަނަށް 16649 މީހަކު ވަނީ މަރުވެފަ. އެމެރިކާއިން އިތުރު 2826 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 468008 އަށް އަރާފަ

04:44

03:03

ޖަރުމަނުން ކޮވިޑް-19 ޖެހިގެން އިތުރު 147 މީހަކު މަރުވެ އެގައުމުން މަރުވި މީހުންގެ އަދަދު 2529 އަށް އަރައިފި. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން މިވަނީ 180 މީހަކު މަރުވެފަ

03:01

ބްރެޒިލުން އިތުރު 1250 މީހަކު ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު 17857 އަށް އަރައިފި

03:01

ބްރެޒިލުން އިތުރު 115 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު މިވަނީ 121 އަށް އަރާފަ. މިހާތަނަށް އެގައުމުން 941 މީހަކު ވަނީ މަރުވެފަ

03:00

އެމެރިކާއިން އިތުރު 6332 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 28506 މީހަކު ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 463433 އަށް އަރާފަ

02:59

އެމެރިކާއިން އިތުރު 258 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 16،504 އަށް އަރައިފި. ފާއިތުވި 24 ގަޑިއިރު އެގައުމުން 1716 މީހަކު ވަނީ މަރުވެފަ

01:56

01:30

01:19

01:07

އިޓަލީ ފުރަބަންދުކޮށްފައި އޮތް އޮތުން މޭމަހުގެ 3 ވަނަ ދުވަހާއި ހަމައަށް އިތުރުކުރަން އެގައުމުން ސަރުކާރުން މަޝްވަރާތައް ފަަށައިފި.

01:07

ކެނެޑާގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެދާނެ ކަމުގެ އިންޒާރު އެގައުމުން ދީފި. ކެނެޑާ ސަރުކާރުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ މެދު ތެރެއަށް ދާއިރު، 700 މީހުން މަރުވާނެ ކަމަށާއި، މި ބަލިމަޑުކަމުގެ ތެރޭގައި ޖުމްލަ 11،000 އާއި 12،000 އާއި ދެމެދުގެ މީހުން މަރުވެދާނެ ކަމަށާ އަދި އެކަން ބިނާވެފައިވަނީ އިޖުތިމާއީ ގައިދުރުކުރުން ބާއްވާ ގޮތަކުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވޭ. ކެނެޑާއިން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓުކޮށްފައިވޭ. މި ރިޕޯޓާއި ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވީ ގިނަ ބަޔަކަށް ބޭނުންކުރެވޭ ވެކްސިން އުފެއްދުމުގެ ކުރިން އެގައުމުން އާންމު ހާލަތަކަށް ބަދަލުވާނެ އެއްވެސް ގޮތެއް ނެތްކަމަށް

00:59

ދެކުނު އެފްރިކާ މިމަހުގެ ނިޔަލަށް ފުރަބަންދު (ލޮކްޑައުން) ކޮށްފައި ބާއްވަން ނިންމައިފި

00:58

ސްޕެއިންގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި. އެގައުމުގައި ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މާރިޗް މަހުގެ 14ގަ. އޭގެ ފަހުން އަނެއްކާވެސް މާރިޗް މަހުގެ 27 ގައި މުއްދަތު އިތުރުކޮށްފައިވޭ. މިފަހަރު އެގައުމުން ނިންމާފައިވަނީ މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ބޭއްވުމަށް

00:58

00:56

ޖޯޑަން އިން އިތުރު އެކަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 7 އަށް އަރައިފި. އެގައުމުން އިތުރު 14 މީހަކު ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 372 އަށް އަރާފަ

00:55

އަލްޖީރިއާ އިން އިތުރު 30 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 235 އަށް އަރައިފި. އެގައުމުން އިތުރު 94 މީހަކު ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1666 އަށް އަރާފަ

00:54

އާޖެންޓީނާއިން އިތުރު 6 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 71 އަށް އަރައިފި. އެގައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1795 އަށް އަރާފަ

00:53

ޑޮމިނިކަން ރިޕަބްލިކް އިތުރު 10 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 118 އަށް އަރައިފި. އެގައުމުން އިތުރު 238 މީހަކު ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2349 އަށް އަރާފަ

00:53

އީކުއޭޓާއިން އިތުރު 30 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 272 އަށް އަރައިފި. އެގައުމުން އިތުރު 515 މީހަކު ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 4965 އަށް އަރާފަ

00:52

ރޯމެނިއާއިން އިތުރު 19 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 28 އަށް އަރައިފި. އެގައުމުން އިތުރު 248 މީހަކު ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 5202 އަށް އަރާފަ

00:50

ޕެރޫ އިން އިތުރު 17 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 138 އަށް އަރައިފި. މިހާތަނަށް އެގައުމުން 5256 މީހަކު ވަނީ މި ބައްޔަށް ފައްސިވެފަ

00:49

ޗިލީއިން އިތުރު 9 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 57 އަށް އަރައިފި. ޗިލީން އިތުރު 428 މީހަކު ފައްސިވެ، ފައްސިވި މީޙުންގެ އަދަދު 5972 އަރައިފި

00:47

އިޒްރޭލުން އިތުރު 8 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި. މިހާތަނަށް އެގައުމުން އިތުރު 500 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 9968 އަށް އަރާފަ

00:45

ބްރެޒިލުން އިތުރު 17 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 19 އަށް އަރައިފި. މިހާތަނަށް އެގައުމުން 839 މީހަކު ވަނީ މަރުވެފަ. ބްރެޒިލުން އެގައުމުން 16747 މީހަކު ވަނީ ފައްސިވެފަ

00:44

ކެނެޑާއިން އިތުރު 76 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 503 އަށް އަރައިފި. އެގައުމުން އިތުރު 1258 މީހަކު ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު 20696 އަށް އަރައިފި

00:42

ތުރުކީން އިތުރު 96 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަަދު 908 އަށް އަރައިފި. ތުރުކީން އިތުރު 4056 މީހަކު ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު ވަނީ 42282 އަށް އަރާފަ

00:41

އެމެރިކާއިން އިތުރު 2499 މީހަކު ކޮވިޑް-19 އަށް ފައްސިވެ އެގައުމުން ފައްސިވި މީހުންގެ އަދަދު 457101 އަށް އަރައިފި. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 22174 މީހަކު ވަނީ ފައްސިވެފަ

00:40

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 172 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 16246 އަށް އަރައިފި. އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1458 މީހަކު ވަނީ މަރުވެފަ

00:26


ކޮވިޑް-19 ކޮންޓްރޯލް ކުރަން ވަރުގަދަ ފިޔަވަޅުތަކެއް ގިނަ ގައުމުތަކުން އަޅާފައި ވީނަމަވެސް ގިނަ ގައުމުތަކުން އެންމެ އެދެވޭ ނަތީޖާއެއް ނުފެނި، ބަލި ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވަމުން އެބަދެއެވެ.

އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ އެމެރިކާގެ ހާލަތު މިއަދު އަދި އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކުރެވެއެވެ. އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން ނިއުޔޯކުން މިއަދު މަރުވި މީހުންގެ އަދަދު ވަނީ އެހެން ދުވަސްތަކަށް ވުރެ އިތުރު ވެފައެވެ.

އިޓަލީވިލާތާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ހާލަތު ވެސް އަދި ރަނގަޅެއް ނުވެއެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން މަރުވި މީހުންގެ އަދަދު އަނެއްކާވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް ސްޕޭންގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމުގެ ނިޝާންތައް އެބަފެނެއެވެ.

އިތުރު ގައުމުތަކަށް ބަލާއިރު މިއަދު ތުރުކީވިލާތުން ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ބެލްޖިއަމް، ނެދަލޭންޑް، ކެނެޑާގެ ހާލަތު ވެސް ފެންނަނީ ވަރަށް ގޯސްކޮށެވެ.

އިންޑިއާގެ ހާލަތު ވެސް އިތުރަށް ގޯސްވަމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ރާއްޖެ އިން މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު މާލޭ ސަރަހައްދުގައި ކާފިއު ހިންގުން ވަނީ މިއަދު ހުއްޓާލާފައެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް-19 ނެތްކަމަށް ބެލުމުގެ ފުރުސަތު ނެތް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މިރޭ ވެސް ވަނީ ވިދާޅުވެފައެވެ.

މެލޭޝިއާގައި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވި ޚަބަރު މިއަދު ލިބިފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނައީމް

    ވަޒީފަތަކުން ކަނޑާލާފަ ގޭގަމަޑުކުރުމަށް އަންގާފަ އަދި ބޭރަށް ނިކުމެއްޖެނަމަ ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުވެސްދީފަ ދެން ގޭގެ ބިލްތަށްބޮޑުވީމާ ނިކަމެތިން އިތުރުހާސްކަމަކާއި ނުތަނަވަސްކަމުގެތެރޭގައި އަޅާލާނެ މީހަކުނެތް.. މި ހާލަތުގަވެސް %40 ކުޑަކުރާނެ ކަމަށްބުނެ ސަރުކާރުން ރައްޔިތުންނަށް ހެދީ ދޮގު/މަކަރު މިމަހުގެ ބިލްތަށް އަތްނުފޯރާވަރަށް މައްޗަށް ދުވަހަކުވެސް ބިލްތައް ބޮޑުނުވާހާވަރަށް ބޮޑުވެސްވެއްޖެ . އަދި މިމަހުގެ 19ރައިގެކުރިން ނުދައްކައިފިނަމަ %2 ޖޫރިމަނާ ކުރާނެކަމަށް އިންޒާރުވެސްދީފަ.