ކޮވިޑް-19 އާއި ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި ސްޓޭޓް ކައުންސިލަރ ވާންގްޔީގެ އިތުރުން ޗައިނާ ސަރުކާރުން ދައްކާ ލީޑަރޝިޕަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ތައުރީފް ކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިގޮތަށް ތައުރީފް ކުރައްވާފައި ވަނީ، ޗައިނާގެ ފޮރިން މިނިސްޓަރ އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ އާ ފޯނުން ގުޅުއްވައި، ކޮވިޑް-19 އާ ބެހޭ ގޮތުން ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.

މިނިސްޓަރ ޝާހިދު ވަނީ، ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތާއި، ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު ޗައިނާގެ ފޮރިން މިނިސްޓަރަށް އަރުވާފައެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. ޗައިނާގެ ފޮރިން މިނިސްޓަރާއެކު އިއްޔެ ފޯނުން ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ވަޞީލަތްތައް ޗައިނާގެ ޔުނާން ޕްރޮވިންސް އިން ދިވެހިރާއްޖެއަށް ދިން ހަދިޔާކުރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހެހެހެ

    ކޮބާތަ؟ އެކުވެރި ސުބުރަމާނީ، އެ ސޮރު އޯކޭ ދިނީތަ؟ ފަސްޓް ޕޮލިސީ ދޫކޮށްލީތަ؟ ސުބުރަމާނީ އަށް ދީފަ ދެން އޮތްބައި އެ މީހުނަށްތަ؟ ހެހެހެހެ

    32
  2. އަޙްމަދު

    އެއްޗެހި ތަކެއް ބޭނުންވީ ހެންހީވަނީ

    40
  3. މަބޭ

    ޗައިނާއިން ރާއްޖެ ތަރައްގީވެސްކޮއްދޭން ހުރިހާހާލަތެއްގަ އެހީތެރިވާނެ ބަދަލުގަ އަޅުވެތިނުކުރާނެ ނަމަވެސް ސާހިދުމެނައް ކަމުނުދަނީ ޗައިނާއަކުން އަމިއްލަ ޖީބައްއަޅާނެ އެއްޗެއްނުދޭނެ .

    38
  4. ކޮވިޑު

    އިންޑިއާ ވަރެއްނެތިގެން ގެރިމޯދީ ރުއްސަން ޗައިނާއަށް އެއްޗެތި ގޮވާފައި، ފައިބުޑަށް ވެއްޓުނިދޯ! ރައީސް ޔާމިން ކޮށާފައި ހުރިމަގުތަކުން ނޫނީ އެއްޗެއް ނުލިބޭނެކަން އެނގުނި. ހެހެ!

    39
  5. ފަސްޓްޕޮލިސީ

    ޔަގީން ކޮންމެވެސް ކަހަލަ އެތިކޮޅެއް ހޯދާލަންވީ ފަސްޓް ޕޮލިސީއިން އެއްޗެއް ނުލިބުނީކަންނޭގެ

    18
  6. ދަންބެރު

    ކިތަންމެވަރަކަށް ހެއްދިޔަސް ކާޕެޓު ވަގަށް ނުގެންދާކަމަކަށް ދެނެއްނުވާނެ އިންޑިއާއަށް މިކަން ނޭނގުނަސް ޗައިނާޔަށް މިކަން އެނގޭ.

    13
  7. ޕްރީޕެއިޑް ޖީވަންޓޭ

    ތައުރީފުވެސް ކުރަން ޖެހުނީ! އާދޭސްވެސް ކުރަން ޖެހުނީ! ލަންކާއަށް އެހާ ބޮޑު އެހީއެއް ލިބުމުން ހައިރާންވެ އެމީހުން ހެދި ފަންޑިތައަކީ ކޮބާތޯ ސުވާލުވެސް ކުރަން ޖެހުނީ! އަދިވެސް ފުއްޕާފަ ވައްތަރު ޖައްސާ. ލަދުހަޔާތް މަދު ބައިގަނޑެއް. މިހިރަ މުސްކުޅި ބެވެސް ގޮތެއްފޮތެއް ނުހުރޭ.

  8. ރާއްޖެ

    ކޮވިޑް ކަންތައްތަކުގައި އިންޑިއާއިން ކޮއްދެވޭނެ ކަމެއް ނެތީމަ ކޮޅު އަނބުރާލަނީ. އާދޭސް ކުރީމަވެސް ލިބުނު އެއްވެސް އެއްޗެއް ނެތް.

    11
  9. ޝާހިދުގެބޭބެ89

    ޝާހިދުއައްމިގޮވާލަނީ ޗައިނާއާ ވަރައްގާތްގުޅުމެއްއުފައްދަން އިންޑިއާއަތަކުން ރަނގަޅުއެއްޗެއްނުލިބޭނެ އިންޑިއާ ފަސްޓްޕޮލަސީގަގޯނިފުލައްލާފަބާއްވާ ޗައިނާއާއި ހުރިހާދާއިރާއަކުން ގުޅުންބަދަހިކުރޭ ކޮންމެގޮތެއްހަދާފަނަމަވެސް ޗައިނާގެ ޓުއަރިސްޓުން ރާއްޖެއަށް ގެނެވޭތޯބަލާ އޭގެފަހުން މަސްވެރިންބާނާމަސްކޮޅު ޗައިނާއައްފޮނުވޭނެގޮތެއްހަދާ ރައްޖޭގެ ކަންނެލިމަސްވެރިން ބަނގުރޫޓްވަނީ ރައްޔިތުންމިވަނީހާލުގަޖެހިފަ

  10. ހެހެހޭ

    ޗައިނާޔާޖައްސާލައިގެންނޫޅެވޭނެކަން އެނގުނީދޯ ކިތަންމެވަރަކައް ގޯނިފުލައްލާންއުޅުނަސް ޗައިނާގެބޯ އެއައްވުރެން ބޮޑުވާނެ