ބަންދުގައި ތިބި ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ދެމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ، ސިޔާސީ ލީޑަރުން ހައްޔަރުކޮށް އެބޭފުޅުންނަށް ދައުވާތައް އުފުލައި ޝަރީއަތްތައް ހިންގަމުންދާއިރު، އެ ބޭފުޅުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަށްވެސް ދެމުންދާކަމަށެވެ.

އަލީ ނަޒީރު ވިދާޅުވީ، ފަނޑިޔާރުގެތަކުގައި ސިޔާސީ ބޭބޭފުޅުންނަށް ބޭއިންސާފު ޝަރީއަތްތައް ހިންގެމުން ދަނީ ފަނޑިޔާރުގެތަކަށް ރައީސް ޔާމީނުގެ ސީދާ ނުފޫޒު އޮތުމުން ކަމަށެވެ.

" މައުމޫނާއި ފަނޑިޔާރުން ފުލު ފުލުގައި ޝަރީއަތްތަކަށް ހާޟިރުކޮށް ޝަރީއަތްތައް ނުފަށައި އެތައް އިރަކު ގޮނޑިއެއްގައި އެކަނި ބާއިންދާ "
އަލީ ނަޒީރު ވިދާޅުވީ ކެއިންބުއިމަށް އެކަށީގެންވާ ވަގުތާއި ފަރުޟު ނަމާދު ކުރުމަށްވެސް ފުރުޞަތު ނުދިނުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ދޭ އަނިޔާއެއް ކަމަށެވެ.

" ކޯޓުތަކުގައި ފުލުފުލުގައި ހިނގަމުން އެދާ ޝަރީއަތްތަކަކީ ހަމަ ބޭއިންސާފު ޝަރީއަތްތައް. އެޝަރިއަތްތައް ކުރިއަށް ގެންދެވެނީ މިރާއްޖޭގެ މިރާއްޖެއަށް ބޮޑެތި ޚިދުމަތްތައް ކުރައްވާފައިވާ ބޭބޭފުޅުންގެ މައްޗަށް. " އަލީ ނަޒީރު ވިދާޅުވިއެވެ.

"ޝަރިއަތްތައް ހިންގެމުން ދަނީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި , މިގޮތުން ޚާއްސަކޮށް ރައީސް މައުމޫނާއި މެދު އަމަލު ކުރަމުންދަނީ އަނިޔާވެރިގޮތަކަށް " އަލީ ނަޒީރު ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ބަލަ އަހަރުންވެސް މިތިބައުޅެނީ ފްރީކޮށް ދުނިޔޭގަ.... ގޮޅިއަކަށްނުލާ.... ރާއްޖެ ހެސްކިޔާފަ މެކުހަށް.... އެކަން އެބަފެނޭ... ދެން ކޮންކަމެއް ނުވެގެންތަ ހޭބަލިވެގެން މިތެޅެނީ.... އެއްގޮލާވެސް ދޫކުރާނެކަމެއްނެތް.... އުމުރަށް ގޮޅީގަ ބާއްވާ... ތި ބައިގަނޑު ތިތިބީ ރިސޯޓެއްގެ ވޯޓާބަންގަލޯއެއްގަ ނޫން... އަނގަނާރުވާތިބޭ...

  2. ޖެކޭ

    ހަމަ އަދަބު ދޭންވީ.. ބަންދުވަނީ ނަމާދަށް ހުއްޓައިތޯ އަދި ކުށަކީ އެއީ ދުނިޔޭގައި ހައްދަވާ އެއްޗެއްތޯ އަދި އޭގެ ސަބަބަުން އަދަބު ލިބޭތޮ މިއީ ހަމަ ސުވާލުތައް.. އޯކޭ