ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކޮށް، އެމަނިކުފާޏު ހައިކޯޓުގައި އިސްތިޢުނާފް ކުރައްވާފައިވާ މައްސަލަ އަވަސްކޮށްދިނުމަށް އިދިކޮޅު ކޯލިޝަމުން މިއަދު ގޮވާލައިފިއެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޖެއަށްވެސް ކޮވިޑް-19ގެ ބިރުވެރިކަން މިދަނޑިވަޅުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިޢުނާފް ކުރައްވާފައިވާ މައްސަލަ ކުރިއަށް ނުގޮސް ދިގުލަމުން ދިއުމަކީ މިކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

"ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު ރާއްޖޭގައިވެސް އޮތުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ދަށު ކޯޓުތަކުގެ މައްސަލަތައްވެސް ވީޑިއޯ ކޮންފަރަންސިންގ އުސޫލުން ކުރިއަށް ގެންދެވޭ އިރު، ހައިކޯޓުގެ މައްސަލަތައްވެސް އެގޮތުގެ މަތިން ކުރިއަށް ގެންދެވެން ވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޤަބޫލު ކުރަން". އެ ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

އަދި އެމަނިކުފާނަށް ޤާނޫނީ ގޮތުން ލިބިދޭންހޭ ކަފާލާތުގެ ޙައްޤު ދެވިފައި ނުވަނީ ހައިކޯޓުގައި އިސްތިޢުނާފް ކުރެވިފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގައި ލަސްތަކެއް ނުވާނެތީ ކަމަށް ބުނެފައިވާކަަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ކޮވިޑް-19ގެ ބިރު އެންމެ ބޮޑު އެއްތަނަކީ ޖަލުތައް ކަމަށް ސިފަ ކުރައްވާ، އެންމެ ފުރަތަމަވެސް ޖަލުތަކުގައި ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އދ ގެ ހައިކޮމިޝަނަރ ފޮރ ހިއުމަންރައިޓްސް ދާދި ފަހުން ގޮވާލި ގޮވާލުމަށް އިޖާބަ ދިނުމަށްވެސް އެ ކޯލިޝަނުން ވަނީ އެދިފައެވެ.

""ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ގޮވާލާ ގޮވާލުންތަކަށް އިޖާބަ ދިނުމެއް ނެތި އަނިޔާވެރިކަމަށް ފުރުޞަތު ތަނަވަސް ކުރަމުންދާ ކަމީ ހިތާމަހުރިކަމެއް". އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ، ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސްކަމަށް ވާތީ ރައީސް ޔާމީން މިހާރުން މިހާރަށް ގެއަށް ބަދަލުކޮށްދެއްވުމަށްވް އެދިފައެވެެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އިންސާފް

    ބޮޑު ވަގު ދޫކޮށްލަންޏާ ކުދި ވަގުންތައްވެސް ދޫކޮށްލަންވާނެ!

    11
    58
    • Anonymous

      މަށަށް ހީވަނީ ތީފަސްމާމުލު ވަގުންގެ ތެރެއިން އެއްވަގުހެން

      5
      20
    • ސަލާމްބެ

      އިންސާފުތީ ހުރިހާ ވަގުންގެ އައްޕަވަގު

      4
      4
  2. ގލޅ

    ރަ ޔާމީން، މިހާރުން މިހާރަށް ޖަލުން މިނިވަންކުރުމަށް
    ނަސީދަށް ގޮވާލަމެވެވެ. އަނިޔާވެރިވުމާއި ބަދަލުހިފުމުގެރޫހު
    ދޫކޮށްލައި އިންސާފްގެ މަގަށް ރުޖޫޢަވުމަށްވެސް ގޮވާލަމެވެ

    57
    8
  3. ުއުނދުޅި

    ކީއްކުރަންތަ ގެއައް ބަދަލުކުރަނީ އެހެންވިއްޔާ ހުރިހާކުއްވެރިން ގެއައް ބަދަލުކުރަންވީނުމް

    13
    48
    • ޣާލް

      ގައުމަށް ހިޔާނާތްތެރިވެ، ރައީސަކު މަރަން ބޮންގޮއްވާ، މަގާމުގެ ނުފޫޒުން އެތަށް ފައިސާއަކަށް ހިޔާނާތްތެރިވެ. ޢެއިން އައުވާނުންނަށް މަންފާ ހޯދަދީ ކޮރަޕްޝަން ހިންގާ، ކޮރަޕްޝަނުގެ މަޅީގާ ރޔ ޖެއްސުމަޢް ރޔ ގެ އެކައުންޓަށް އެފައިސާ ޖަމާކޮށް ކޯޓްތަކުގައި މައްސަލަސާބިތުވެ ހުކޮމް ކުރުމުން ރޔ އާއި ދެކޮޅަށް ކޯޓްގައި ހެކިބަސްދިން ފާސިގުން ކަމުގައިވާ އދީބް އާއި ޒިޔަތ ވެސް އެތިބީ ގޭގަ. އެކަމުގެ އަނިޔާ ރޔ އަށް ދޭކަށް ނުޖެހޭ. ރޔ. ދޫކޮށްލާ

      11
  4. ކެޔޮޅު

    ރައީސް ޔާމީން އަކީ ކުއްވެރިޔެއްނޫން ކުއްވެރިންނަކީ ރައީސްސޯލިހާއި ކެނެރީ ބުއްޅަބެ ވަގުތުން ރައީސް ޔާމީން ދޫކޮށްލުމަށް ވޯޓު ވަގު ސަރުކާރަށް ގޮވާލަން.

    29
    3
  5. އަމާ

    މިސަރުކާރުގަ ތިބި ބޮޑެތި ވަގުން ނަށް ހަޖަމެއް ނުވާނެ ރައީސް ޔާމީން ޖަލުން ދޫކޮއްލާކަށް ބޮޑެތި ވަގުން ގެ ވައުދަކައް ވީމަ ދުލެއްނުކުރާނެ ... ދޫކޮއްލީ ވެއްޓުނީ.......

    29
    3
  6. މމމމ

    އެމްޑީޕީ ގައި ގިނަ ވާނީ ވަގުން

    27
    4
  7. ޝާނީ

    ރ. ޔާމީން އަށް ހައްޤުތަނެއް ނޫން ޖަލަކީ. ރައްޔިތުންނަށްޓަކާ ވި ގުރުބާނީގެ އަގަކީ އެއީތޯ؟

    27
    4
  8. Anonymous

    ކޮބާތަ ބޮޑުވަގަކީ މިހާރު މިސަރުކާރައް ކިހާލާރިއެއް ގެނެއްސި ކަމެއްނުކުރެވުނުތާ ލާރިއެއްވެސް ފެންނާކައްނެއް ގައުމައް އެއްމެހިޔާނައްތެރި ގަުއުމުގައެއްމެ ޖަރީމާހިންގިމީހުން މިވެރިކަމުގަމިތިބީ ރާބޯ މީހުންނާ ރާވިއްކާން ޖަލައްލީމީހުންްއަރުވާލިމީހުންކޮބާ އެވެސްމިސަރުކާރުގަ އަދިވެސް އެހެންމީހުން ބޮލުގަ ވަގުބަދުނާމު އަޅުވަމުންދުވޭ ﷲ އިރާދަކުރެޢްވިޔާ ތިމީހުން ނިކަމެތި ކުރައްވާ ބަލިކުރައްވާނެ އާމީން

    10
  9. ޏަމް

    އެންމެބޮޑު ވަގު ސޯލިހު ކޮބާ 800 މިލިޔަންޑޮލަރު ޖައްވަށް ފަޒާޔަށްތޯ ޖަމާ ކުރެއްވީ އެ ލާރިގަނޑު.

    19
  10. ާވަވަަަާ

    ޒިޔަތު އާއި އަދީބު އަކީ ޖަލުހުކުން ކޮށްފައިވާ ދެމީހުން. އެދެމީހުންނަކީ އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގަ އަމަލީގޮތުން ހުރިހާކަމެއްކުރި ދެ ފަރާތް. އެ ދެމީހުން ގޭގައި ބައިތިއްބާފަ ތިބޭތާ ކިތަންމެ ދުވަހެއް. ކޮބާ އިންސާފު؟ ކޮބާ ޤާނޫނު؟

  11. ﷲއަށްބިރުވެތިވޭ އަނިޔާވެރިނާދުރަށްދޭ

    އަސުލް ހަގީގީވަގު ބޮނޑުވަގު އަދިވީތަނެއް ވަނީނުހޯދިފަ މިވަގު ހޯދިގެން ނޫނީ މިގައުމު އިސްލާހުނުކު ރެވޭނެ ކޮންމެގޮތެއް ހަދާފައިނަމަވެސް މިވަގު ހޯދައި ކޮއްޓަށް ލާންއެބަޖެހޭ މިފަހަ ރު މިވަގުހޯދަން މިޖެހެނީ ދިވެހިރައްޔަތުންނަ ވަ ރަށް ރަނގަޅަށް ވިސްނުންތެ ރިކަމާއެކު މިވަގުހިފާ ހައްޔަ ރުކު ރަންވާނެ

  12. ނަައީމް

    މުޅި މި ދިވެހިރާއްޖެ ފަހުރުވެރިކަންމަތީ ބާރުސުޕީޑުގެ ތަރައްގީ ގެނެސްދެއްވި ވެރިމީހާ މިހާރުން މިހާރަށް ދޫކޮށްލުމަށްގޮވާލަން

  13. ރިވެތި

    ރައީސް ޔާމީން ވަރެއްނެތް މިހާތަނަށް މިދިވެހިރާއްޖެ ދުއް އެންމެ ވިސްނުންތެރި،ހިކުމަތްތެރި، ވެރިޔާ ބައެއްގެ ނުބައިރޭވުމުން މިގައުމު ސުންނާފަތިކޮށް އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދަން ރާވައިގެންއުޅޭ ބޮޑު ޖަރީމާއެއް ރައްޔިތުންނޭ ވިސްނަބަލަ ސިހުރުންފުރިގެންވާމިވެރިހަމަށް....

  14. ނަޒާހަތްްްް ތެރިޔާ

    ޛަލުތަކުގެ ތިބިނިކަމެތިންގެ މަތިިިންގެ މަތިން ވެސް ހަދާންކޮއްލުން މުހިންމު ކަމެއް ކަމުގައި ފެނޭ!

  15. ޢިންސާފު

    ތިމާއެހެންމީހުނާ ދިމާލައްް އެން އިގިލި ދިއްކުރާ އިރު ތިމާ އާއި ދިމާލަށް ހަތަރު އިގިލި ހުންނާނެކަން ހަދުމަފުޅުކޮށްްްް ލައްވާ!

    ޥަގުންތއް މިގައުމުގާގުނާ އަދަދު ކުރެވޭނެބާ؟ ޚޮދުތިމާ އަމިއްލަ ނަފުސާ ސުވާލުކޮއްފަ ނުނެބަލަ ތިމާކޮއްްްްފަ ބުނެބަލަ ކިތައްވައްކަންްްް ތޯތިމާކޮއްފަެިހުރީީ މަދުވާނެ ދޮއްްްްތޯ ވައްކަން ނުކުރާމީހަކުު؟